ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދިނުމަށް އިތުރު އޮޕަރޭޓަރުންނަށް ފުރުސަތު ނުދޭ ގޮތަށް ސަރުކާރުން ހުށަހަޅައިފިއެވެ.

"ވަގުުތު"އަށް އެނގިފައިވާގޮތުން ސަރުކާރުން މިގޮތަށް ހުށަހަޅާފައި ވަނީ މިހާރު ހިދުމަތްދޭ ފަރާތްތަކާއެކު މިރޭ ބޭއްވި ބައްދަލުވުމެއްގައެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ އިންޓަނެޓްގެ އަގު ހެޔޮ ކުރަން މިހާރު ތިބި އޮޕަރޭޓަރުން އެއްބަސްވާނަމަ ކުރިއަށް އޮތް ތިން އަހަރު ތެރޭ އިތުރު ބަަޔަކަށް ފުރުސަތު ނުދިނުމަށެވެ.

ކުރިން ސަރުކާރުން ނިންމާފައި އޮތީ އިތުރު ފަރާތްތަކަށް ފުރުސަތު ދީގެން އިންޓަނޭޓްގެ ހިދުމަތުގެ އަގު ހެޔޮ ކުރުމެވެ.

އެނގިފައިވާގޮތުން އެއިރު ފުރުސަތު ދޭން މަސައްކަތް ކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏަކަށެވެ.

އިންޓަނެޓްގެ އަގުހެޔޮކުރުމަށް ދިރާގާއި އުރީދޫއާއިއެކު ސަރުކާރުން މަޝްވަރާތައް ފެށިތާ ދެ އަހަރު ވެއްޖެ އެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ.

ސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެން ދިޔަ އިރު، އެކަން ވެފައި ނުވުމުން ގިނަބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ދަނީ އަމާޒު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޖަޒީރާވަންތަ ރޯޔަލް ކެހެރިނުފަޅާ ޖަނަވާރު

  އެބިއުސިންގް މޮނޮޕޮލީ ޕަވަރ.. ނޮޓް ސަފްރައިޒްޑް.. ކޮމިއުނިސްޓް ޑިކްޓެޓަރ ސަރުކާރު އިސްތިއުފާ

 2. Happy 786

  ޢަގު ހެޔޮވެދާނެތީ!! ؟؟

 3. އަހުމަދުކަ

  ޅޮސްގަހަކަށް އެއްމެއްވެސް ނުވާނެއެވެ.

 4. މުހައްމަދު

  އެއްމެ ބޮޑު މައްސަލައަކީ އަގާ އެކަށީގެންވާ ބޭންޑްވިތެއް ނުލިބުން.

  • ބުނެލީ

   އެޔޭ އަގުހެޔޮ ނުވެޔެޭ އެބުނާ ވާހަކަޔަކީ.އޯކޭ