ށ. އަތޮޅު ފުނަދޫން ސްކޫލް ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

"ވަގުތު" އަށްް މައުލޫމާތު ދެއްވަމުންް ފުނަދޫ ހޮސްްޕިޓަލުގެ މެނޭޭޖަރ އަހުމަދު ޒުމްްރަތު ވިދާޅުވީ އެރަށު ސްްކޫލްގެ ގްރޭޑްް 8 ގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރަކު ކޮވިޑަށް ފައްސިވެފައިވާކަން ރޭ ލިބުނު ސުންކުގެ ނަތީޖާއިން ދައްކާ ކަމަށެވެ.

އެއީ އަންހެން ކުއްޖެއް ކަމަށާއި، މިހާރު އެރަށު ސްކޫލްްގެ ގްރޭޑް އަށެއްގައި ތައުލީމް ހާސިލް ކުރަމުން އަންނަ ހުރިހާ ދަރިވަރުން ދިރުއުޅެމުން އަންނަ ގެތައް މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާކަމަށް ޒުމްރަތު ވިދާޅުވިއެވެ.

"ޓާސްކުފޯހުގެެ އެހީގައިމިހާރު ވާނީ ގްރޭޑްް އަށެއްގައި ތައުލީމް ހާސިލްކުރާ ހުރިހާ ދަރިވަރުންގެ ގެތަށް ކަރަންޓީނުކޮށްފައި. އިތުރު ފިޔަވަޅުތައްވެސް މިހާރު މިކަމާއި ގުޅިގެން އަޅަމުން އަންނަނީ" ޒުމްްރަތު ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ޓާސްކުފޯހާ ގުޅިގެން އެރަށުގެ ކުޅިވަރުތައް ކުޅުން މިވަގުތު މަދުކޮށްލުމާއި، ރަށުގެެ ސަައި ހޮޓާ ރެސްޓޯރެންޓުތައް މިވަގުތަށް ބަންދުކުރުމަށް ފުލުހުންނާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޒުމްރަތު ވިދާޅުވިއެވެ.

ޒުމްރަތު ވިދާޅުވީ އެ އަންހެން ކުއްޖާގެ ސުންކު ނަގާފައި ވަނީ އެެކުއްޖާ ދިރިއުޅެމުން ދިޔަ ގޭގައި ހުރި މީހަކު މި ބައްޔަށް ފައްސިވުމާއި ގުޅިގެން ކަމަށާއި، މިހާރު އެރަށުގައި ބަލި ޖެހިފައި ތިބި ދެ މީހަކު އެބަ ތިބި ކަމަށެވެ.

އަދި މިވަގުތު އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެެސް މިކަމަާއި ގުޅިގެން އެޅުމަށް ރައްޔިތުންނަށް ގޮވާލަމުުންް ކަމަށް ޒުމްރަތު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފުނަދޫ ރައްޔިތެއް

    ހޯމް ކަރަންޓީންގަ ބެހެއްޓީމަވެސް ފުލުހުންނަށާ ކަމާބެހޭމީހުންނަށް ސިއްރުން ގާތް ތިމާގެ މީހުންނަށާ ރައްޓެހިންނަށް ބައްދަލުކުރީމަ، ފެންނަ ނަތީޖާމިފެންނަނީ.... ރަށް ރަށުގަ ވަކިބަޔަކު ކުރީމަ މައްސަލަ އަކަށް ވާނީ އަނެއްބަޔަކު ކުރީމަ އޯކޭ.. މިގޮތައް ކަން ކަން ހުރީމަ ނިކުންނަ ނަތީޖާ ވަރަށް ހިތިވާނެ