ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަޒީރުންގެ މަޖިލީހަށް މާދަމާ ބައެއް ބަދަލުތައް ގެންނާނެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ކެބިނެޓަށް ބަދަލުތައް ގެންނަން ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް އޮފީހުން ވެސް މިދިޔަ ހަފްތާގައި ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
މާދަމާ ގެންނާނެ ބަދަލުތަކުގެ ތެރޭގައި އެންވަޔަރްމަންޓް މިނިސްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ.ހުސައިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމަށް ބަދަލުކުރައްވައި އެންވަޔަރްމެންޓް މިނިސްޓަރުކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އައްޔަން ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ފިޝަރީޒް މިނިސްޓަރަކަށް މިހާރު ހުންނެވި ޒަހާ ވަހީދު ފިޝަރީޒް މިނިސްޓަރު ކަމުން ދުރުކުރުމަށް ފަހު އައްޔަން ކުރައްވާނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށް ކަމަށް ވެއެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ޝިފާޒް ވެސް މާދަމާ ޑިމޯޓް ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މިހާރު މިނިސްޓަރަކު ނެތް ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމަށް ވެސް މާދަމާ ބޭފުޅަކު އައްޔަން ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ކެބިނެޓަށް ބަދަލުތަކެއް ގެންނަވާނެ ކަން ރައީސް ވަނީ ކޯލިޝަން ޕާޓީތަކަށް އަންގަވައިފަ އެވެ. ރައީސްގެ އެނިންމެވުމާއި ގުޅިގެން ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މާދަމާ ފިޝަރީޒް މިނިސްޓްރީ އާއި އެންވާރްމަންޓް މިނިސްޓްރީއަށް ބަދަލުތަކެއް ގެންނައިރު އެދެމިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ނުދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް މަސްވެރިކަމާއި ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ބައެއް ގަވައިދުތައް އަދިވެސް ހެދިފައި ނުވާތީ ޒަހާ ވަޒީރު ކަމުން ދުރުކުރުމަށް އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ ތަކުރާރުކޮށް ގޮވާލައްވާފައެވެ.
ކެބިނެޓާއި އެއްކޮށް ތިމާވެސް އިސްތިއުފާދީ، އެއިރުން ރައްޔިތުންނަށްވެސް ހިތް ހަމަޖެ ހުން ލިބޭނެ.
ޓްރާންސްޕޯޓް މިނިސްޓަރ ވެސް އެބަޖެހޭ ބަދަލުކުރަން😡
ތަކުރާރުކޮށް ދަންނަވަން! ޓޫރިޒަމް ވުޒާރާގައި ތިބި ހުރިހާ އެކްޓިވިސްޓުން ވީ އެންމެ އަވަހަކަށް ބޭރުކުރެއްވުން އެދެން. އަނެއްކާވެސް ވަރަށް ވާހަކަ!
ކޮބާ ޓްރާންސްޕޯޓް
ޓްރާންސްޕޯޓް މިނިސްޓަރ ވެސް އެބަޖެހޭ ބަދަލުކުރަން
ޓްރާސްޕޯޓު މިނިސްޓަރު ބަދަލު ނުވާނަމަ ތިއީ ކަޑުގައި ރޮގުއެޅުން ފަދަ ކަމެއް.
ކުޅިބައިކޮންމެގޮތަކަށްއެތުރިއަސް ރައްޔިތުންއެއޮތީ ބޮޑުވަޒީރުގެފައިބުޑަށް ސައިކިޔާފަ !!
ކެބިނެޓެއްނޫން ބަދަލުކުރަންވީި އޮފީސްތައް ބަންދުކުރަންވީ މިހާރުން މިހާރަށް މިހާލަތުގައިވެސް މިތިބެނީ ކިހިނެއް ވެފަތަ ރައްޔިތުން މަރަންތަ ބޭނުންވަނީ
ކެބިނެޓާއެކު ރައީސް މީހާވެސް ޖެހޭ އިސްތިއުފާދޭން. މިފަހަރު ނަސިފަރު ކައުންސިލް ރައީސްކަމަށް އަހަރެން ނުހޮވި ބޮޑުތަނުން ފެއިލްވީވެސް ރައީސް ސޯލިހުގެ ފޮޓޯތައް ފޭސްބުކަށް އަޅައިގެން. އިސްތިއުފާ ދީފައި މަށާއެކު ނައިފަރު ޕީޓީއޭ އަށް ކުރިމަތިލަން އާދޭ.
ބަދަލުގެނަޔަސް ބަލައިނުގަނެވޭނެ. މިހާރު ދެން ރާއްޖެއަށް ހެވެއް އެދެންޏާ އިސްތިއުފާ ދެއްވާ. ތިންއަހަރުމިވީ. ނަތީޖާ ސުމެއް. ދިވެހިން ބިކަވެއްޖެ. ރައްކާކޮށްފައި ހުރި ފައިސާކޮޅު ނަގައިގެން ކައި ހުސްވަނީ.
އެއީތެދެއް...އިސްތިއުފާދީފަ ބޮޑު މުލު ވަގާ ވެރިކަން ހަވާލު ކުރަންވީޔޯ
މިހާރު މިހިރީ އެންމެ ބޮޑުވަގު ކުރިއައް ލިބެންހުރި އެއްޗެއްވިއަސް ދިރުވާލައިފި
ބަރާބަރު
ޔާގުންޑާ އެހެރީ ހުރިހާ ރަށެއް 99 އަހަރަށް ވިއްކާފަ ލާރިތަށް ކައިގެން....
ހަަމަ އެއްތާކުޖެހޭނީ! ދުވަސްކޮޅެއްވާއިރަށް ބޮޑުތަނުން ފޭލިވާނީ!
ސޯލިހޫ ކޮންބަެއް ތި ކެބިނެޓޭ ކިޔާގެން ގެންނަން އުޅެނީ؟ މި ޤަައުމުގައި ތިބި ކޮލިޓީ މީޙުން ތިއްބާ ކަޑަ ބައިގަނޑެއް ގޮވާގެން ޤައުމު ވީރާނަވީނޫންތޯ ؟ ޝިއުނާ ތީ މަތީންފައިބާ ފާ ހުރި ދައިތަގަނޑެއްތޯ؟ ކަމަކުނުދޭ ސޯ. ސޯ އިސްތިއުފާދީފައި ހިންނަވަރުގައި އޮވޭ! ޝިއުނާ ގެންގޮސް ހިންނަވަރު ގައި ތިބި އަނެއް ދިވެހިރާއްޖޭގެ މީހުން ބަލަހައްޓަން ބަހައްޓާ!
ދެން އޮތީ 2 އަަހރު< މި ޤައުމަށް އެއްކަމެއްވެސް ނުކޮށްދެވޭނެ! އަލުންވެސް ވެރިކަން ބޭނުންވެގެން ކޮންމެވެސް އަނގައެއް ހާވަމުން ރައްޔިތުންފަހަތުން އަންނާނެ! ކީކޭދެންބުނާނީ އަޅެ!
ކީއްކުރަން ބޮޑުމުސާރަ ދީފަ ބަހައްޓާ ހެރިޓޭޖް މިނިސްޓަރެއް،
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވިފައިވާ މީހުންނަށް އެންވަޔަރުމެންޓް މިނިސްޓަރު ކަން ދިނުމުން ރައްޔިތުން ދާނީ ހަނާވަމުންނޭ ތިމާވެށި މިނިސްޓްރީ އަކީ ތިމާވެއްޓާއި އަދި ހަކަތައާއި ގުޅޭ އެންމެހާ ކަންކަން ކުރާ މިނިސްޓްރީ އަށްވާއިރު އެމްޑީޕީގެ ރައީސް ނަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެ އަށް މިމަގާމް ނުދީ އެނަރޖީ އިންޑަސްޓްރީގެ އަލިފުބާ ވެސް ނުދަންނަ އެއްވެސް ތަޖްރިބާ އެއް ނެތް މީހަކަށް މިމިނިސްޓްރީ ދިނުން އެއީ މިވިޔަފާރި ކުރާ މީހުން އިނދަޖެހޭނެ ކަމެކޭ އިނދައޭ ޖެހެނީ...
ޢިލްމީ ޤާބިލް ހަރުދަނާ ހިންގުންތެރި ބޭފުޅުން ޢައްޔަން ނުކުރައްވައިފިނަމަ، ދެން ނިކުންނާނެ ނަތީޖާއަކާއި މެދު ފުންކޮށް ވިސްނާވަޑައިގަތުން މުހިއްމެވެ. ސަބަބަކީ، ނާޤާބިލު ހިންގުމުގެ ހުނަރެއްނެތް މީހުންނަށް ބޮޑެތި މަޤާމްތައް ޙަވާލު ކުރުމުގެ ސަބަބުންނާއި ޤައުމު މިހާރު ވެސް މިއޮތީ އިޤްތިޞާދު ފުނޑި، ދަރާ ވިކިފައިވުމުންނެވެ. ވުޒާރާތައް މަދުކޮށް ހިންގުންތެރި ވަޒީރުން ޢައްޔަން ކޮށްގެން މެނުވީ ދެން މިޤައުމު ކޮޅަށްޖެހޭނެ އެއްވެސް ގޮތެއް ނެތެވެ.
ކޮބާ ޓުރާންސުޕޯޓު މިނިސްޓަރު ދުވާލުދެދަޅަޔަށް މޫނުގައި ފުއްޖަހައިގެން ކާރުގައި އޮފީހަށް ދިޔުމުން ޒިންމާއުފުލުނީކަމަށް ދެކިގެންނުވާނެ ނާގާބިލު ކަނބަލެއް ތިޔަކަނބަލަށްވުރެ ރެހެނދިހަދީޖާވެސް މާރަނގަޅު.
ޢެއްމެފުރަތަމަބަ ދަލުކުރަންވީ ޓްރާޞްޕޯޓް އޮތޯރިޓީ
މިހާރު މިހިރީ އެންމެ ބޮޑުވަގު ކުރިއައް ލިބެންހުރި އެއްޗެއްވިއަސް ދިރުވާލައިފި