ގދ. ތިނަދޫއިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު “ވަގުތު” އަށް ވިދާޅުވީ، މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް އިތުރު 5 މީހަކު ފައްސިވެ، ޖުމްލަ އެރަށުން ފައްސިވި މީހުންގެ އަދަދު 22 އަށް އަރާފައިވާ ކަމަށެވެ.

އެރަށުން ފައްސިވެފައިވާ ގިނަ މީހުންނަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރި އިންޑިއާ މީހާއާއި ބައްދަލުވެފައިވާ މީޙުންކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން އޭނާ އާއި ބައްދަލުވި ހަތް މީހަކު މިހާތަނަށް ވަނީ ފެނިފައެވެ. މި ހަތް މީހުންނަކީ ބިދޭޭސީން ކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ވަކި ތަރުތީބެއް ނެތި ސުންކުތައް ވެސް ހިމެނޭ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

އެރަށުން މީހުންތަކެއް ފައްސިވުމާ ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެެ.

ތިނަދޫގެ އިތުރުން ރާއްޖޭގެ ގިނަ ރަަށްތަކެއްގައި މި ބަލި އަންނަނީ ހަލުވިމިނުގައި ފެތުރެމުންނެނެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ ކުރިއާ ހިލާފަށް ވަރަށް ބޮޑަށް އިތުރުވެފައެެވެ.

ރާއްޖެއިން މި ބަލި ޖެހުނު 29،834 މީހުންގެ ތެރެއިން 24،775 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ 4،978 މީހަކަށެވެ. އޭގެ ތެރެއިން 146 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. މިބަލި ޖެހިގެން 73 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ******

    ތިނަދޫ އަށް ކޮވިޑް ޖެހެން މާލަސްވެސް ވެއްޖެ.ތިނަދޫ ކައުންސިލް އިން މިކަމުގެ ޒިންމާާ ނަގަންޖެހޭ،ގަސްތުގަ ރައްޔިތުން ހާލުގަ ޖެއްސީ، ތިނަދޫއަކީ ކަރަންޓީން ވާރަށެއް ނޫން. އެކަން އެގޮތަށް ވަނީ ބަލަންޖެޙޭ ފަރާތްތަަކަށް ނުބެލޭތީ،އުސޫލުގައި އޮންނަ ގޮތުންނަމަ ޕޯރޓަލްގަ ރަޖިސްޓްރީ ނުވެ ރަށަކަށް ނާދެވޭ، ދަތުރު ވެރިޔާ އައުމުގެ ކުރިން ކަރަންޓީން ވާން ރަޖިސްޓަރ ވެފައިވާ ތަން ޗެކްކޮށް އެތަނުގައި ކަރަންޓީން ނޯޓިސް ހަރުކުރަން ޖެހޭ، އަދި ދަތުރު ވެރިޔާ އެއާރޕޯރޓް އިން ކަރަންޓިން ވާތަނަށް ގެންގޮސްދިނުމަކީ އީ އޯ ސީ ގެ ޒިންމާއެއް، ތިނަދޫ އީ އޯ ސީ ކުރެން އަހާލަބަ މިހެން ކަންތަށް ކުރިންތޯ ކުރޭތޯ؟ މާލެ ދަތުރު ކުރާ ބޯޓް ފަހަރުގެ މީހުން ރަށައް އަރާ އުޅެނީ ބޭނުން ގޮތަކަށް، ހަބަރެއް ލިޔަންޔާ " ގދ ތިނަދޫގެ ކޮވިޑް ކޭސްތަށްް، ރަށުގެ އީ އޯ ސީ ގެ އިހުމާލު" މި ސުރުޙީގަ ލިޔެލަބަ.