ހއ. ދިއްދޫއަށް އަރައި ފޭބުން މަނާ ކޮށްފި އެވެ.

"ވަގުތު" އަށް އެގިފައިވާ ގޮތުގައި އެރަށުން ފައްސިވެފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން ރޭގެ ވަގުތެއްގައި ޑޮކްޓަރަށް ދެއްކި މީހެކެވެ. އޭނާގެ ނަތީޖާ ލިބިފައިވަނީ މިއަދު ހަވީރުއެވެ.

ފްލޫ ކްލިނިކަށް ދެއްކި ފަހުން އޭނާ ހުރީ ކަރަންޓީނު ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ފައްސިވެފައިވާ މީހާ އަކީ ގިނަ މީހުންނާއި ބައްދަލުވާ ތަނެއްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ވިދާޅުވީ، އެރަށް މޮނީޓަރިންގ ހާލަތަށް ލާފައި ވަނީ މިރޭ ކަމަށާއި، އެރަށް މޮނީޓަރިންގއަށް ލާފައި ވަނީ އެ މީހާއާ ގާތުން އެއްތާވި މީހުން ދެނެގަތުމަށް ކަމަށެވެ.

މިހާރު އަތޮޅު ތެރެއިން 21 ރަށެއް އޮތީ މޮނީޓަރިންގ ހާލަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަނާޒާ

    ކާށިދޫ ވެސް ފައްސި ވެއްޖެ ! ކޮބާތޯ މޮނިޓަރިންގ އަވަސްކުރޭ !

  2. ކާށިދޫ

    ފައްސިވެފައިވާ މީހާ އަކީ ގިނަ މީހުންނާއި ބައްދަލުވާ ތަނެއްގައި މަސައްކަތް ކުރަމުން އަންނަ މީހެއް