ލ. އަތޮޅު އިސްދޫން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށުން ކޮވިޑަށް ފައްސިވެފައި ވަނީ ދަނބިދޫން ފައްސިވި މާންދޫ އިހަލަށް ނިސްބަތްވާ މީހަކާއި ގާތުން އެއްތާވި މީހެކެވެ.

އެރަށު ކައުންސިލުން "ވަގުތު"އަށް މައުލޫމާތުދެމުން ބުނީ، އެ މީހާ ފައްސިވެފައި ވަނީ ކަރަންޓީންގައި ހުއްޓާ ކަމަށެވެ.

ފައްސިވެފައި ވަނީ ފިރިހެނެކެވެ.

މި ވޭދަނައާ ގުޅިގެން މިހާރު އެރަށު 4 ގެއެއް ވަނީ ކަރަންޓީން ކޮށްފައެވެ.

ލާމު އަތޮޅަށް ބަލާއިރު، އެއަތޮޅުގެ ގިނަ ރަށްތަކުން މިވަގުތު ކޮވިޑް-19ގެ ވޭދަނަތައް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ފޮނަދޫ، މާންދޫ، ގަން އަދި ދަނބިދޫ ހިމެނެއެވެ.

ފަހަކަށް އައިސް އަތޮޅު ތެރޭގައި ބަލީގެ ވޭދަނަތައް އިތުރުވަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަ ކޮށްފައެވެ. އެގޮތުން ކޮންމެ ދުވަހަކު ގޮތަކަށް އަތޮޅު ތެރެއިން 100 އަށްވުރެ ގިނަ މީހުން ފައްސިވާ ކަމަށް ވަނީ ރިކޯޑް ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު