ޖިންސީ ގޯނާ އާ ދެކޮޅަށް މިހާރު މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން މީސް މީޑިއާ އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް) ހައްޔަރުކޮށްފި އެވެ.

އެ މުޒާހަރާއަކީ މަސައްކަތުގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާ އެކެވެ.

އެ މުޒާހަރާ ކުރިއަށްގެންގޮސްފައި ވަނީ މިރޭގެ ވަގުތެއްގައި ރަސްފަންނު ކުރިމަތީގައެވެ.

އެ މުޒާހަރާގައި ބައިވެރިވެފައި ވަނީ ޒުވާނުންނެވެ. އެ ޒުވާނުން ތިބީ އެ މީހުންގެ ޝުއޫރު ފާޅު ކުރުމަށް ބެނޭ ތަކެއް ހިފައިގެންނެވެ.

މައުލުމާތުލިބޭގޮތުގައި، އެ މުޒާހަރާގެ ތެރެއިން އިތުރު ބަޔަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ ކިތައް މީހުންކަން އަދި ސާފެއް ނުވެއެވެ.