ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކުރުމަށްފަހު އދ. ދަނގެއްޗަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އޭނާ ފައްސިވެފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން ފްލޫ ކްލިނިކަށް ދައްކައިގެން ނެގި ސުންކުންނެވެ.
ކޮވިޑް-19 އަށް އޭނާ ފައްސިވެފައިވާއިރު، އޭނާ އަކީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހެކެވެ. އަދި ދެވަނަ ޑޯޒު ފުރިހަމަ ކުރިތާ 14 ދުވަސް ވެސް ވެފައިވާ މީހެކެވެ.
މީގެ އިތުރުން އޭނާ މާލެއިން އެރަށަށް ގޮސްފައިވަނީ ވެސް ނައްސި ޕީސީއާރު ޓެސްޓަކާއި އެކު ކަމަށް މައުލޫމާތު ލިބޭ ކަމަށް ދަނގެތި ކައުންސިލްގެ ނައީބު ރައީސް މުހައްމަދު ރަމްޒީ ވަނީ "ވަގުތު" އަށް ވިދާޅުވެފައެވެ.
ދަނގެތިން ފައްސިވެފައިވާ މީހާ ކަރަންޓީނުގައި ނެތުމުން އޭނާ އާއި ގިނަ ބަޔަކު ދިމާވެފައިވާ ކަމަށް ބެލެވޭއިރު، އަދި އޭނާ އާއި ގާތުން ބައްދަލުވި މީހުންގެ ސުންކު ނެގުމުގެ މަސައްކަތް ކުރިއަށް ދާ ކަމުގެ މައުލޫމާތު ސާފު ވެފައެއް ނުވެއެވެ.
ދަނގެތިން މީހަކު ފައްސިވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރަށަށް އަރާ ފޭބުން މަނާ ކޮށްފައެވެ. އެރަށަށް އަރާ ފޭބުން މަނާ ކޮށްފައިވަނީ ފައްސިވެފައިވާ މީހާ އާއި ބައްދަލުވެފައިވާ މީހުން ބެލުމުގެ ގޮތުންނެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާއިރު އައްޑޫ ސިޓީ ހިމެނޭހެން 24 ރަށެއް އޮތީ މިވަގުތު ބަންދުކޮށްފައެވެ.
އިތުރު ތަފްސީލް އަންނަނީ...
އޭނާގެ ފަރާތުން ކޮވިޑް އެއް ނުފެތުރޭނެ ސަރުކާރުގެ ހުރިހާ މިންގަނޑަކައް ފެތިގެން ރަށައްގޮސް އެއުޅެނީ އޭނާ ފައްސިވިޔަސް ނުޖެހޭނެ ކަރަންޓީން ވާކައްވެސް.
ވެކުސިނަކައް އިތުބާރެއް ނުކުރަން ނުވެސް ކުރާނަން މިހާރުވެސް މިއުޅެނީ ކޮވިޑް ޖެހިގެން 2 ޑޯޒް ޖަހައި 14 ދުވަހައްވުރެ ގިނަވެސް ވެއްޖެ އަޅާވޭނަކައް ނެތްލިބުނު ލުޔެއް.
އިންޑިޔާއިން ދިނީ ފޭކު އެއްޗެކޭ ކިޔާތަ
ސަލާމަތެއް ނެެތެއްނު ވެކްސިން ޖެހިޔަސް ނުޖެހިޔަސް
މިހާރު އަރާފައި މިވާ ކޮވިޑް19ގެ ރާޅު ނިކަމެތި ރައްޔިތުންގެ ބޮލަށް ކަނޑާލައިގެން ނުވާނެއެވެ. އަހަރެމެން ތިބީ ފުރަބަންދުވެގެން ގޭގައެވެ. ބޭރަށް ނުކުތީ މާސްކު އަޅައިގެންނެވެ. މައިންބަފައިންނާއި ގާތްތިމާގެ މީހުން މަރުވުމުން ވަޅުލީ މޫނުބަލައިލަން ދިޔުމުގެ ފުރުސަތު ވެސް ނުލިބިއެވެ. ޖަމާޢަތުގައި މިސްކިތްތަކުގައި ނަމާދު ނުކުރެވި އެތަކެއް ދުވަހެއް ވެއަތުކުރީމެވެ. އެއަށްފަހު 3 ފޫޓު ދުރުގައި 'ޖަމާއަތް ހަދައިގެން' ވެސް ނަމާދުކުރީމުއެވެ. އަހަރުދުވަސް ފާއިތުވެގޮސް އެންމެ ފަހުން އާއިލާ ކައިރިއަށް ދެވުނީ ވެސް ބޮޑު ހަރަދުކޮށް 10 ދުވަހުގެ ކަރަންޓީނު ހުރަގެއެއްގައި ތިބެފައެވެ. ގަވާއިދުން ވެކްސިން ޖަހައި، އިޖުތިމާއީ ކަންކަމުގައި ގައިދުރުކަން ކަށަވަރުކުރީމުއެވެ. އިއްޔެ އެކިއެކި ނަންނަމުގައި ލުއިތައް ދިނީ އާއްމު ރައްޔިތުންގެ މުހުތާދުތައް ފުއްދައި ދިނުމަށް ވުރެ ވަކިބައެއްގެ އެދުމަށް ކުރެވޭ ވެދުމަކަށެވެ. އޭގެ ހިތި މިއަދު މި ބަރުދާސްތު ކުރަނީ ވެސް ހަމަ އަހަރެމެން އާންމުންނެވެ. ވީމާ އަދު ނަންބަރުތައް މައްޗަށް މިދާދިއުމީ މަމެންގެ އިހުމާލޭ ވިދާޅުވެގެންނުވާނެއެވެ.
ދެޑޯޒް ފުރިހަމަ ކުރީމަ ބަކި ނުޖެ ހޭނެ އެކޭ ނުކިޔާ ދޮއްތަ . ކިޔަނީ ބަލި ޖެ ހުނަސް ހާލު ސީރިޔަސް ނުވާނެ ކަމަށް
ވެކުސިނަކީ ފޭކު އެއްޗެއް ވިޔަފާރި ހިންގަންޖަހާ މަޅިއެއް.
ނެކްސްޓް ޖޯކް ޕްލީޒް
ތިޔަހަދާ ޓެސްޓް ތަކާމެދުވެސް މިހާރު ޝައްކު. އިތުބާރެއްނެތް. ފަޅޮލަކުން ސާމްޕަލް ނެގިއަސް މިހާރު ތިހަދާ ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ވެދާނެ. އެޗްޕީއޭގެ އިތުބާރު ގެއްލިއްޖެ. އެމީހާޖެހީ ކޮން ވައްތަރެއްގެ ވެކްސިނެއްތޯވެސް ނޫސްވެރިން ބަލާދީބަލަ. އިންޑިޔާވެކްސިނަކީ އެއްވެސް ޔަގީންކަމެއްއޮތް ވެކްސިނެއްނޫން. އިންޑިޔާއިން އެދަނީ އެކަން ސާބިތުވަމުން. ލައްކައިން ލައްކައިން ޕޮޒިޓިވް ވަމުން.
އަވަސް އަރުވާލާފައި އަދިވެސް އިންޑިއާގެ ކޮޕީ ވެކްސިންޖަހާ، ޗައިނާ ވެކްސިނަށް މާއިތުބާރު ބޮޑު އެކަމަކު މަޖުބޫރުން ޖެހުވީ ފޭކްވެކްސިން
ދެން ވެކުސިންގެ ބޭނުމެއް ކޮބައިތޯ؟