ލ. ފޮނަދޫއިން އިތުރު ހަތް މީހަކު ފައްސިވެ، ޖީ.އާރު.އެޗް ކޮވިޑް ފެސިލިޓީގައި ފަރުވާ ދޭ މީހުންގެ އަދަދު ދޭ އަކަށް އަރައިފިއެވެ.

ފޮނަދޫ ސިއްހީ މަރުކަޒުން ބުނީ، ކުރިން ފައްސިވެފައިވާ މިހުންނާއި ގާތުން ބައްދަލުވިމި މީހުންގެ ތެރެއިން 7 ސުންކެއް މިއަދު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

ހޮސްޕިޓަލުން ބުނީ، ފައްސިވެފައިވާ 7 މީހުންގެ ތެރޭގައި 10 އަހަރުން ދަށުގެ އެއް ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ

ފޮނަދޫއިން ފައްސިވި 7 މީހުންނާއި އެކީ އެރަށުން ފައްސިވި ޖުމްލަ އަދަދު މިހާރު ވަނީ 13 އަށް އަރާފައެވެ.

ލާމު އަތޮޅަށް ބަލާއިރު، އެއަތޮޅުގެ ގިނަ ރަށްތަކުން މިވަގުތު ކޮވިޑް-19ގެ ވޭދަނަތައް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ފޮނަދޫ، މާންދޫ، ގަން، ދަނބިދޫ އަދި އިސްދޫ ހިމެނެއެވެ.

ފަހަކަށް އައިސް އަތޮޅު ތެރޭގައި ބަލީގެ ވޭދަނަތައް އިތުރުވަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަ ކޮށްފައެވެ. އެގޮތުން ކޮންމެ ދުވަހަކު ގޮތަކަށް އަތޮޅު ތެރެއިން 100 އަށްވުރެ ގިނަ މީހުން ފައްސިވާ ކަމަށް ވަނީ ރިކޯޑް ކުރެވިފައެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު، ރާއްޖެއިން 465 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރެއިން 242 މީހަކީ އަތޮޅު ތެރެއިން ފައްސިވެފައިވާ މީހުންނެވެ. އަދި ބާކީ 193 މީހަކީ މާލެ ސަރަހައްދުން ފައްސިވެފައިވާ މީހުންނެވެ. މިއާއި އެކީ ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 29،835 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަގެ

    މިހާރު ކޮވިޑް-19 ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އިންޑިއާގައި ތިބި އޮސްޓްރޭލިއާގެ ރައްޔިތުން އެނބުރި ގައުމަށް އައިސްފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ނުވަތަ ޖަލު ލުމަށް ނިންމައިފިއެވެ.