މަސައްކަތްތެރިންނަށް ދޭން ލާޒިމު ކުރާ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖްގެ މަސައްކަތް އެމްޑީޕީން ހުއްޓާނުލާނެ ކަމަށް އެ ޕާޓީގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީ އަބަދުވެސް ވަކާލާތު ކުރާނެ ކަމަށާއި އެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.
"ފަތުރުވެރިކަމުން ލިބިދޭން ޖެހޭ ސާވިސް ޗާޖް މިހާރު އެ ވަނީ ކަށަވަރު ކުރެވިފަ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓައެއް ނުލާނެ،" ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައިވެއެވެ.
Masakkaiytheringe dhuvahuge thahniya! Masakkaiytheringe haqqu ga MDP abadhuves vakaalath kuraane. Egothun fathuruverikamun libidheynjehey service charge mihaaru evanee kashavaruvefa. Adhi enme kuda ujoora kan’daelhumuge masakkaiy MDP in huttaanulaane. Ufaaveri dhuvahakah edhen.💪🏽
— Mohamed Nasheed (@MohamedNasheed) May 1, 2021
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަވަރާވަނަ ރައްޔިތުންގެ މަޖިލީހުން ވަޒީފާގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހަކީ މިނިމަމް ވޭޖް ކަނޑައެޅުމެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައިވާ އެ ގާނޫނުގައިވާ ގޮތުން މި އަހަރުގެ ފަހުކޮޅު މިނިމަމް ވޭޖްއެއް ކަނޑައަޅައި އެ ކަން ތަންފީޒު ކުރަން ފަށަން ޖެހެއެވެ.
ވަޒީފާގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން މިނިމަމް ވޭޖް ކަނޑައެޅުމަށް ރާއްޖޭގައި ހިންގާ ނުވަ ސިނާއަތަކަށް ވަކިވަކިން ރިޔާއަތްކޮށް، އެއިން ކޮންމެ ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރައިގެ އަދަދާ މެދު ބޯޑުން ލަފާ ދޭން ޖެހޭނެއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ސިނާއަތްތައް
- މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް
- ޓޫރިޒަމް ސިނާއަތް
- ކޮންސްޓްރަކްޝަން ސިނާއަތް
- ދަތުރުފަތުރުގެ ސިނާއަތް
- ސިއްހީ ހިދުމަތުގެ ދާއިރާ
- ތައުލީމީ ހިދުމަތުގެ ދާއިރާ
- ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް
- އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ
- މެރިޓައިމް، ޝިޕިން ސިނާއަތް
މަސައްކަތްތެރިންނަށް މިނިމަމް ވޭޖެއް ކަނޑައެޅުމާއި، ވަޒީފާ ނުލިބޭ ފަރާތްތަކަށް އިނާޔަތެއް ކަނޑައެޅުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއިން ހުށަހެޅި "އެޖެންޑާ 19" ގެ ކަރުދާހުގައި ވެސް ހިމެނޭ ގާނޫނީ އޮނިގަނޑެކެވެ. މިނިމަމް ވޭޖް ކަނޑައެޅުން ލަސްވާއިރު ވަޒީފާގެ ގާނޫނަށް އިސްލާހު ގެނައި އިރު އިނާޔަތުގެ އެއްވެސް ކަމެއް ހިމަނާފައެއް ނުވެއެވެ.
ޙޮޅިވާހަކަ
ނުވާނެ. އެމްޑީޕީ ފެއިލް ފެއިލް ހުސްވާހަކަ
ކާކުތޯ މަނާކުރަނީ ސަރުކާރަށް 3 އަހަރުވާން ދާއިރުވެސް ކުރިއަނުދޭން ހުރަސް އަޅާމީހަކު އަޅުގަނޑުމެން ެެަެެަަެެަެެަަެެަެެަަެެަެެެެަެެަަެެަެެަަެެަެެަަެެަެެ ރައްޔިތުންނަށް އެބަ ޖެހެ ނޫންތޯ އެނގެން
މީނާ އިބޫއާއި ޖަދަލުކުރަން ހާދަވަރެއް އެބަހުއްޓޭ..
ކަލޭމެން ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ވަރަށް ހުވަފެންދައްކާފައި، އާދެވުނީމާ ހަނދާނެއްނުހުންނާނެ. ކަލޭމެން ދައްކާވާހަކައެއް ޤަބޫލެއްނުކުރާނަން ދުވަހަކުވެސް. އެންޏާފަހެ މިހާރު ކިތައްއަހަރުވެއްޖެތަ؟ ތިޔަހެންކިޔާތާ
ތިޔައަނގަޔަށް ފޯއްކިބައެއްލައިގެންނަމަވެސް އަނގަމަޑުބޮޑުނުކޮށް ހުރެބަލަ !!
އަނގަތެޅުން ނޫންކަމެއް އެބައޮތްތަ ، މަޤާމެއް ނެތއްޔާ މަގުމަތީގައި ދުވެ ދުއްޕާންކުރަނީ
ތީ އާވާހަކައެއް ނޫން. އިޙުލާސްތެރިކަމެއް ހުރެގެން ދައްކާވާހަކައެއް ނަމަ ކުރެވިދާނެ.
ތިއީ ކަލޭމެން 2007 ން ފެށިގެން ދައްކާ ވާ ހަކައެއް
ސިވިލް ސަރވަންޓުން ދަށްފައިދަށަށް ލައިގެން ޕޭކޮމިޝަން އޮތީ ނިދާފަ. ކައުންސިލް ތަކުގެ ސިވިލް ސަރވަންޓުންނަށް ރަނގަޅު މުސާރައެއް ދޭނެ ވެރިއެއް ނެތް.
މިކަލޭގެ ދައްކާ ވާހަކަ ގަބޫލުކުރާކަށް ނުވާނެ. އިންސާނަކަށް މިކަލޭގެ އިޙްތިރާމް ކުރާނަމަ ނުވަތަ ހެޔޮކޮށް ހިތާނެ ނަމަ އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ޖެއްސުން ނުކޮށް ހުންނާނެ. ކުޑައިރުއްސުރެ އެކީގައި އުޅެ ސިޔާސީގޮތުން އެއް ފިކުރެއްގައި ނުކުމެ ވެރިކަން ހޯދައިދިނީމާ އިސްތިއުފާ ދީފައި މައިބަދައޭ ކިޔާފައި ގޮސް ގޮނޑިދުއްވަން ބޭރުގައި ހުއްޓާ އެތައް މަސައްކަތެއް ކޮށްގެން އެތައް ބަޔަކާ ވާހަކަދައްކައިގެން އެތައް ބަޔަކާ ޑީލް ހަދައިގެން އެމްޑީޕީއަށް ވެރިކަން ހޯދައިދީ، މިކަލޭގެއަށް ކިރިކިރިޔާ ނޭވާލެވޭވަރުކޮށްފައި އަދި އެވަރުން ނުވެގެން އެތައް މަސައްކަތެއް ކޮށްދީގެން އާދައިގެ އަމިއްލަގޮތުން ކުރިމަތިލައިގެން ހުރި ސޮރަކާ ވާދަކޮށްގެން ބަލިވެދާނެހެން ހީވީމާ އެތައް ކަމެއް ކޮށްދީގެން އެވަރުންވެސް އެންމެ 90 ވަރަކަށް ގަނޑު ވޯޓުން މަޖިލީހަށް ހޮވިގެން މަޖިލީހުގެ ރައީސްކަން ދިނީމާ ކޮންމެ ދުވަހަކު އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ޖެއްސުމާއި މަލާމާތާއި ފުރައްސާރަ ނޫން ކަމެއް މިނުލަފާ ޖައްބާރު ޑިކްޓޭޓަރު ކަލޭގެ ނުކުރޭ. މިވަރުގެ ނުބައި ނުލަފާ މީހަކު ރައްޔިތަކަށް ހެވެއް އެދޭނެތަ! ހެވެއް އެދޭނެ ކަމަށް ހީކުރާނީވެސް ބޮލުގައި ތެތްކަމެއް ނެތް އިންސާނެއް.
ކޮސް ގޮވަންފަށައިފި... މި ހާރު ކަލޭ ދައްކާ ވާ ހަކަ ގަބޫލުކުރާނީ ހއ ދިއްދޫ ޓިން ޓިން އާއި ކާޑުބަސްތާ ބާލާ މީ ހަކާ ޖެ ހިގެން ބަލިވި ސިރާޖުއާއި ދެމީ ހުން...
ކަލޭ ހުއްޓީ ކަމެއް ބުނެބަލަ.
މިނިމަމް ވޭޖު އޮތީ ވަރަށް ތުނިވެފަ ..
މިނިމަމް ވޭޖެއް ބޭނުމެއްނޫން.. ބޭނުމީ ރެންޓް ސީލިންގްއެއް.. ކުލި ކޮންޓުރޯލްކުރަން ބޭނުމީ. މިހާރު މިފެންނަނީ މާލޭގެ ގެދޮރު ތިބިމީހުން އެހެން މީހުންގެ ލޭބޯން އުޅޭތަން.
މިފަސްއއަހަރުވެސް ނިމިގެން ދާނީ ގޮތެހް ކަނޑަ ނޭޅި އޮއްވާ.
ފެއިލް . ޔާމިނުވެސް މިހާަރު މިއައްވުރެ ރަނގަޅު . ހޮޅި އަންނި