ގދ. ތިނަދޫ އިން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެެއްޖެއެވެ.

ތިނަދޫގައި ހުންނަ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ ގޭގައި ކަރަންޓީން މުއްދަތު ހަމަކުރި އިންޑިއާ މީހެއްގެ ގައިން މިދިޔަ މަހުގެެ 26 ވަނަ ދުވަހު ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސި ވެފައިވުމުން، އޭނާއާ ބައްދަލުވެފައިވާ މީހުންގެ ގޮތުގައި ފާހަގަކުރެވުނު މީހުންގެ ސުންކުތަކުގެ ތެރެއިން އިތުރު ހަތް ސުންކެއް މިއަދު ވަނީ ކޮވިޑް-19 އަށް ފައްސިވެފައި ކަމަށެވެ.

މި ހަތް މީހުންނަކީ ބިދޭޭސީން ކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. އެ ހަތް މީހުން ކޮވިޑަށް ފައްސިވުމާއެކު ތިނަދޫއިން މި ބައްޔަށް މިވަގުތު ފައްސިވެފައި ތިބި މީހުންގެ އަދަދު 17 އަށް އެރީއެވެ.

ތިނަދޫން މިހާތަނަށް ފައްސިވި ފަސް މީހެއްގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެރަށުން މީހުންތަކެއް ފައްސިވުމާ ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެެ.

ތިނަދޫގެ އިތުރުން ރާއްޖޭގެ ގިނަ ރަަށްތަކެއްގައި މި ބަލި އަންނަނީ ހަލުވިމިނުގައި ފެތުރެމުންނެނެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ ކުރިއާ ހިލާފަށް ވަރަށް ބޮޑަށް އިތުރުވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބެއްޔާ

  މަޖްލިސް މެމްބަރުން ބުނިހާ ފަސޭހަކަމެއްނޫން މީކީ. އަތްދޮވެގެން ޕެނަޑޯލް ކެއުމަކުން އަދި ނުފުދޭ. މުޣުނީ ބުނިގގޮތާއި ޚިލާފަށް އިދިކޮޅުން އިންތިޚާބު ކާމިޔާބު ކޮށްފި ކޮރޯނާ އެންމެނަށް ޖެހިގެންމިދަނީ.

  1
  1
 2. ހަވަރު ތިނަދޫ ބިގަރު ކައުންސިލް

  އޭޕްރިލަ 25 ވަނަ ދުވަހު ތިނަ ދޫއިން ބަޔަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެޗްޕީއޭ އިން އެންގި ގޮތަށް 5 ދުވަހަށް ރަށް ވާނީ މޮނިޓަރިން ލެވިފައެވެ. އެއީ ރަށް އަރާ ފޭބުން މަނާ ގޮތަކަށް ނޫނެވެ. ހަމަ އެކަނި މަސްވެރިކަމަށް ފުރާ އުޅަދުތަށް ހުއް ދަ ނަގައިހެން ފުރުމާއި. ކާޑެއް ދޫ އެއާޕޯޓްށް ޑިޔުޓީއަށް މީހުން ދިއުން މަޑު ޖައްސާލުމެވެ. އެއްވެސް ހާލަތެއްގަ ވިޔަފާރި ކުރުމަށް ހަވަރު ތިނަ ދޫ އަށް އަރާ ފޭބުން މަނާ ވާހަކައެއް ނޯންނާނެއެވެ. ކާޑެއްދ ދޫއަށް ޑިއުޓީއަށް ދާފާރާތްތަށް ނޫން އެހެނިހެން ކަންކަމުގަ ކާޑެއް ދޫއަށް ދި ދިއުމުގެ އެއްވެސް ހުރަހެއް ނޯންނާނެއެވެ. އަދ ދި 27 އެޕްރިލްގަ އިތުރު ރޭންޑަމް ތަކެއް ފައްސިވެފައި ވީކަމުގައި ވިޔަސް މިބިގަރު ކައުންސިލުން އިތުރަށް ހަވަރުބތިނަ ދޫ މޮނިޓަރިންއަށް ލާފަ ނުވާނެ ވާހަކަ ދ ދަންނަވަމެވެ. ވިޔަފާރި ތަކަށް ވެ ދާނެ ގެއްލުމަކައްޓަކައި އެކަން ނުކުރީއެވެ. އެހެން ނޫނަސް މި ބިގަރު ކައުންސިލަކީ ވިޔަފާރިވެރިންގެ އަތް ދަށުގައި އޮތް ކައުންސިލެއްކަން ހަވަރު ތިނަ ދޫ އެނަމެހާ ބޭފުޅުންނަށް ރަނގަޅަށް އެދގިވަޑައިގަންނަވާނެއެވެ. އަހަރުމްން ގައިގާ ހެސް ކިޔާފަ ލޮކި މަސް އެބަހުރި އެހެން ވީމާ ހަވަރު ތިނަ ދޫ ނިކަމެތި މީހާ ކިޔާފާނެ އެއްޗަކަށް އެއްވެސް ޖެހިލުމެއްނުވޭ. =ހަވަރު ތިނަ ދޫ ބިގަރު ކައުންސިލްގެ ރައީސް ދޮނޭ"

 3. ހަވަރު ތިނަދޫ ބިގަރު ކައުންސިލް

  ހަވަރު ތިނަދޫގައި ކަރަންޓީނު ވާފަރާތްތަކުގެ ގޭގައި ކަރަންޓީނު ކުރެވިގައި ވާކަމުހެ ލިޔުން ހަރުކުރުމަކީ ކަރަންޓީނުވާ މީހާގެ ފަރުދީ ޒިންމާއެކެވެ. އެއީ މިބިގަރު ކައުންސިލުން ކުރަން ޖެހޭ ކަމެއްނޫނެވެ. =ހަވަރު ތިނަދޫ ބިގަރު ކައުންސިލްގެ ރައީސް=

 4. މުންނާ ބާއީ

  "ކައުންސިލްގެ ރައީސް އަންގަނީ ކޮލޮސްޓްރަޮލާއި ޕްރޮޓީން ނެގިވަރަކަށް ކޮރަޮނާއާއިން ރައްކާތެރިކަން ލިބޭނެކަމަށް". =ގައިގާ ލޮކިމަސް ހުރި ބުއްދިެއްނެތް ރޯނުއެދުރު ހަވަރު ތިނަދޫ ބިގަރު ކައުނަސިލްގެ ރައީސް ދޮނޭ=

 5. ތިނަދޫ މީހާ

  އެކަން ވާނީވެސް އެހެންތާ. ކައުންސިލްގެ ރައީސްއަކަށް ހއުޅޭ ކަލޭގެ ގެ ކަމަކީ އަތް ފުޅާކޮފަ ސައިކަލުދުއްވުމާއި ސައިކަލު މަތީގަ އިންނަ އިރު ދެފަރާތަށް ބޯ ހޫރަމުން އަތުގެ ބޮޑީ މަސްގަށް ބަލަބަލާ އިނުމެވެ.

 6. ރުއް މިނިސްޓަރު

  ދެން ކަންތަށް ކުރަން ޖެހޭގޮތެއް ކައުންސިލުންން ރައްޔިތު މީހާ އަށް އަންގަން ޖެހޭ ކައުންސިލެއް އޮތުމުގެ ބޭނުމަކީ އެއީ ނުވަންޏާ އަވަހަށް ފައިބާ މިވަގުތުވެސް ތިކަމާ ހަވާލުވެދާނަން