އައްޑޫ ސިޓީ، ހިތަދޫގައި ހުރި ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ފޭދޫ އަށް އުފަން އެމީހާ، އާ ގިނަ ބަޔަކު ވަނީ ބައްދަލުވެފައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އޮފިޝަލަކު ވިދާޅުވީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވެފައިވާތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭއައިއެޗްގައި ހިންގަމުން އަންނަ ފްލޫ ކުްލިނިކު އަނެއްކާވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫގައި ދާދި ފަހުން ކަރަންޓީނާ ހިލާފުވި މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެނގިފައިވާ ގޮތުގައި ކޮވިޑަށް ފައްސިވެފައި ވަނީ މާލެ އިން މުބާރާތެއްގައި ބައިވެރިވާން އައްޑުއަށް ދިޔަ މީހެކެވެ. އެމީހާ ވަނީ ކޮވިޑް ޓެސްޓްގެ ނަތީޖާ ލިބުމުގެ ކުރިން ޕްރެކްޓިސްތަކުގައި ވެސް ބައިވެރިވެފައެވެ. އެމީހާ ހުރީ ހިތަދޫގައި ކަމަށް މައުލޫމާތު ލިބެއެވެ.

އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި މިހާރު ކޮވިޑް ހަލުވިިކޮށް ފެތުރެމުން ދާއިރު ބައެއް ރަށްރަށުގައި ކޮވިޑް ފެތުރިފައި ވަނީ ކަރަންޓީނާ ހިލާފުވެގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ 30،000 އާ ގާތްކޮށްފައެވެ. މި ބަލީގައި 73 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    ކޮވިޑް 19 ހޯދާގޮތަށް މަސްތުވާ ތަކެތި ވިއްކާ ބޭނުން ކުރާ މީހުން ދަނެނުގަނެވެނީ ކީއްވެތޯ، އެމީހުން މިފަދަ ގޮތަކަށް ހޯދޭނަމަ ހާދަހާ ރަގަޅުވީސް !