މަސައްކަތްތެރިންގެ ދުވަހު ސަރުކާރުތަކުން އަބަދު ދައްކަނީ މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ މުސާރައެއް ކަނޑައެޅުމުގެ ހުވަފެން ތަކުގެ ވާހަކަކަމަށާއި ނަމަވެސް މިނިމަމް ވޭޖެއް ކަނޑައެޅުމަށްވުރެ މުހިއްމީ ގެދޮރުގެ ކުލި ކޮންޓްރޯލް ކުރުން ކަމަށް ބޯހިޔާވަހިކަމުގެ މައްސަލައިގައި އަޑުއުފުލާ ޖަމިއްޔާއެއް ކަމަށްވާ އާއްމުންގެ ޖަމިއްޔާ އިން ބުނެފިއެވެ.

މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އާއްމުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި އެޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ވިދާޅުވީ ލިބޭ އެންމެ ކުޑަ އުުޖޫރަ ކަނޑައެޅިއަސް ކުރާ ހަރަދު ކުޑަ ނުކުރެވޭނަމަ ލިބޭނެ މަންފާއެއް ނެތް ކަމަށެވެ. ލިބޭ އެންމެ ކުޑަ އުޖޫރަ ސަރުކާރަކުން ގާނޫނަކުން ކަނޑައެޅިއަސް ކުލި ކޮންޓްރޯލު ނުކުރެވޭނަމަ އާންމު މީހާއަށް އޭގެ މަންފާއެއް ނުކުރާނެ ކަމަށާއި ލިބޭ އެންމެ ކުޑަ އުޖޫރަ ކުޑަކޮށް ބޮޑު ކުރާއިރަށް، ކުލި ދެގުނަ ބޮޑު ވީމައި އަތުގައި ލާރިއެއް ނޯންނާނެ ކަމަށް މިދުއަމް ވިދާޅުވިއެވެ.

"ލިބޭ މުސާރައިގެ ބޮޑު އިންސައްތައް އެއް ހޭދަ ކުރަނީ ކުލި ދައްކަން ކަމަށް ވާާއިރު، އާންމުން ހަގީގަތުގައި ފުދުންތެރި ކުރެވޭނީ ކުލި ކޮންޓްރޯލް ކުރެވިގެން ނުވަތަ ކުލި ދައްކަން ކުރާ ހަރަދު މަދު ކުރެވިގެނެވެ. އިޖްތިމާއީ ބޯހިޔާވަހިކަން ނުވަތަ ސޯޝަލް ހައުސިންގެ ބޭނުމަކީ މިއީއެވެ. އާންމު މީހާ ކުލީގެ އަޅުވެތިކަމުން ސަލާމަތްކޮށް، ކުއްޔަށް ކުރާ ހޭދަ ކުޑަ ކުރުމެވެ. ކުއްޔަށް ކުރަންޖެހޭ ހޭދަ ކުޑަ ވީމައި މިނިމަމް ވޭޖެއް އަދި ކަނޑަނޭޅިއަސް އާންމުން ފުދުންތެރިވާނެއެވެ. އެއާއި ހިލާފަށް މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅިޔަސް ކުލި ކޮންޓްރޯލް ނުކުރެވޭނަމަ އޭގެ މަންފާއެއްް ނުކުރާނެވެ." މިދުއަމް ވިދާޅުވިއެވެ.

"އާއްމުންގެ ޖަމިއްޔާގެ ބަޔާނުގައި ބުނީ އާންމު މީހާގެ މާލީ ފުދުންތެރިކަން ބިނާވެގެން ވަނީ ހަމައެކަނި ލިބޭ އެއްޗަކަށް ނޫނެވެ. އާންމު މީހާގެ މާލީ ފުދުންތެރިކަން ބިނާ ވެގެން ވަނީ ލިބޭ އެއްޗަކާއި ކުރާ ހަރަދުގެވެސް މައްޗަށް ކަމަށާއި މިމޭރުމުން ވިސްނާއިރު ކުލި ދައްކަން ކުރާ ހަރަދު ކުޑަކުރުން އެއީ އާންމު މީހެއްގެ މާލީ ފުދުންތެރިކަން އެކަމުގެ މައްޗަށް ބިނާވެގެންވާ އެންމެ އަސާސީ އެންމެ މުހިންމު ތަބެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ހިޔާ މަޝްރޫގެ ދެ ކޮޓަރީގެ 2،500 ފްލެޓު އަދި އެއް ކޮޓަރީގެ 1،600 އަށް ވުރެ ގިނަ ފްލެޓު ސަރުކާރުން ވަނީ "ވުޖޫދުން" ގެއްލުވާލާފައިކަން ވެސް ބަޔާނުގައި މިދުއަމް ވަނީ ސަރުކާރަށް "ހަނދާން ކޮށްދީފައެވެ. މީގެ އިތުރުން ހިޔާ 7،000 ފްލެޓުގެ އެލޮކޭޝަނަށް ގެނައި ބަދަލުތަކާއި އެކު ޖުމްލަ 5،000 އަށް ވުރެ ގިނަ އާންމުންގެ ފްލެޓު ވަނީ ގެއްލިފައިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މިއީ 5،000 އަށް ވުރެ ގިނަ ދިވެހި އާއިލާގެ ހައްގެކެވެ. ނިގުޅައިގަނެވުނީ 30،000 ވަރަކަށް އާންމުންގެ ބޯހިޔާ ވަހިކަމުގެ ހައްގެވެ. ފަނާ ކޮށްލެވުނީ އެ އާންމުން ކުލީގެ އަޅުވެތިކަމުން ސަލާމަތްވާން ލިބުނު ހަމައެކަނި ފުރުސަތެވެ. ހަނާ ކޮށްލެވުނީ އެ އާންމުންނަށް ލިބެން އޮތް މާލީ ގޮތުން ފުދުންތެރި ހަޔާތެކެވެ. މިއަދު ނޫނީ މާދަން، މިއަހަރު ނޫނީ މިއަންނަ އަހަރު، މި ދައުރު ނޫނީ ދެންއަން ދައުރު، ކޮންމެވެސް އެއް ދައުރަކު، ކޮންމެވެސް އެއް އަހަރު، ކޮންމެވެސް އެއް ދުވަހަކު މިކަމުގެ ޒިންމާ ވަޒީރު އަސްލަމް އަދި ސަރުކާރުން ނަގައި ޖަވާބުދާރީ ވާން ޖެހޭނެއެވެ." މިދުއަމް ވިދާޅުވިއެވެ.

މިކަމުގައި ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ އެހެނަސް އެކަން ނުކޮށް ހަނު ތިބެން ނިންމި އިއްޒަތްތެރި ކަމަށް ގާނޫނު ބުނާ މަޖިލިސް މެންބަރުން ވެސް ޒިންމާ ނަގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހިޔާގެ ފްލެޓުތައް "ވުޖޫދުން ގެއްލުވާލި" ޖާދޫގަރު ވަޒީރު އަސްލަމްގެ އެ ޖާދުލުގެ ގެއްލުން އާންމު މަސައްކަތް ތެރިންނަށް ވީއިރު އޭގޭ މާލީ އަދި ހާލަތުގެ ފައިދާ ވީ ކުލީގެ އަޅުވެތިކަމުގައި އާންމުން ޖައްސައިގެން ގެންގުޅޭ ކުލީގެ ވިޔަފާރި ކުރާ މީހުންނަށެވެ. ވީމާ އަސްލަމުގެ މޭސްތިރިކަމުގައި އާންމު މަސައްކަތްތެރިންނަށް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރު ކޮށްދެވިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ. އެހެނަސް ސަރުކާރަށް އަދިވެސް މި ފުރުސަތު އެބައޮތެވެ. ވަގުތުވެސް އެބަ އޮތެވެ. ވުޖޫދުން ގެއްލުވާލުމުގެ މަގުމަތީގައިވާ 2،500 ފްލެޓު ކުރިން އޮތްގޮތަށް ކުރިއަށް ގެންދެވިދާނެއެވެ. އެއް ކޮޓަރި ތަންތަން ކުރިއަށް ގެންދެވޭނެއެވެ." މިދުއަމް ވިދާޅުވިއެވެ.

އިޖްތިމާއީ ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތައް ރާވައި ހިންގައި ހައްގު ނިގުޅައި ގަނެވުނު 5،000 އާއިލާއަށް އަދި ދެންތިބި އާންމުންނަށްވެސް ދަރަނި އަދާ ކުރެވޭނެ ކަމަށާއި މި ނިޔަތުގައި ސަރުކާރުން ކުރިއަށް ގެންދާ ކޮންމެ މަޝްރުއަކަށް އެޖަމިއްޔާގެ ފުރިހަމަ އެއްބާރުލުންވެސް ލިބޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

"މަސައްކަތް ވެރިންގެ މިދުވަހު އާންމުންގެ ޖަމްއިއްޔާގެ މެންބަރުންނަށް ދަންނަވާލަން ބޭނުންވާނީ ކުލީ ގެ އަޅުވެތިކަމަކީ ނިޒާމީ ގޮތުން ވަރަށް ފަރުވާތެރިކަމާއި އެކު ރޭވިގެން ކުރެވޭ ކަަމެކެވެ. އެއީ ނޭއްދާރު މަދު ބަޔަކު ބޮޑު މާލީ ފައިދާ އެއް ހޯދަން ހިންގާ ނޭއްގާނީ ވިޔަފާރިއެކެވެ. އެކަން އެވެރިން ކުރަނީ ތިޔަ އާންމުން ބައިބައި ކޮށްލައިގެނެވެ. އެކަން ކުރަން ޖަހާ ވެކްސިނަކީ ސިޔާސީ ޑޯޒެވެ. ހަގީގަތުގައި ހުރިހާ ޕާޓީ އަކަށް ނިސްބަތްވާ، ހުރިހާ ސިޔާސީ ފިކުރެއްގެ އާންމުން ވެސް ދިރިއުޅުނީ ނިކަމެތި ހާލުގައިއެވެ. ހުރިހާ ފިކުރެއްގެ ހުރިހާ އާންމުންވެސް އަސްލު ބޭނުންވަނީ އެއް ކަންތައްތަކެކެވެ. އޭގެ ތެރެއިން އެންމެ އަސާސީ އެެއް ކަމަކީ ބޯހިޔާވަހިކަމުގެ ހައްގެވެ. ކުލީގެ މި އަޅުވެތިކަމުގެ ނިޒާމު ދަމަހައްޓަނީ އާންމުން ބައިބައި ކޮށްލައިގެނެވެ. އެ ނިޒާމުން މިންޖު ވެވޭނީ އާންމުން އެއްބައިވެގެން އެކުއެކީ މަސައްކަތް ކޮށްގެނެވެ. ވީމާ މިކަމާާއި މެދު ވިސްނައި، ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުކުރަން ހުރިހާ ސިޔާސީ ފިކުރެއްގެ އެންމެންވެސް އެކުއެކީ މަސަައްކަތް ކުރަން މިއަދު އަޒުމް ކަނޑައަޅާށެވެ." ބަޔާނުގައި މިދުއަމް ވިދާޅުވިއެވެ.

އާއްމުންގެ ޖަމިއްޔާ އިން ގެންދަނީ ހިޔާ ފްލެޓްތަކުގެ މައްސަލައިގައި ވެސް އާއްމުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. އިގިއްޖެ

  ނުވާނޭ.......ލޯނުގެ އިންޓަރެސްޓް ކުޑަ ކުރަން ޖެހެނީ ފުރަތަމަ

  21
  3
 2. އަންނި33

  މާލެއަކީ ސިޓީއެއް. ކުލިވެސް ބޮޑުވާނެ. ކުލި ކުޑަ ތަންނަކަށް ދިޔައީމަ ކުޑަވާނެ.

  19
  15
 3. ގިއްސާނު

  މާލޭގަ ކޮންމެހެން ތިބެންނުޖެހޭ މީހުން ބަލާފަ އެމީހުން ރަށްރަށަށް ފޮނުވަންއެބަޖެހޭ، އާބާދީ ބޮޑެތި ތަރައްގީ ގެނެވޭނެ ކަހަލަ ރަށްތައްވެސް ތަރައްގީވާނީ އެތާ އުޅޭނެ ބަޔަކު ވެގެންދޯ...ހުރިހާ ކަމެއް އޮތީ މާލޭގައޭ ކިޔާފައައިމަ ތަރައްގީ އެގެނެވެނީ މާލެޔަށް، ސަރުކާރުގެ އެކަނި ކަމެއްްނޫން އަތޮޅުތެރެ ތަރައްގީކުރުމަކީ....

  21
  8
 4. އަލީ

  ކުލި ދައްކާކަށް ނުޖެ ހޭނެ ރަށަށް އުޅެން ދޭބަލަ

  20
  12
 5. Anonymous

  ތި ކަމެއް ސަރުކާރުންނުކުރާނެ ސަބަބަކީ އެކަން ކޮއްގެން ގައުމުގަ ތިބި ވެރިންނަށާ ބޮޑެތި ވިޔަފާރިވެރިންނަށް ފައިދާއެއް ނުވާނެތީވެ..

  18
  8
 6. ބުއްޅަބޭ

  ރަށުގަ ގެ އަޅައިގެން ތިބެ ބަލަ! ކުލި ދައްކާކަށް ނުޖެހޭނެ!

  22
  15
  • ބޮނޑު

   އުޅޭ ހިތަކުން ނޫން އުޅެނީ.. މަޖުބޫރު ވެގެން ރާއްޖެތެރޭ ރައްރަށުން އެކަށީގެންވާ ހިދުމަތްތައް ނުލިބޭތީވެ އެއީ ތައުލީމުން ބެލިޔަސް ސިއްހީ ގޮތުން ބެލިޔަސް.. އެފަދަ ހިދުމަތްތައް ރާއްޖެތެރޭ ރައްރަށުން ލިބެނަމަ އަހަރެމެންނުތިބޭނަން މިތާކު.. ސަރުކާރަށްއަރާ ކޮންމެ ބަޔަކުވެސް ބަލަމީ މާލެ ތަރައްގީކުރެވޭތޯ ވިއްޔަ

 7. ......

  އެކޮއެ....މީ 2021 ވަނަ އަހަރު...މިހާރުގެ ޖީލަށް އެނގޭ މިވެރިން ރައްޔިތުންނަށް ހެވަކަށް އެއްވެސް ކަމެއް ކޮށް ނުދޭނެކަން...ބޭކާރު ވާހަކަ ނުގޮވާ ރައްޔިތުންނަށް ހެވަކަށް އެދެންޏާ ވެރިކަން ކިރާ ނިޒާމް އިސްލާމީ ވެރިކަމުގެ ނިޒާމަކަށް ބަދަލުކުރަން ގޮވާލަން އިލްތިމާސް ކުރަން....ނަޖިސް ހުރި ވަޅަކުން ނަޖިސް ނޫން އެއްޗެއް ނުނެގޭނެ....

 8. ނަރެލް

  ހެޔޮއެއްގޮތެއްވެސް ނޯންނާނެ

  7
  3
 9. ގުދުގުދާބެއްޔާ

  މީސްމީހުން ބޮޑެތިލޯން ނަގައިގެން ބޮޑެތި އަދަދުތަކުން ބޭންކަށް ފައިސާދައްކަން ޖެހެނީ ތަން ކުއްޔަށް ދީގެން! ލޯނުވެސް ދެނީ ތަނުން ލިބޭނެ ކުލީގެ އަންދާޒާ ހުށަހެޅީމައި! ދެން ކުއްޔަށް ދެރުފިޔާ ބަޔަށް ނުދެވޭނެ! ސަރުކާރުން ބެހެވޭނީ ސަރުކާރުގެ އަމިއްލަ ކަންތަކާ! އަމިއްލަ މީހުންގެ މުދަލަކަށް ބޭނުންވާއިރަށް ކާޑުގެ އަގު ކޮންޓްރޯލް ކުރާހެން ނުކުރެވޭނެ!

  1
  2
 10. އަހުމަދު ނީޒް

  ކުލި ކޮންޓްރޯލް ކުރަން ގެދޮރު އަޅަން ފައިސާ ދިފަ ހުރި ތިޔަ ޖަމިއްޔާއިން ތޯ. އެތަން ހަދަން ކުރި ޙަރަދާ ބިން ގަންނަން ކުރި ޚަރަދާ ބިން ގަތީމަ ދައުލަތައް ދައް ކަން ޖެހުނު ޓެ ކްސް ފައިސާ އަނބުރާ ދީފަ ދެން ކޮންޓްރޯލް ކޮށްލާ. އެ ކަމު ހިޔެއް ނުވޭ އަނގަތެޅުން ފިޔަވާ ކަމެއް ވާ ބައެއްހެން.

  3
  2
 11. ރާއްޖެ ތެރޭމީހާ

  މަވެސް ކުލި ނުދަށްކަން މަި އުޅެނީ އަމިއްލަ ރަށުގަ އަމިއްލަގޭގަަަަަަަަަަަ ކޮންފޮންޏެއްވާކަށް މާލެގޮސް މަމީ މާލޭމީހެކޭ ބުނަންވެގެން ދަފްތަރުގަޖެހިގެން 2 1ފޫޓް ކޮޓަރިއެއްގަ ބާރަ ފަނަރަ މީހުން ނިދަނީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭއިރު ރަށުގައުޅެން ދޭބަލަ

  2
  2
 12. މޮޔަސޮރު

  ކުލި ކޮންޓްރޯލް ކުރުމުން ކުއްލިއަކަށް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުވަނީ ބާ! ނުވާނެ. ކުލި ކުޑަކުރުމުން ހައުސިންގ އަށް ޑިމާންޑް ބޮޑުވަނީ. އެއާއި އެއްވަރަކަށް ބޯހިޔާވަހިކަން އިތުރު ނުވާނަމަ މިހާރަށް ވުރެ ކުލި ބޮޑުވާނެ. ޙައްލަކީ ބޭނުމާއި އެއްވަރަކަށް ބޯހިޔާވަހިކަން އިތުރުކުރުން. މިއީކީ އެއްދުވަހަކުން ވާނެކަމެއް ނޫން.

  2
  1
 13. ކުޑައަލީ

  ރަށައްދިއައީމަ ކުއްޔައްހިފާނެ މީހުންވާނެބާ 2019 ކުރީކޮޅު ހުރިއަގުތަކެއްބެލީމަފެނޭ ތަފާތު ކައްމަތީފިހާރަ ތަކުގެ ވިކުރާއިންވެސްފެނޭ އަދިއައްނައަހަރު ބޮޑުތަފާތެއް ފެއްނާނެ ބަދަލްތަކާއެކީ ކުރީގަނެގި 3 މަހުގެ އެޑްވާން ވެސްގެއްލިފަ މިހާރުވަނީ ހިފާނެބަޔަކުނުވެ އެބަދޭ 4މަސްވެސް މިހާރު ސިއްހީ ހިދުމައްތެރިން ސަލާމަތީބާރުތަކުގަ ވަޒީފާއަދާކުރާދިވެހިން ބޭރުމީހުން މަދުވީމަ ކުއްޔައްހިފާނެ ފަރާތެއްނުލިބި ގިނަދުވަސްތަކެއްނަގާނެ ހުސްވާއެޕާޓްމަންޓްތަކުން މިހާރުވެސް އެބަހުރި އައިބޭބެލިމަފެނޭ މީހުންރަޝައްދިޔަކަން

 14. ވައްސް

  ކުލި ކުޑަކުރަން އެބަޖެހޭ މާލޭގައި. 3 ވަނަ ދުނިޔޭގެ ގައުމެއްގައި ކުލި ބޮޑުވެގެންގޮސް ހޮންގްކޮންގު ފަދަ ތަންތަނާއި ހަމައަށް އަރައި ދުނިޔޭގެ ކުރިމަތީގައި ފަލީހަތްވެ ބޭޒާރު ނުވަނީސް ކުލި ކުޑަ ކުރަން ޖެހޭ.

 15. ޢަލި ސޮރު

  ކޮބާ ކަރަންޓު ފެން އެހެނިހެން ޚިދުމައްތައް.

 16. އައިމީ

  މިނިމަމް ވޭޖް ކަނޑަ އެޅުމަކީ ވަރަށް ރަނގަޅު ކަމެއް. އެބަޔަކު ހިތައް އެރިގޮތަކަށް ކަންތަށް ކުރަނީ. މަ ސެކިއުރިޓީ އަކަށް އުޅޭތަނުން މަށަށް ދެނީ އެންމެ ދެހާސްރުފިޔާ

 17. ދުންތަރި

  މާލޭގެ އަގުބޮޑު ވާހަކަ ދައްކާއިރު އަތޮޅު ތެރެ އާއި ސިޓީގައި ފަރަގު އުޅޭނެކަން ގަބޫލު ކުރަންޖެހޭ. މާލެ އިން އަތޮޅުތެރެއަށް ގޮސް ކުައްޔަށް ތިބެނޖެހެނީ ވަކި ކުޑައަގެއްގަ ނޫން. ބައެއް ރަށްރަށުގަ މާލެ އަށް ވުރެވެސް ކުލި ބޮޑު

  2
  1
 18. މަހާކަލަމެންޖާ

  މާލެއަކީ ހަމައެކަނި މާލޭގެ ރައްޔިތުންގެ ތަނަކަށްވެއްޖެނަމަ، ދިވެހިރާއްޖޭގެ ދެން ބާކީހުރި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ބަހެއް ވިއްކޭ ތަނަކަށް ނުވާނަމަ، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ކޮންމެ 5 އަހަރަކުން ރިޔާސީ ދައުރު ބަދަލުވާހެން ބަދަލު ކުރުން އެންމެ ރަނގަޅުކަމަށް ފެނެއެވެ. ރަށްރަށް ތަރައްޤީއާއި ތަހްޛީބުގެ ރޮނގުގައި ކުރިއަރައި ނުދިޔައީ އެކަން ކުރީގެ ސަރުކާރުތަކުން ނުކޮށްދިނުމުގެ ނަތީޖާއެވެ. އެސަރުކާރުތަކުގެ ވެރިންގެ ވިސްނުމަކީ ވެސް މާލެފިޔަވައި އެހެން ރަށަކަށް މުހުތާދެއް ފުއްދައިދޭން ވެސް ބޭނުން ނުވަނީއެވެ. އެއީ ރައްޔިތުން ބިކަކޮށް އަޅުވެތިކޮށް ވެރިކަން ކުރަން ފަސޭހަވާނެ ނިޒާމްގެ ތެރެއިންނެވެ. ޕޮލިޓީޝަނުންނަކީ އަބަދުވެސް ރައްޔިތުންގެ ބޯކާލައިގެން ވެރިކަމާއި ހެދި ބޫތުކައިފައިވާ ބައެއްކަން ތާރީޚުން ޘާބިތުވާން އެބައޮތެއް ނޫންތޯއެވެ؟

 19. ނޮންސެންސް

  މާލެ މީހުން އަނގަ މައްޗައް ޖަހައި ގެން ތިބެގެނެއް ނޫނޭ ތަން ތަން ހަ ދަނީ . ޢިންޓްރެސްޓް އާއެކު ބޮޑަތި ލޯނުތަށް ނަގައިގެނޭ ހަ ދަނީ . ދަރާވިކިގެންނޭ . ޜާއްޖެއިން ބޭރަށް ގޮސް ތިބެގެންވެސް ކިޔަން ވީނު ހާ ދަ ކުލި ބޮޑޭ.

  2
  1
 20. ބޭޗާރާ

  ތީ ހައްތާވެސް ފޭކު ވާހަކަ. މިނިމަމް ވޭޖްއަކީވެސް ބޭކާރު ވާހަކައެއް. ކުލި ކޮންޓްރޯލްކުރުމަކީވެސް ބޭކާރު ވާހަކައެއް. މި ސަރަހައްދަށް ބޭނުންވަނީ މިހާރު އަޅާފައި ހުރި ފްލެޓްތަކުގެ އިތުރަށް 15 ހާސް ފްލެޓް. ހުރިހާ ކަމެއް ހައްލުވީ. ކުލިވެސް ކޮންޓްރޯލްވީ. ބޭނުންވަނީ މިނިމަމް ވޭޖްއެއް ނޫން. ބޭނުންވަނީ މުސާރަތައް ހާމަނައިޒްވުން. އެއް މަގާމެއް އަދާކުރާ އެންމެންނަށް އެއްވަރަކަށް މުސާރަ ލިބުން. މިހާރު މިދޭގޮތަށް ވަކި މުވައްސަސާއެއް ވީމާ ވަކިވަރެއް ހަދައިގެން މިހިންގާ އަދަބާ ޚިލާފު ކަންކަން ކުރުން ހުއްޓާލަންވީ. އެކަން ނުކުރާންވެގެން ދައްކާހައި ބަހަނާ. ކޮންމެ ބަޔަކުވެސް މިދައްކަނީ އެބަޔެއްގެ މަސްލަހަތު ހިމާޔަތްކޮށްފައި ވާހަކަ.

 21. ކޮމަންސެންސް

  ސަތޭކައިގެ ވާހަކައެއް، ލިބޭ އާމްދަނީ ގެ 50 އިން ސައްތަ ކުލިއަށް .ބާކީ ބައިން 30% ޔުޓިލިޓީ ބިލްތަކަށް.ކުރަންވީ ކަމަކީ ކުލިކުޑަކޮށް ،ޔުޓީލިޓީ ބިލް ކުޑަކުރުން..ވާނުވާ ނޭގޭ ގަމާރުން ގައުމުގެ ބަސްބުނަންވީމަ ފެންނަ ހައެތި މިވަނީ.ކޮމަންސެންސް އެންޑް ރިއަލިޓީ ނޭގޭނީ ހަމަ ގަމާރުވީމަ ނޫންތޯ.ގަމާރުވުމަކީ ކަންތައްނުވިސްނުން.އެއީ ލަދުވެތިބަހެއްނޫން.ކޮމެންޓް ޖަހާދޭތި.ކުދިން ލައިކް ދޭތި.ރަގަޅުވާނީ ތިބައިގަޑު އިސްތިއުފާދިނުން

  2
  1
 22. ގައުމުގެ ދޫ

  ކުލި ކޮންޓުރޯލު ކުރީމާ އުފެދޭނީ "ބުލެކު މާރކެޓް" އެހެންވީމާ އެ ކަމަކުން ލިބޭނެ ހައްލެއް ނެތް. އޮތީ ސަރުކާރުގެ ސިޔާސަތުތަށް ހަރުދަނާކޮށް ސަޕުލައި އިތުރުކުރުން، ކެރިކުޅަދާނަ މިންވަރެއްގާ ހައުސިންގ ލޯނު ލިބޭނޭގޮތް ހަމަޖައްސައި ދިނުން. މައްސަލަ އަށް ހައްލުހޯދަންވާނީ އޭރުން އުފާވާކަހަލަ ބަދަލެއް ފެންނާނީ

  2
  1
 23. ދިވެހިން

  ތިކަމެއްނުވާނެ.

 24. އެކުވެރިޔާ

  ކޮން ފަދަ މާލޭމީހުންނެއްތަ؟ ތިކިޔާ މާލޭމީހުންނަކީ ހަމަ ދހިވެހިރާއްޖޭގެ ރަށްތަކަށް ނިސްބަތްވާ ބައެއް.މާބޮޑާ ނުވެބަލަ.ނަރަކައިގެ އަޒާބު ހަދާންކޮށްލަބަލަ. ތިބުނާ މާލޭ މީހުންގެވެސް ތިބޭނެ ރަށްރަށު މީހުނގެ ދަރިންތަކާ މައިންބަފައިންނާ ކާފަމާމަތައް. އެމީހުނވެސް ދޭބަލަ އެމީހުންނަށް ރަށުން ލިބޭ ބައި ނުވަތަގެހަދައިގެން ތިބުނާގޮތަށް ރަށްރަށްތަރައްގީކުރަން