އައްޑޫސިޓީ ހުޅުމީދޫއިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހުޅުދޫ ކައުންސިލަރ ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީ މިއަދު "ވަގުތު" އަށް ވިދާޅުވީ ހުޅުމީދޫ އިން ފައްސިވި މީހުންނަކީ "ނިއުލައިން" އިހާ އާއި ގުޅުން ހުރި މީހުން ކަމަށެވެ. އެ މީހުންނަކީ ނިއުލައިން ބޯޓުން ފައްސިވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރުމުން ފައްސިވީ މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފެނުނީ. 4 އަންހެނުންނާއި 1 ފިރިހެނެއް ކަމަށް މައުލޫމާތު ލިބެނީ. އެއީ ހަމަ ކުރިން ފެނުނު ކްލަސްޓާ އާއި ގުޅުން އޮތް މީހުން." އޭނާ ވިދާޅުވިއެވެެ.

ނިއުލައިން ބޯޓުގައި މަސައްކަތް ކުރާ ދިވެއްސެއްގެ ގައިން ކޮވިޑް-19އިގެ އަލާމާތްތައް ފެންނާތީީ އޭނާގެ ސުންކު ނެގި އިރު ފައްސިވެފައިވާތީ ހުޅުދޫ މީދޫ މޮނިޓަރިން އަށް ލާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާ ފައްސިވެފައިވާ ކަން އެނގުނީ ނިއުލައިން ބޯޓު އެ ރަށުގައި އޮންނަތާ ހަފްތާއެއްހާ ދުވަސް ފަހުންކަމަށް ހުޅުދޫ ކައުންސިލުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އޭގެ ފަހުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެ ބޯޓުގެ އިތުރު ފަޅުވެރިންތަކެއް ބައްޔަށް ފައްސިވ ވެފައިވާއިރު، އެ ރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ވެސް އިއްޔެ ވަނީ ފައްސިވެފައެވެ.

އެރަށަށް އަރާ ފޭބުން މަނާކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފޮނުވި ލިޔުމުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ. އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެ ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    އެމްޑީޕީ ސަރުކާރުގެ ނާޤާބިލްކަމުން ކޮވިޑުން އަރައިގަންނަން ނޭނގިގެން މިއުޅެނީ. އަައްޑޫން އެމްޑީޕީ ސަރުކާރަށް ތާއީދުކުރީ ކޮންކަމެއް ރަނގަޅުވީމާތޯ ސުވާލު އުފެދެނީ؟ ރީނދޫކުލަ ވީމާތޯ ވޯޓްދެއްވީ؟