މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މިއަހަރުގެ މާރިޗް މަހު ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރަށް ރަޖިސްޓްރީ ވުމާއި، ފައިސާ ބަލައިގަތުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިއަހަރުގެ މާރިޗް މަހު ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރަށް ރަޖިސްޓްރީ ކުރުމާއި ފައިސާ ބަލައިގަތުން ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ މެންދަރު 12:30 ގެ ނިޔަލަށް ކުރިއަށް ދާނެކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްއިން މައުލޫމާތުދެއެވެ.

22،965 ރުފިޔާއަށް ކުރެވޭ މިއުމްރާގައި ދެ ޢުމްރާ ކުރުމުގެ ފުރުޞަތާއެކު، ސަޢުދީ ޢަރަބިއްޔާގެ މައްކާ އަދި މަދީނާއަށް ދެވޭނެއެވެ. މި އުމްރާގެ ދިގުމިނަކީ 10 ދުވަހެވެ. ސްކޫލް ކުދިންނާއި އާޢިލާތަކަށް ޚާއްޞަ ކޮށްގެން ކުރިއަށްގެންދާ ޢުމްރާގައި ބައިވެރިވެ ވަޑައިގަންނަވާ ކުޑަކުދިންނާއި 4 ބޭފުޅުންނަށްވުރެ ގިނަ ފަރާތްތައް ހިމެނޭ ގުރޫޕުތަކަށް ޚާއްޞަ ޑިސްކައުންޓު ލިބިގެންދާނެކަމަށްވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްއިން މައުލޫމާތުދެއެވެ.