އައްޑޫ ސިޓީގައި ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އަރާ ފޭބުން މަނާ ކޮށްފައި ވަނީ ހިތަދޫގައި ހުރި ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވުމުންނެވެ.

މީގެ ކުރިން އެ ސިޓީގެ ރަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދޫން ބަޔަކު ފައްސިވުމާއި ގުޅިގެން އެރަށަށްވެސް އަރާ ފޭބުން އޮތީ މަނާ ކޮށްފައެވެ.

އެހެންކަމުން މިހާރު މުޅި އައްޑޫ ސިޓީ އޮތީ މޮނީޓަރިންގއެވެ.

އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގ (ސޯބެ) "ވަގުތު" ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވެފައިވާތީ އެ މީހާއާ ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

" ހުޅުދޫ މީދޫ އަށް އަރާ ފޭބުން މަނާކޮށްފައި އޮތީ. ދެން ބަލި މި އަންނަނީ ބަލި އޮތްތަނަކުން. ބަލި ނާންނާނެ ހުރިހާ ގޮތެއް ވޭތޯ މި ބަލަނީ. ދެން ބަލި ފެތުރުން ކޮންޓްރޯލް ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ވެސް އެބަ ބަލަން ކުރެވޭތޯ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެބަ ކުރިއަށް ދޭ." އޭނާ ވިދާޅުވިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން މީހަކު ފައްސިވުމާއި އެކު އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް (އޭއައިއެޗް)ގައި ހިންގަމުން އަންނަ ފްލޫ ކުްލިނިކު އަނެއްކާވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    ކޮވިޑޭ ކިޔާއިގެން އައްޑޫ މީހުނަށް ބަލާވެރިކަން ޖައްސަނީ، 1980 ގެ އަހަރު ތަކުގައި އޭޑުސްއޭ ކިޔާއިގެންވެސް ސިއްހީ މީހުން ބަލާވެރިކަން ޖެއްސި، ! އޭރު ބުނީ އޭޑުސް ޖެހިފާ ހުރި މީހަކު ބޭނުން ކުރާ ކޮޓަރިޔާއި ފާހާނާ ބޭނުން ކުރިޔަސް އޭޑުސް އަރާނެޔޯ ކިޔާ މީހުން ބިރުގެންނުވީ،

    4
    6