މިއަދު ކުރިއަށް ދިޔަ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބު "ފެށުން" އޮންލައިންގެ މުޙައްމަދު އިޤްނާޒް ޢަލީ ކާމިޔާބުކޮށްފިއެވެ.

މީޑިއާ ކައުންސިލްގައި މީޑިއާތައް ތަމްސީލް ކުރާ މެންބަރުންގެ ތެރެއިން މެންބަރެއްގެ ދައުރު ހަމަވުމުން ބޭއްވި އިންތިހާބު އިޤުނާޒް ކާމިޔާބު ކޮށްފައި ވަނީ "އެޓޯލް ނިއުސް"ގެ އިބްރާހީމް ރަމީޒާއި ވާދަކޮށެވެ.

އިންތިހާބުގައި އިޤުނާޒް 36 ވޯޓް ހޯއްދެވިއެވެ. އޭނާ އާއި ވާދަކުރެއްވި އިބްރާހީމް ރަމީޒަށް ލިބިލެއްވީ އެއްވޯޓެވެ. މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީ ކޮށްފައި ވާ ނޫސްތަކަށާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލު ކުރާ އެއް ފަރާތަކަށެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 66 ފަރާތެއް ރަޖިސްޓަރީ ކުރިއެވެ. ވޯޓު ލާފައިވަނީ 37 ފަރާތަކުންނެވެ.

އިޤްނާޒަކީ، ފެށުން އޮންލައިންގެ ސީނިއާ ޖާނަލިސްޓެއްގެ އިތުރުން، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ރާއްޖޭގެ ބައެއް ޓީވީ ސްޓޭޝަންތަކުގައި ޕްރެޒެންޓްކޮށް، އަދި މިހާރުވެސް ޕްރެޒެންޓް ކުރަމުންދާ ބޭފުޅެކެވެ.

މީޑިއާ ކައުންސިލް މެންބަރެއްގެ ދައުރަކީ ދެއަހަރު ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ިމުހައްމަދު

    ބައެއް މީހުން ލިޔެފައި ހުންނަ ލިޔުންތައް ނަގައިގެން އެހެން މީހެއްގެ ނަމުގައި ނޫސްތަކުގައި ޝާއިޢުކުރޭ. ހަމަ މިގޮތަށް ބައެއް ޗެނަލްތަކުން ރިޕޯޓްވެސް ހަދާ. ބައެއް ލިޔުންތައް މިވެނި ދަރުހަކުންނޭ ބުނާއިރު ދަރުސް ދިން މީހެއް ދިން ތަނެއްވެސް އެނގޭކަށް ނޯވޭ. މިވެނި މަޖައްލާއެކޭ ބުނާއިރު އެއީ ކޮން ތާރީޚެއްގައި ނެރެފައި އޮތް އެ މަޖައްލާގެ އަދަދެއްކަމެއްވެސް ނޭނގޭ. ދީނީ ދަރުސް ދެވެނީ ޚާއްޞަ ހުއްދައެއްގެ ދަށުން ކަމަށްވިޔަސް ދީނީ ލިޔުންތައް ލިޔާކަން ހުއްދައެއް ނަގަން ނުޖެހޭތީ، ބައެއް މީހުން އެހެން މީހުން ލިޔެފައި ހުންނަ ލިޔުންތައް ކޮޕީކޮށްފައި ލިޔުންތައް ލިޔާއިރު އެ ލިޔާ މީހަކީ ދީނީ ތަޢުލީމު އެވަރަށް ދަންނަ މީހަކަށްވެސް ނުވޭ. މިކަންކަން މީޑިއާ ކައުންސިލުން ބަލައި އިސްލާހުކުރާނެ ކަމަށް އުންމީދުކުރަން.