ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ ރާއްޖެ މިިހާތަނަށް ދުށް އެންމެ ވިސްނުންކޮށި ވެރިޔާ ކަަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެެއްޖެެއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން، ޑރ. ޖަމީލް މިއަދު ކުރެެއްވި ޓްވީޓެއްްގައި ވިދާޅުވެފައި ވަނީ، އެެތަައް ބަޔަކު ވަޒީފާ ގެއްލި މަގުމަތިވާއިރުވެެސް ރައީސް ސާލިހްް މަސައްކަތްކުރައްވަމުން އަންނަނީ އެކްޓިވިސްްޓުން އުފާކޮށްދިނުމަށް ކަމަށެވެެ. މި ސަރުކާރުން މަސްވެރިންްނާއި ދަނޑުވެެރިންނަށް ކަންކަން އޮޅުވާލާފައިވާއިރު އެ ފަރާތްތަކުން އަަންްނަނީ ކަރުނަަ އަޅަމުން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލްގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، ވެރިކަމަށް ވަޑަައިިގަތުމުގެ ކުރިން މި ސަރުކާރުން ވެފައިވާ ބޮޑެެތި ވައުދުތަކުގެ ތެރޭގައި ހިމެެެނޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ދިވެހި މުވައްޒަފުން މަސައްކަތްް ނިންމުމަށް ފަހު ރޭގަނޑަށް ރަށަށް ފޮނުވުމަށް ވި ވައުދު ވަނީ "ކަފުންކޮށްފައި"ކަމަަށެވެ.

"ރާއްޖެ ދުށް އެންމެ ވިސްނުންކޮށި ވެރިޔާ [ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް] ގެ ކިބައިން ގައުމު ސަލާމަތް ވާން ޖެހޭ،" ޖަމީލް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ޖަމީލް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާއަށް ވާދަކުރައްވައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގައެވެ. ރައީސް ޔާމީނަށް ވެސް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅެއް ކަމުގައިވާ ޖަމީލް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެސް އެމަނިކުފާނުގެ އިސް ވަކީލެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސަގަރު

    ބޮލު ރޮއްޖެއް ރަގަޅު

    5
    5
  2. ދުރުކުރި ނައިބު

    ކަލެޔަށްވުރެ ވިސްނުން ތޫނު ކަންނޭނގެ. ކަލޭ ގަޅިވީމަ ދޯ ނައިބުރައީސްކަމުން ދުރުކޮށް އުލުބޭންދީ. ކަލެޔަށް ސިޔާސީ ދާއިރާއިން ލިބުނު ކާމިޔާބެއް ބުނެބަލަ. ސިޔާސީ ރަންޑިއެއް ތީ. ކަލޭގެ ރައްޓެ ހި ހަސަން ސައީދު ހެން އުޅެބަލަ

    8
    6
  3. މައިކް

    ކޮންމެ މީހަކުބުންޏަސް ތިހަމަތެދެއް. ހަމަހައިރާންވެއްޖެ ތިސޯލިހުގެ ހުރި ފީކަޅާކަމުން

    11
    5
  4. ރެކޯޑު

    ކަލޭ ތިއުޅެނީ އަޅެ ސިޔާސީ ބޮޑު ބަޑީގެ ރެކޯޑު ހަދަންތަ. މައުމޫނު ކައިރިން، ހަސަން ސައީދު ކައިރިން، އެމްޑީޕީ އަށް ވާގިވެރިވެ، ގާސިމު ކައިރިން، ޔާމީނު ކައިރިން. އެއްވެސް މީހަކާ އެކު ނޫޅެވޭނީ ވަރަށް ބޮޑު އުނިކަމެއް ހުރީމަ. ލަދުވެސް ނުގަންނަކަން

    9
    4
  5. އިހާ

    މަނިކުފާނު ތިޔަ ވިދާޅުވީ ވަރައްބޮޑު ތެދުފުޅެއް

    8
    4
  6. ބޮނޑިބަތް

    ޖަމީލަކީ ވެރިކަންކުރެވޭ ވަރުގެ މީހެއް ކަމަކަށް އެހެންމީހުން ނަކަށް ގަބޫލެއް ނުކުރެވޭ ދެން ކީކުރާނީ ދޯ.. ކިތައްމެ ވަރަކަށް ވެރިކަމާ ހިފިޔަސް ޖަމީލަށް ދޭނެމީހަކު ނެތް ކަލޯ... ހެހެހެ

    7
    5
  7. ލޮލްލޮލް

    މީނާ ނައިބަކަށް ލީ މީހާ މީނާ ނަގާ ހޫރާލީ...ދެން ރެލެވެންޓް ވާން ވެގެން އައިސް ޔާންޓޭ އޮމްލެޓްގަ ދޫލާން ފެށީ..އަދި އެވަރުންވެސް ނައިބު ރައީސް ކަމުން ދުރުކުރި ދައުވާ ވެސް ކުރޭ! އެކަމު ޔާމިންގެ ވަކީލޯ! އެކަމަކު ބުއްދި ކޮށީ ސޯލިހު...މ ލޮލް

    5
    4
  8. ބޮޑިބަތް

    މިދެން ކާކުތަ!

    4
    4
  9. ގަމާރު

    ތިޔަވިދާޅުވީ ހަމަތެދެއް ވެރިކަމަށް އަރަންއުޅުނު އިރު ބުނި ދުނިޔޭން ބޭރަށް ކިޔަވަން ފޮނުވާދޭނަމޭ މަ އަޑުއެހިން އެހެންބުނިއަޑު ދޮގެއްނޫން ސޯލިހަކީ ވަރަށްގަމާރު މީހެއް ވެރިކަމަށްވެސް އައީކީނޫން އިންޑިއާއިން ތަބަކަށް ލާފަ އެރުވީ.

    10
    1
    • ޖާހިލު

      ކަލޭ ކަހަލަ ދުނިޔޭން ބޭރަށް ކިޔަވަން ދެވޭނެކަން ގަބޫލުކުރި މީހުންދޯ އެހެންވީމަ ގަޅީ. އިބޫ ވަރުގެ ވިސްނޭމީހަކު އެހެންވެ ނެތެއްނު

  10. ޢަހޫ

    ބަލަ ޖަމީލާ ކަލޭތީ ސޯލިހ ހް ވެރިކަމަށް ގެންނަން މަސައްކަތްކުރިމީ ހާ. ޢަދި ޔާމިނުއަކީބޮޑު ވަގެއްކަމަށް ބުނެ އެވައްކަމުންސަލާމަތްވާނެ އެއްވެސްގޮތެއްނެތޭކިޔާފަ ހަޅޭލެވީވެސްތިޖަމީލު.މި ހާރު ބޯކޮޅުވަތައް ފައިކޮޅުމައްޗައްޖަ ހައިގެން ހަޅޭތިލަވަނީ ބޭފުޅާގެބުއްދިގޯސްވީތޯ ނުވަތަ ވިސްނުންކޮށިވީތޯ.

    6
    4
  11. ދޮރުން ދޮރަށް

    ހަމަ ސީދާ ހުރި މަރުމޯލެއް މި ބޮޑިބަތަކީ. މީނައަށް ވަރިހަމަ ލާރި ކޮޅެއް ލިބެންޏާ ކޮންމެ މީހަކަސް. ބަލަ ގަމާާރާ ކަލޭ ތީ ޔާމިނުއާއި އެކު ނައިބު ރައީސް ކަން ރައްޔިތުން ހަވާލުކުރި މީހެއް. އެކަމަކު ޔާމިނު ބޭނުން ނުވީމަ ރައްޔިތުންނަށްވެސް ބެލުމެއްނެތި ކަލޭ މަގާމުން ދުރުކޮށް ރާއްޖޭން ބޭރަށް އަމިއްލައަށް އަރުވާލެވިގެން އުޅުނު ހަނދާން އަދި ހުންނަންޖެހޭނެ. މިހާރު ކަލޭ ނޫން އެހެން ގަމާރަކު ނުހުންނާނެ ޔާމިނު ކިތައްމެ ލާރިއެއް ދިނަސް އޭނަގެ ވަކީލަކަށް. ތިފެންވަރުގެ ނުކުލެދޭ ގަމާރަކު ނުހުންނާނެ މުލި ދުނިޔޭގަވެސް.

    2
    2
  12. ހިސާން

    ކިޔަވައަގެންހުރި ގައުމަށް ފައިދާ އެއް ނުކުރާ އެއްޗެއްމީ.....

  13. ތުއްތުބޭބެ

    ރެޔާއި ދުވާލު 4 ބަޔަށްބަހައި 4 އަނގައިން 4 ގޮތަށް ވާހަކަދައްކަން ދަންނަ ޢިލްމްވެރިންމަދެވެ.