ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ކެމްޕެއިން އިފްތިތާހު ކުރުން ފަސްކޮށްފިއެވެ.

ރިޔާސީ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުމަށް މިރޭ ޖަލްސާ އަށް ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް އެ ޖަލްސާ ފަސްކުރީ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމާއި ގުޅިގެން ކަމަށް ނަޝީދުގެ ކެމްޕެއިން މެނޭޖަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

ކެމްޕެއިން ލޯންޗުކުރުން ދެން އޮންނާނީ މާދަމާ ރޭ ކަމަށާއި ކެމްޕެއިން ލޯންޗުކުރުމަށް މާދަމާރޭ ރާއްޖޭގެ ބޮޑު ހަތް ރަށެއްގައި އެއްފަހަރާ ޖަލްސާތައް ބާއްވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން މިއަދު މައުމޫން އާއި ދެ ފަނޑިޔާރުންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ތިން ބޭފުޅުންގެ މައްޗަށް މި ހުކުމް އިއްވީ ތަހްޤީގަށް ފޯނު ނުދިން މައްސަލައިގައި ކޮށްފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

ރިޔާސީ ކެމްޕެއިން މާދަމާ ރޭ ނަޝީދު އިފްތިތާހު ކުރައްވާއިރު ވެރިކަމުގައި ހުންނެވިއިރު ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ހިލާފަށް ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއާއެކު އެމަނިކުފާނަށް ވަނީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ބަންދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  މައުމޫނު ދޫކޮއްލީމަތަ މާދަމާރޭ ލޯންޗްކުރުން އޮންނަނީ

 2. ޙަފްޞާ / މާލެ

  ތިޔަށް ޝަވްޤުވެރިވާ ބަޔަކު ނެތް މިހާރަކު! ގުއިރޯނުގައި ޖައްސާ ކައިރިކޮށް އުޅުނު މީސްކޮޅުވެސް މިހާރު ކަލޭގެ މަޅިން ސަލާމަތްވަނީ އެތިބަ!

 3. ނަގޫރޯޅި

  ވެރިކަމުގަ ހުރިއިރު ހަމައެކަނި ރޭޑިޔޯ ހިތޯބަަކުން ބޮޑެތި ގަރުދިޔަ ފެކްޓްރީ އަޅާދިން ވެރިޔަކައް ދެންޖާގަޔެއްނެއް. އެހޮޔޭ ތިނޯހެއްގެ ފަގައިގެ މިންވަރުވިޔަސް. އެއީ ދިވްހިންނައް ހައްގުވާމިންވަރެއް ނޫން.

 4. ގަލޮޅު މީހާ

  ޖަޒީރާ ؟ މަހީ ހީހީ ހަލާކު

 5. ހުސޭނުބެ

  ކަލޭމެން ސަރުކާރަށް ޖެއްސުން ތިކުރަނީ، ކަލޭމެންނަށް ބޮޑު ކެއްސެއްލިބޭނެ ހަނދާން ކުރަށްޗޭ.

 6. ލަވްދަވޭ

  ހިތާމައިގައި ބައިވެރިވުމަށް، އެމްޑީޕީގެ ރިޔާސީ ކެމްޕޭން އިފްތިތާހު ކުރުން މާދަމާ ރެއަށް ފަސްކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. އެމްޑީޕީން ކެނެރީގެ ނަޝީދު ރިޔާސީ ކެންޑިޑޭޓަކަށް ނެރެގެން އޭނާގެ އެވާހަކަ ދައްކާ އަދި އެ ކެމްޕެއިން މުޅި ރާއްޖޭގައި އެކުރަނީ އެއީ ކުށްވެރިއަކަށް ރާއްޖޭގައި ވެރިކަން ކުރަން ފުރުސަތު ދެނީ ނޫންތޭ އެއިރުން އެފަދަ މީހުން މިރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ ރާއްޖެ އޮންނާނީ މިހާރު ޔަމަން އޮތް ފަދަ އިންސާނީ ބޮޑު ކާރިސާ އެއްގެ ތެރޭގައި ނޫންތޭ ކަން މިހެން ހުރުމުން މިކަން ޖެހޭނެއޭ ހޯމް މިނިސްޓަރު ކަށަވަރު ކޮށް އެމެން ކުށްވެރިން ޕްރޮމޯޓް ކުރަން ކުރާ ހުރިހާ މަސައްކަތް ބަންދު ކުރަން. މަމެން ޕިންކީން މިރާއްޖޭގެ ވެރިކަމަށް ރައްޔިތުންގެ %85 އިން ހޮވި ދުވަސް އެއީ އޮން ދަ ފަސްޓް ޕޭޖް އޮފް އަވަރ ސްޓޯރީ ދަ ފިއުޗަރ ސީމްޑް ސޯ ބްރައިޓް ދެން ދިސް ތިންގް ޓާރންޑް އައުޓް ސޯ އީވްލް އައި ޑޯން ނޯ ވައި އައިއޭމް ސްޓިލް ސަޕްރައިޒްޑް. ޖަސްޓް ގޮނާ ސްޓޭންޑް ދެއަރ އެން ވޮޗް ދަވޭ ޔޫ ފިކްސް އިޓް ދެޓްްސް އޯލް ރައިޓް ބިކޮޒް އައި ލަވް ދަވޭ ޔޫ ފިކްސް އިޓް ލަވް ދަވޭ ޔޫ ފިކްސް އިޓް ލަވްދަވޭ ޔޫ ފިކްސް އިޓް ލަވްދަވޭ ޔޫ ފިކްސް އިޓް..

 7. ދަވޭ

  އެމްޑީޕީގެ ރިޔާސީ ކެމްޕޭން އިފްތިތާހު ކުރުން މާދަމާ ރެއަށް ފަސްކޮށްފި ނަމަ އެކަން އެގޮތަށް ގާނޫނީ ގޮތުން ރާއްޖޭގައި ކުރެވިގެން ނުވާނެއޭ މީ ސިންގަޕޯރ ނަމަ މިހާރު އެމްޑީޕީ އޮންނާނީ އުވާލާފައި ނުވަތަ އެމެންނަށް އުފުލޭ ވަރަށް ވުރެން ބޮޑު ޖޫރީމަނާ އެއް ސަރުކާރަށް ދައްކަން ޖެހުމުން ކުރިއަށް އޮތް 10 އަހަރު ދުވަހު ވެސް އެމެންނަށް ސަރުކާރުގެ ބަޖެޓުން ފައިސާ ނުދޭގޮތަށް ހަމަޖެހިގެން ދާނެއޭ. ރާއްޖޭގެ ސިޔާސީ މައިދާން ކެނެރީގެ ނަޝީދުގެ މަކަރުވެރިކަމާއި ހީލަތް ތެރިކަމުން ދުރު ކުރުމަށް ޓަކައި ސަރުކާރުން އެބަޖެހޭ ސިޔާސީ ޕާރޓީ ތަކުގެ ގާނޫނަށް ބޮޑެތި ބަދަލު ތަކެއް ގެންނަން އެގޮތުން ކުށްވެރިން ރިޔާސީ ކެންޑިޑޭޓުންނަށް އަދި މަޖްލީސް މެމްބަރުންނަށް ހަދަން މަސައްކަތްކުރާ ޕާރޓީ ތައް އެކަން ކުރާނަމަ އެމެން އެކަން ކުރާ ކޮންމެ ފަހަރު 100 މިލިއަން ރުފިޔާ އިން ޖޫރީމަނާ ކުރުން އެފައިސާ 10 ދުވަސް ތެރޭގައި ސަރުކާރަށް ނުދައްކައިފިނަަމ އެފަދަ ސިޔާސީ ޕާރޓީ އަކަށް ދޫކޮށްފައިވާ ކަރަންޓް ފެން އަދި ހުރިހާ ފޯން ތައް ކަނޑާލެވޭނެއޭ. ގާނޫނީ ގޮތުން މިކަމަށް ހައްލު ގެންނަންވީ ނުވަތަ ރެގިއުލޭޝަންސް ތަކުން މިކަމަށް ހައްލު ގެންނަންވީ އިލެކްޝަންސް ކަމިޝަން އިން މީ މިހާރު ސިސްޓަމް އަށް މަދުވާ އެއްޗަކީ.

 8. ޓޯރން

  މައުމޫންއަށް ހުކުމް ކުރުމުން ނަޝީދުގެ ކެމްޕެއިން ލޯންޗު ކުރުން ފަސްކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެމެންނަށް އެކަން ކުރިޔަ ދީގެން ނުވާނެއޭ އެއްގޮތަަކަށް ވެސް ސަބަބަކީ އެއީ ބޮޑެތި ކުށްވެރިންނޭ ކަން މިހެން ހުރުމުން ހޯމް މިނިސްޓްރީން އެބަޖެހޭ އިލެކްޝަންސް ކަމިޝަން މެދުވެރިކޮށް ތަކުރާރު ކޮށް އެމްޑީޕީ އަށް އަންގަން ކުށްވެރި އަކު އެމެންނަށް ރިޔާސީ ކެންޑިޑޭޓަކަށް ނުނެރެވޭނެއޭ އެމެން އެގޮތަށް ކަން ކަން ކުރާނަމަ އެމްޑީޕީ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްލުމުގެ ބާރު އިލެކްޝަންސް ކަމިޝަން އަށް އޮންނާނެއޭ އައި ޑޯން ކެއަރ ދޭ ހޭވް ނޯ ލަކް ދެއަރ އާރ ޖަސްޓް ސޯ މެނީ ތިންގްސް ވީ ކޭން ޑޫ ޓު އިރޭޒް ދެމް އިލޫޝަން ނެވަރ ޗޭންޖް ބައިދަވޭ ކޭން އައިސީ ދެއަރ ޕާރފެކްޓް ސްކައި އިޒް ޓޯރން ޓޯރން ޓޯރން...