ލ.އަތޮޅު މާންދޫ ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ބައެއްގެ މީހުންގެ ހާލު ސީރިއަސް ވެއްޖެއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ މާންދޫން ކޮވިޑަށް ފައްސިވެފައިވާ މީހުންގެ ތެރެއިން ހާލު ބޮޑުވި ތިން މީހަކު މިރޭ މާލެ ފޮނުވާފައިވާ ކަމަށެވެ.
އިތުރު ފަރުވާއަށް މާލެ ފޮނުވާފައި ވަނީ ސްރީލަންކާގެ ފިރިހެނަކާއި ނޭޕާލްގެ ދެފިރިހެނުންނެވެ.
މާންދޫގައިވެސް މިހާރު ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ. އެގޮތުން އެރަށުން މިހާތަނަށް 230 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.
އެރަށު އިހަލާއި ގުޅުން ހުރި މީހުން އެރަށާއި، ގުޅިފައިވާ ގަމާއި، ފޮނަދންވެސް ފައްސިވެފައި ވެއެވެ. އަދި ދަނބިދޫންނާއި، އިސްދޫންވެސް ވަނީ މި އިހަލާއި ގުޅުން ހުރި ބަޔަކު ފައްސިވެފައެވެ.
ބިދޭސީން މަރުވިޔަސް ހެޔޮކަމައް ދޫކޮއްލާ ދިވެހީންނައް އިސްކަންދިނުމައް ގޮވާލަން.
ހެޔޮ ނުވާނެ ތިޔަ ކަހަލަ އެއްޗެއް ބުނަން ވެސް.. އެ ވެސް އިންސާނުންނޭ އަހަރުމެން ދިވެހިންފަދަ.. ކަލޭ ކަހަލަ ޖަނަވާރެއް ނޫނޭ