ކޮވިޑް-19 ޖެހިގެން 39 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ފައި ފަރުވާދެމުން ދިޔަ ފިރިހެނެކެވެ.

އެއީ ދިވެއްސެއް ކަމަށް މައުލޫމާތު ޖެހިފައި ހޮސްޕިޓަލުން ދިން މައުލޫމާތަށް ބިނާކޮށެވެ. އެހެން ނަމަވެސް އެއީ ބިދޭސީއެއް ކަމަށް ހޮސްޕިޓަލުން ފަހުން މައުލޫމާތު ދީފައި ވެއެވެ.

ނިޔާވި މީހާއަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުސްލިމް ފިރިހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 74އަށް އަރާފައެވެ.

އެންމެ ފަހުން މި ބަލީގައި ރާއްޖެއިން މީހަކު ނިޔާވެފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އެ ދުވަހު ރާއްޖެއިން ކޮވިޑް ބަލީގައި ދެ މީހަކު ނިޔާވިއެވެ.އެގޮތުން އެ ދުވަހު ޑީއެޗް11ގައި ފަރުވާދެމުންދިޔަ 85 އަހަރުގެ އަންހެނަކާއި، ޑީއެޗް11ގައި ފަރުވާދެމުުންދިޔަ 50 އަހަރުގެ އިންޑިއާ މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖެއިން މި އަހަރު މިހާތަނަށް 22 މީހަަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިސަޑު

    އަދިވެސް ރައްޔިތުން ގޯސްކޮއްފަ ތިބޭ އާދޭސްކޮއްފަ މިބުނީ ރައްޔިތުން ހޭލާ އޮފީސްތައް ބަންދުކުރޭ ގޭގާއި ތިބެން ހި ގާ

  2. ޢަހްމަދު

    މީލޯއަނދިރި ބެރިން އުޅޭތަނެއްތަ! ހަމަ މިކަން ފެން ނަ ވެރިޔަކު ނެތީބާ! އިންޑިޔާއަށް ވާން ދޫކޮށްޅަނީބާ؟

  3. އިންޑިއާ އައުޓް

    މީކޮންކަހަލަ ކޮވިޑެއްތަ ގެންބިގެން މަރުވިޔަސް ކޮވިޑު ބޮލައް ކާއްޓެއް ވެޓި މަރުވިޔަސް ކޮވިޑު އިންތިހާބެއް ކާރިވީމަވެސް ކޮވިޑު ވޯޓުލާ ދުވަހު މިސޮރު އުޅޭ ކަމަކަށްވެސް ނުވޭ