ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ޙުކުމް ކުރުން އާއިލާ އަށް ލިބުނީ ޝޮކެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
"މިއަދުގެ ޙުކުމާއި ގުޅިގެން މަންމަ އާއި ކޮއްކޮ އަށް ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފައި. އަދި ވަރަށް ފުން ހިތާމައެއް ކުރިމަތިވެފައި." ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅަށާއި އުމުރަށް ބެއްލެވުމަށް ފަހު އިންސާނިއްޔަތައްޓަކައި އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
އިތުރަށް ދުންޔާ ވިދާޅުވީ "މާތްﷲ ބައްޕަ ރައްކާތެރި ކުރައްވާށި" އެވެ.
My mother, my sister and I are in deep shock & extremely saddened at today’s verdict. We once again call upon the authorities to bring him home, given his ill health & age, on humanitarian grounds! May Allah keep you safe Bappa. #fatherofthenation pic.twitter.com/3KVYFFMSQS
— Dunya Maumoon (@dunyamaumoon) June 13, 2018
ރައީސް މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.
އެ ހުކުމް އައީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެ ތިން ބޭފުޅުންގެ ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.
ވެރިކަން ގެއްލުމުން ލިބުނު ޝޮކަށްވުރެ ބޮޑު ނޫނިއްޔާ އޯކޭނު.
އަޅުގަނޑަށްވެސް ސޮކެއްލިބުނު ބައޕާފުޅު ، ބައްޕާފުޅުގެ އަޚާ ދުޝްމަނުންނަށް ދޫކޮށްލިދުވަހު؟ އަދި އެޔަށްވުރެބޮޑު ސޮކެއްލިބުނީ އަޚާއަށް މާތްﷲ މިންވަރުކުރެއްވި ނިޢުމަތަށް ބައްޕާފުޅުގެ ހިތުގައި އޮތް ހަސަދަ ދުޝްމަނުންގެ ކުރިމަތީގައި ހާމަކޮށްލިދުވަހު!
30 އަހަރު ޚުދުމުޚްތާރު ވެރިކަމެއް ކުރިމީހެއް. ގޮޅާބޯ...
ޢީރަތްތެރިކަންނެތް ދަރިންގެ ކިބައިން ލިބޭނީ ކޮންހަމަޖެހުމެއް ހެއްޔެވެ؟
ކަނބުލޮ ދެނަހުރިންތަ! އަދި ބަޣާވާތުގެ ޙުކުމް އޮތިއްޔޭ!!!!!
ތިޔަ ސޮކް ކިތައް އާޢިލާ އަށްބާ މައުމޫނުގެރަންޒަމާނުަގަ މީހުނަށް ދީފަ ހުރީ ޖަލުހުކުމް ކޮއްގެން ... ރައީސް ޔާމީން އަށް ކުރިއަށް ހަމަ....
ޤައުމަށް މިހެން ވުމަކީ އުފާ ކުރަންވޖެހޭ ކަމެއް ނޫން
ބައްޕަ ފިރިހެންކޮއްކޮ އާއި ޅިޔަން ސޮރާ ދެމީހުން ގޮވައިގެން ނިކުމެ ހިންގި ޖަރީމާގެ ބޮޑުކަމުން ދުންޔާ އަކަށް ޝޮކެއް ނުލިބޭތަ؟
ކަމަނާ! ބައްޕަ މާބޮޑަށް ހަލަނިވެ ، ލާނެއްވީމަ ވީ ގޮތް. ބައްޕަ ހީކުރީ އަދިވެސް ފުއްޕާފަ އުޅެވިދާނެ ކަމަށް. ޅައިރު އުޅުންހެން މުސްކުޅިވީމަ ނޫޅެވޭނެކަން ނޭންގުނީމަ ވީގޮތް. ބައްޕައަށް އެވީ ހަމަވާންވި ގޮތް. ޢުމުރަށް ހުކުން ކުރަންވީ ޖާހިލު ކާފަގަނޑު.
މައުމޫނުގެ ވެރިކަމުގައި ކިތައް މީހުނައް ކިތައް އާއިލާއައް ތިކަހަލަ ކިތައް ޝޮކާއި ފުރޯޅާއި ސައިލެންސަރު ދީފަ ހުރީ.ދެން ތިވާހަކަ ނުދައްކާ.ނުހައްގުން ކިތައް މީހުނައް އަނިޔާ ކުރި.ޖައްވައް ހަވަޔައް ފަޒާއައް ބަޑި ޖަހާ ޝޮކްދިނީ.
ވެރިކަން ގެއްލުމުން ލިބުނު ޝޮކަށްވުރެ ބޮޑު ނޫނިއްޔާ އޯކޭނު.ޢީރަތްތެރިކަންނެތް ދަރިންގެ ކިބައިން ލިބޭނީ ކޮންހަމަޖެހުމެއް ހެއްޔެވެ؟ތިޔަ ސޮކް ކިތައް އާޢިލާ އަށްބާ މައުމޫނުގެރަންޒަމާނުަގަ މީހުނަށް ދީފަ ހުރީ ޖަލުހުކުމް ކޮއްގެން ... ރައީސް ޔާމީން އަށް ކުރިއަށް ހަމަ....ކީއްކުރާނީ އުޅުއްވިގޮތުންދެއްތޯ