މި ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތައް އަބަދުވެސް ރައްކާތެރިކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް ޝުކުރު އަދާ ކުރައްވައިފައެވެ. ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ކޮށްފައިވާ އަސަރުތަކުން އަރައިގަތުމަށް މަސައްކަތްތެރިން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.

އަދި އެމަނިކުފާނު ވަނީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ އެއް ވަނަ ދުވަހެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ވައުދާއެކުގައެވެ. އެގޮތުން ރައީސްގެ އެންމެ ބޮޑު އަދި އެންމެ މުހިއްމު އެއް ރިޔާސީ ވަޢުދަކީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމެވެެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަފީސް

    އިހަށްކުރަންވީކަމަކީ ތިބާ ކިޔަވައި ރޯފިލުމެވެ. އބތ އެގިގެނެއް ޤަވްމުގެ ވެރިކަމެއް ނުކުރެވޭނޭކަން މިހާރު އެގެންވާނެއެވެ.

    17
    1
  2. ޢަދުރޭ

    ކާކުތޯ މަނާކުރަނީ ސަރުކާރަށް 3 އަހަރުވާން ދާއިރުވެސް ޙައްޤުތައް ރައްކާތެރި ކުރިއަނުދޭން ހުރަސް އަޅާމީހަކު މިނިމަމް ވޭޖްދިނުމަށް ހުރަސް އަޅާ ފަރާތެއް އަޅުގަނޑުމެން ެެަެެަަެެަެެަަެެަެެަަެެަެެެެަެެަަެެަެެަަެެަެެަަެެ ރައްޔިތުންނަށް އެބަ ޖެހެ ނޫންތޯ އެނގެން

    17
  3. ދޮގުވެރިޔާ

    "މަސައްކަތްތެރިންގެ ހައްގުތައް އަބަދުވެސް ރައްކާތެެރިކޮށްދޭނަން" މިހެން ބުނެފާނަން އަޅުގަނޑުވެސް މިވާހަކަ ދައްކާތާ ކިހާދުވަހެއްވެއްޖެ. ތީހަމަ ހުސްދޮގު ކޮންމެ މޭޑޭއަކަށް އަޅާލެވޭ ސުރުޚީއެއް. ކާކު ކީކޭ ބުނެގެންތޯ ސިޔާސީ މަޤާމުތައް އިތުރުކުރަމުން ތިޔަގެންދަނީ؟ ކާކު ބުނެގެންތޯ ކައުންސެލަރުންގެ މުސާރަތައް ބޮޑުކޮށްލީ؟ ތިޔަބޭފުޅުން ބޭނުންކަމެއް ވެއްޖެއްޔާ ކުރާނެ. ކުރެވޭނެ.

    10
  4. އިސްތިއުފާ

    މަސައްކަތް ތެރިންގެ ހައްގު ތައް މިސަރުކާރަށް ކަށަވަރު ކޮށް ނުދެވުނީ އެއީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ގަމާރުވުމުންނޭ އެމެންގެ ތަޖްރިބާ އެއް ނެތުމުންނޭ ތަމެން ދެން މިހާރުން މިހާރަށް ރައީސް އޮފީހުން ނިކުންނަންވީއޭ ތަމެން އިސްތިއުފާ ދޭންވީއޭ ތަމެން އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    10
  5. Anonymous

    އިބޫ އާއި އަންނިއަށް ކަންކުރަންވާގޮތް އިގޭނެ އަނގަނުތަޅާ މަޑުންތިބޭ މިއީވަރަށްވާހަލަ

    3
    2
  6. އަލީއަހުމަދު

    ނޫނޭކަމެއްތިކުރނީ