ދިވެހި ފުލުހުންތަކެއް އަންހެނަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އާއްމުވެއްޖެ އެވެ.

އެ ފޮޓޯތަަކަކީ މިރޭ މާލޭގައި ރަސްފަންނު ކުރިމަތީގައި އޮފީސް ތެރޭގައި ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ކުރިއަށްގެންދިޔަ އެއްވުމުގެ ތެރެއިން އަންހެނަކަށް ފުލުހުން އަނިޔާ ކުރާ ފޮޓޯތަކާއި ވީޑިއޯތަކެވެ.

މީހާރު މީސް މީޑިއާގައި ދައުރުވަމުންދާ އެ ފޮޓޯތަކުން ފެނިގެން ދަނީ ފުލުހުންތަކެއް އަންހެނަކު ބަންދެފައި މޫނަށް ޕެޕަރ ސްޕްރޭ ޖަހައި އަނިޔާކުރާ މަންޒަރެވެ.

އެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ އެ އަންހެން މީހާ ފަހަތަށް ބިޑި އަޅުވާފައި ބިންމައްޗަށް ވައްޓާލާފައި ބާއްވައި، މޫނަށް ޕެޕަރ ސްޕްރޭ ޖަހާފައިވެއެވެ.

މިކަން އެތައް ބަޔަކު ވަނީ ކުށްވެރިކޮށްފައެވެ. އަދި މިއީ ދިވެހި ފުލުހުން ކޮށްގެން ވާނެ ކަމެއް ނޫންކަމަށްވެސް ބުނެ ވަރަށް ގިނަބަޔަކު ވަނީ ވާހަކަދައްކާފައެވެ.

އަދި އެ މުޒާހަރާގެ ތެރެއިން ފުލުހުން ބޭނުންކޮށްފައި ވަނީ ހާލަތާއި ނުބައްދަލު ބާރު ކަަމަށް ގިނަބަޔަކު ބުނެއެވެ.

އެ ސަރަހައްދުން ހަރަކާތްތެރިވި ނޫސްވެރިން ބުނެފައިވާގޮތުގައި، ޒުވާނުންގެ އެ އެއްވުން ރޫޅާލުމަށް ހާލަތާ ނުބައްދަލު ބާރުގެ ފުުލުހުން ބޭނުންކޮށްފައި ވެއެވެ. އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފަށް މީހުން ހައްޔަރުކޮށް، ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅައި، ނޫސްވެރިންނަށް އައުގުރާނަ ގޮވާފައިވާ ކަމަށް ނޫސްވެރިން ބުނެފައި ވެއެވެ.

https://twitter.com/Nannaxeev/status/1388541419413852163?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1388541419413852163%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Ffeshun.mv%2F120002

އެކަން ފުލުހުންގެ މީޑިއާގެ ސަމާލުކަމަށް ގެނައުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެއްވުންތައް ކޮންޓްރޯލް ކުރަން ހަރަކާތްތެރިވާ ފުލުހުން އަމަލު ކުރާ ގޮތާއި ގުޅޭގޮތުް ހުށަހެޅޭ ޝަކުވާ ހަމަ ޖެހިފައިވާ އުސޫލުތަކުގެ ތެެރެއިން ބަލައި، އުސޫލުތަކާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އަަަޅަން ޖެހޭ ފިޔަަވަޅުތައް އަޅާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ފިޱި

    ދިވެހި ފުލުހުންނަކީ ފިޱި ބައެއް. ގޮތް ހަދަން ކެރުނީ އަން ހެނަކަށް. މާރާާމާރީ ހިންގާ ގުރޫޕު ތަކުގެ މީހުނަށް ގޮތް ހަދަން ނުކެރޭ.

    115
    1
    • Anonymous

      އިޒްރޭލުން ތަމްރީނުވެގެން އައިސްތިބި ބައެއް. އިންސާނިއްޔަތުކަމެއް ނުހުންނާނެ.

      33
      1
  2. ނާބެ

    މިހާރު ތިއޮތީ ރަޢްޔަތުން ސީދާޙަރަކާތަށް ނިކުންނަ ހިސާބަށް ކަންތައް ގޮއްސަ އަވަސްކުރަންވީ.

    97
    4
    • އާމިރާ

      ކަޝްމީރުގައި ހަރަކާތްތެރިވާ އިންޑިޔާ ފުލުހުންގެ އަމަލުތައްވެސް ހުންނަނީ ހަމަތިހެން. ބަލާބަލަ މުސްލިމުންނާ ދެކޮޅަށް ނުކުންނަ އިންޑިޔާ ފައުޖުގެ ބައެއްތޯ!!!

      32
  3. ޕިކަޕޭ

    ސާބަހޭ ޕޮލިހުން....ތި ބައިގަނޑާ ހެދީ މަގުމަތީ ދުއްވޭ ވަރެއް ނޫން. އަހަރެންވެސް ރޭޕް އާއި ދެކޮޅު. ނަމަވެސް މި ގޮލާއިން ވާނުވާނޭގު މަގުމަތީގައި އުޅޭ ތީ މައްްސަލަޔަކީ... ފުރަމަ އުޅެބަލަ މި ރާއްޖޭގެ ކޯޓުތަކާއި ޕީޖީ އިސްލާހު ކުރަން މޮޔަ ނުތަޅާ...ސަދޫމު ކޯޓު ރަގަޅު ނުކޮށެެއް ތި ރޭޕެއް ނުހުޓުވޭނެ.

    37
    62
    • Anonymous

      ފުރަތަމަ އުޅެންވީ ކަމެއް ބުނަން ކަލޭތީ ކާކު؟ ފުރަތަމަވެސް ފަހުން އުޅެންވީ ކަމެއްވެސް ކަނޑައަޅާނީ އަހަރެމެން އަމިއްލައަށް. ޤާނޫނު އަސާސީގެ 2 ވަނަ ބާބުން ލިބިދީފަ އޮތް ހައްގެއްގެ ބޭނުން މިކުރަނީ. މިހައްޤަކީ ދީމިގްރާތީ މުޖުތަމައުތަކުގައިވެސް ލިބިދޭ ހައްގެއް. ޔޫޑީއެޗްއާރ އިން ދައުލަތްތަކުގެ މައްޗަށް ލާޒިމްކުރާ ކަމެއް މިހައްޤު ކަށަވަރުކޮށްދިނުމަކީ.

      17
      4
      • ހހޯހޯ

        ކަލޭގެ އޮންނަނީ އަމިއްލަ ޤާނޫނެތް ދޯ؟ ތިޔަ ޤާނޫނު އަމިއްލަ ޒަމީރަށް ހިންގަ ހިންގަ ހުރޭ

        2
        2
      • ޗަމަން

        ޤާނޫނު އަސާސީގެ 2 ވަނަ ބާބުގެ އެއްވެސް މާއްދާއެއްގަ މާލޭ މަގުތަކުގަ މުޒާހަރާކުރުމާއި އެއްވެ އުޅުން ހުއްދަކުރޭބާ؟ ޤާނޫނު އަސާސީގެ ތިބުނާ ބާބުގަ ނިކަން ސާފު އިބާރާތުން ބަޔާންކޮށްފަ އޮންނާނެ މުޒާހަރާ ކުރެވޭނެ ތަންތަން. މަގު ހިނގާމީހުންނާއި ދުއްވާ މީހުންނަށް ދަތިވާގޮތައް މުޒާހަރާކުރުމަށް ހުއްދަ ލިބިދޭ ބާބެއް ޤާނޫނު އަސާސީގަ ނޯވޭ

  4. ޑީ

    މާރިޔާ ކޮބާ ކަލޭ ނިކަން އެއްޗެކޭ ކިޔާބަލަ!!

    62
  5. ޏަމް

    ދިވެހި ޔަހޫދީ ފުލުހުންގެ އަނިޔާވެރިކަން ބަލަންޖެހޭ އަދިއެބަޔަކުހޯދާ އެމީހުން ބައިނަލްއަގުވާމީ ކޯޓަކަށްހާޒިރުކުރުމަށްގޮވާލަން.

    62
    5
  6. ރޭޕް ސަރުކާރު

    މި ސަރުކާރު އޮތީ ރޭޕަށް ފައްސިވެފަކަމެއް ނޭގޭތަ

    71
    1
  7. ހެޔޮވެރިކަން

    މިޔަށްމާއެ ކޭ މިތަނެ ކޭ އެއްވެސް ތަފާތެއް ނެއް މިންވަރަށް ސަރު ކާރު ފެއިލް

    60
    5
  8. ބަކަރި

    ތަޅާނެ ކުދިންކޮޅެއް ދެއްތޯ.. ގާނޫނު ހެދިފަހުންނަ އިރު މި އަނިޔާވެރި ސަރުކާރުން ރައްޔިތުންނަށް ކުރާ އަނިޔާ

    49
    3
  9. ކެޔޮޅު

    ތިޔަފުލުހުން މިހާރުން މިހާރަށް ހަށްޔަރުކުރުމަށް ރައީސްސޯލިހަށް ގޮވާލަން މިފަދަމަތިވެރިމަހެއްގައި އަންހެނަކުބަނދެ އަނިޔާކޮށް މޫނަށް މިރުސްދުންޖެހުމަކީ ބަލައިގަނެވޭނެ އަމަލެއްނޫން ހަރުކަށި އިބާރާތުން މިކަންކުއްވެރިކުރަން އަދި ބައިނަލްއަގުވާމީ ކޯޓަކަށް އެލާއިންސާނީ އަމަލުހުށަހެޅުމަށް ގޮވާލަން...

    48
    1
  10. ގެރި

    މި ނުވޭތަ ގޯނާ ނޫނީ ފުރައްސާރައަކަށް؟ ބުރުގާ އަޅާ ކުއްޖެއްގެ ބުރުގާ ގަދަކަމުން ބޭލުވިއިރު.. ގައިމު ރުހުމުގައެއް ނޫން

    55
    1
  11. ބަނަސް

    އެ ކުއްޖާ މަޑުމަޑުން އިށީދެގެން އިންއިރު އެންމެން ހީވީ އޭނަ ރޮލުން ކާލަން ތެޅިގަންހެން.. ކޮބާ ލަދު.. ދެން ޓިވީ އަށް އަރާ ރޮއެރޮއެފަ އިންސާނީ ހައްގޭ ރިހާކުރޭ ކިޔާނެ..

    52
    1
  12. ކޮމިއުނިސްޓް

    ސޯލިހު އިސްތިއުފާ

    54
    2
  13. ކޮބާ

    މިއޮތީ އަނިޔާވެރި ސަރުކާރު ފެނިފަ

    53
    2
  14. މަަރުހަބާ

    މަރުހަބާ މަރުހަބާ

    7
    20
  15. މޫސާ ވަސީމް

    އަލަށްތަ؟ފެށުނީއްސުރެ އެމީހުން އެއީ އެކަހަލަ ބަޔެއް.ނުލަފާކަން ދައްކާ ބަޔެއް.

    46
    1
  16. ސަމާ މާލެ

    ސޭހެއް ހޯމް މިނިސްޓަރައް ލީމާ ވާގޮތް ތީ. މިސަރުކާރުން ބޭނުން ވަނީ އަންހެނުންނައް ޖިންސީ ގޯނާ ކުރާން. ސަރުކާރު އިސްތިއުފާ.

    43
    1
  17. އަހުމަދު

    އިމްރާން ކިޔާ ގޭދަށު ފުލުހުން ދޯ

    38
    1
  18. ހޫ

    ބައެއް ފިރިހެނުންނަށް އަސަރުކުރާނެ ޖިންސީގޯނާގެ ވާހަކަ ދެއްކީމަ.

    34
    5
    • ކޮވިޑް

      ހާއްސަ ކޮށް މަޖިލީސް ގެ ބައެއް އަންހެން މެމްބަރުންގެ ފިރިންނާއި ސަރުކާރުހެ ވަޙުޝީ ބޮޑުން.

      12
  19. އާ

    ފިޔަވަޅެއް ނޭޅޭނެތާ ފުލުހުންނަކީވެސް ޝައިތާނާގެ ފިޔަވަޅުތަކަށް ހިނގަމުން ދާ ބައެއް.

    36
  20. ޕޮލިސްމީހާ

    މިހާރު ޕޮލިހެކޭ ބުނަންވެސް ލަދުގަނޭ..... މި ކިނބޫ ވެރިކަމަށްއައިފަހުން ޕޮލިހުން މިނިމަސްކާން އުޅެނީބާ....
    ބޮޑު ކަމެއް... ތަނަކަށް 6 މީހުން އެއްވެ ޚީޔާލު ފާޅޫކުރާއިރަށް މިއިބޫއަކަށް ހީވަނީ ވެރިކަން ވެއްޓިދާނެހެން... ވަގުތުން އެތަނަކަށް ފޮނުވާ މީހުންތަޅައި މަރައި ސުންނާފަތިކޮށް ޕެޕަރސް ޕްރޭޖަހައި މީދެނ ކޮންފަދަ ނޮހޮރޮއްޕާނެއްތަ... ނިކަން ވިސްނައިގެން ތިބޭތި...

    28
    1
  21. ނަދާ

    ކޮބާ އެމްސީ ހަމީޛު އިސްތިއުފާ ދދޛީފަ މަހަށް ދޭބަލަ

    33
  22. ރޭޕް އާއި ދެކޮޅު

    މުޒާހަރާގެ ބައިވެރިންވެސް ޖެެއްސީ ހުސް ޑްރާމާ.

    12
    23
  23. އަހުމަދު

    shaitaanunge huri nubaikan balaaba. dhivehi raayyitunge faisaain musaara nagaa kaigen e rayyithunah aniyaaverivaan ladhehves nuganeyta?

  24. އަހުމަދު

    ސައިތާނުންގެ ހުރި ނުބައިކަން ބަލާބަ. ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އެ ރައްޔިތުންނަށް އަނިޔާވެރިވާން ލަދެއްވެސް ނުގަނޭތަ؟

    17
  25. އަބޫއަލީ

    އެމީހުން އަބަދުވެސް މީހުންނާ ދިމާއަށް އައު ގުރާނަ ގޮވާ. މަގުމަތީ ކުދިން ކޮޅެއް އެއީ. ހަމަލައެއް ލަމައެއް ނޯވޭ އެމީހުންގެ. ރިފޯމް ކުރަން ޖެހޭ އިންސްޓިއުޝަނެއް

    11
  26. ލޯ

    މީ ދެން ބޮޑުވަރު..

    11
    1
  27. އަދުރޭ

    މުޒާހަރާ ކުރާ މީހުން މުޒާހަރާ ކުރަން ޔާމީނު އޮންނާނެ ވަކި ސަރަހައް ދެއް ކަނޑަ އަޅައިފަ. އެހެންކަމުން ރަށު ތެރެއަށް އަރައި ކުރާނީ އާންމު އުނ ދަގޫ. ބުރުގާ އަޅައިގެން އާންމު އުނ ދަގޫ ރޯ ދަމަހު ރޭއަޅުކަމުގެ ވަގުތު ކުރުމަކީ ދީނަށްވެސް ފުރައްސާރަ ކުރުން. ހުއްޓުވަން ޖެހޭ.

    3
    14
  28. ޚިލި

    ދެރަ ކަންކަން...ބަޔަކު އެބަޖެހޭ ޤައުމު އިސްލާހްކުރަން ތެދުވަން

    11
    1
  29. ކްރިޓިކް

    މަގުމަތީ އަބަދު ބައިގަނޑު ހަދައިގެން ތިބޭ ޕާޓޭންނަށް ބުރުވާލަން ނުކެރޭ.. ބޫންޖަހާފަ ދާ ގީއެންއަށް އަރާ ތިބޭ ބޯދިގު ކުދިންތައް ނުހުއްޓުވޭ.. އެކަމު އަންހެނުންނަށް އަނިޔާކުރެވޭ... ވާހް ވާހް..

    18
  30. ޢިސަބޭ 48

    އިބްރާހީމް ނާޞިރުގެ ވެރިކަމުގެ މެދުތެރެޔާ މައުމޫނީ ވެރިކަމުގެ ފަހުކޮޅު ސިފައިންގެ އަނިޔާވެރިކަން ހައްުދުފަހަނަޅާދިޔަގޮތަށް ނުކިޔަވާ ޞާލިޙްގެ ވެރިކަމުގެ މެދުތެރެ މިދަނީ ޚަރާބުވަމުންނެވެ.

    8
    1
  31. މާމީ

    މާތްﷲ ތިފަދަ އަނިޔާތައް ކުރާ މީހުނައް ވޭންދެނިވި ބަލިމަޑު ކަމެއް ޖައްސަވާތޯ ދުޢާ ކުރާނަން.

    6
    2
  32. Ok

    Findi HAMEED

  33. ޕޮލިސް ކޮމިޝަން (ހަމްޒާ)

    އަހަރެން ދެކޭގޮތުގައި ފުލުހުން އެ އަމަލު ތައް އެބެހެއްޓެވީ އެންމެ ރަނގަޅަށް. ކޯވިޑް 19 ގެ މިޙާލަތުގައި އެއީ އެއްވެސް ހާލެއްގައި ޤަބޫލު ކުރެވޭނެ ކަންކަމެއް ނޫން. 10 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާ ކޮއްފަ އޮންނަނީ ވެސް ކަމަކު. ކޯވިޑް އިންތިހާއަށް އިތުރުވެ މީހުން މަރުވެ އެތައް ބަޔަކު އެނދުމަތި ވީމަވެސް ހަޖަމު ނުކުރެވޭނީ ހަމަ މުޒާހަރާ ކުރި މީހުން ނަށް.

    1
    1
  34. ކިޔުންތެރިއެއް

    ފުލުހުންގެ ހުރި ނުލަފާކަން ރައްޔިތުމީހާއަށް ދެއްކެނީ ރައްޔިތުންބޭނުންވެގެން. އާންމު ރައްޔިތުން އެކަތިގަނޑަކަށްވެ ފުލުުހުން ދައްކަމުންދާ ނުލަފާކަނަ ހުއްޓުވޭނެ. ރައްޔިތުން އަތު އެބައޮތް އެބާރު. އަޅުގަނޑު ގައިމުވެސް މިރާއްޖޭގެ ފުލުހުންނަށް އެއްވެސް އިތުބާރެއްނުކުރަން. އެއީ ރައްޔިތުންގެ ރުފިޔާއިން މުސާރަނަގައިގެން ރައްޔިތުންނަށް އަނިޔާކޮށް ސިޔާސީ ވެރިންގެ އުނގުތެރޭވާ ތުންފުހިތަކެއް. މި ދިވެހިރާއްޖޭގައި ފުލުހުން ހިންގަމުންދާ އެއްވެސް ޖަރީމާއެއް ބަލާނެ ބެލޭނެ ފިޔަވަޅެއް އެޅޭނެ އެއްވެސް ފަރާތެއްނެއް. ފުލުހުން ވަޒީފާއިން ވަކިކުރިޔަސްވެސް ދެތިން އަހަރުކޮށްފަ ނުލިބިހުރި މުސާރަޔާ އަދި އިތުރު މަގާމުގެ ކުރިއެރުމަކާއެކު ވަޒީފާ އަލުން ދޭނެ.

  35. ވަސީމް

    ކުރިންކުރަންވީ ކަންތަކާ ފަހުންވެސް ކުރަންވީ އެއްކަމެއް އެއީ ހިތްވަރާއެކު ގާނޫނާ،ގަވާއިދާޚިލާފްލާއިންސާނީ ކަންތައްހުއްޓުވަންވީ މިކަމުގައި އިސްކޮށްހަރަކާތްތެރިވެލައްވާނީ ފުުލުހުން މިއީޖިންސީގޯނާނުއްޓި އެނުބައިޢަމަލު އެއްދުވަހުން، އަނެއްދުވަހަށް ފުޅާވަމުންދާތީ އެކަމަށް ކެތްނުކުރެވިގެން ރަށްޔިތުންގެ ތެރެއިންބޭފުޅުންކޮޅެއް މިކަމަށް ހޭލުންތެރިކުރެއްވުމުގެ ގޮތުންއަޑުއުފުލާއަޑުއުފުލުމެއް ކަމަށް ބެލެވޭ ވީމާ، ﷲގަންދީ ބޮޑުހުވައެއްކޮށް މުސާރައާ، އިނާޔަތްތައްނަންގަވައިގެން ތިއްބަވާބޭފުޅުން ނުލަފާކަންނުދައްކައި ހުއްޓުވަންޖެހޭ ކަންތައްކުރިން ހުއްޓުވާ ރޭޕާދެކޮޅަށް އަޑުއުފުލުމަށް ވުރެ ވައްކަމާ، މާރާމާރި އަދި މީހުންމެރުން މަސްތުވާތަކެތި ބޭނުންކޮށްއެއިން ވިޔަފާރިކުރުންމާގޯސް ނުލަފާކަން ދައްކަންވީ މިފަދަ ނޭދެވޭ ޢަމަލުހިނަގާފަރާތްތަކާމެދު އިގޭތޯ

  36. Anonymous

    މަންޖެގެ ކެރިއަރ ހިއްލުނީ ތިޔޮއް! އެންމެ ފަހުންވެސް ހައްޔަރު ތިގޮތަށް ވި މީހާ މިހާރު ރަށެއްގެ ކައުންސިލްގަ! 🤣🤣🤣🤣