މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓް ހަމަހަމަވެގެން ލ. މާވަށުގައި އިންތިޚާބު ނުކުރެވި އޮތް ދެ ގޮނޑީގެ ވޯޓު ލުމުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.

މާވަށުގެ އިންތިޚާބުގައި ނަތީޖާ ހަމަހަމަ ވެގެން ދިޔައީ އާންމު މެންބަރެއްގެ ގޮނޑިއެވެ. ދެން ދެވަނަ ބުރުގެ ވޯޓް ލުން ބާާއްވާފައި ވަނީ މާވަށު ކައުންސިލްގެ ރައީސްގެ ގޮނޑިއަށެވެ. އެ ގޮނޑިއަށް އަލުން ވޯޓް ލާން ޖެހުނީ މާވަށު ނޫން ރަށެއްގެ މީހަކު އެ ގޮނޑިއަށް ވޯޓްލާފައިވާ މައްސަލައެއް ކުރިމަތިވުމުންނެވެ.

މިއަދު އޮތް އިންތިޚާބުގެ ދެވަނަ ބުރުގައި ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ، އެ މަގާމުގައި މިހާރު ވެސް ހުންނެވި އަހުމަދު މޫސާއެވެ. ޕީޕީއެމްގެ ކެންޑިޑޭޓް އަޙްމަދު މޫސާ އިންތިޚާބުވީ އެމްޑީޕީގެ ކެނޑިޑޭޓް އާދަމް ޢަބްދުއްރަޙުމާނަށް ވުރެ އިތުރަށް 26 ވޯޓް ކުރި ހޯދައިގެންނެވެ.

ކައުންސިލްގެ އާންމު މެމްބަރު ކަމަށް ޕީޕީއެމްގެ އިބްރާހީމް އަބޫބަކުރު އިންތިޚާބުވީ އެމްޑީޕީގެ ކެނޑިޑޭޓް ޙަސަން ޝިފާޒަށް ވުރެ 11 ވޯޓް ކުރި ހޯދައިގެނެވެ.

މާވަށު ކައުންސިލްގެ އަންހެނުންގެ ޚާއްޞަ ދެ ގޮނޑިއަށް އިންތިޚާބުވީ ޕީޕީއެމްގެ ދެ ކެންޑިޑޭޓުން ކަމުގައިވާ ހައްވާ އާތިކާ ޢަލީއާއި އާމިނަތު އަމްސޫދާއެވެ. އަދި ކައުންސިލްގެ އާންމު މެމްބަރުކަމަށް ޕީޕީއެމްގެ ސަލްމާން ޢަބްދުއްރަޙުމާން އިންތިޚާބުވެފައިވެއެވެ. މި ގޮނޑިތައް ވަނީ މިދިޔަ ބުރުގައި ކަށަވަރުވެފައެވެ.

މާވަށު ކައުންސިލްގެ 100 ޕަސެންޓް މެޖޯރިޓީ ޕީޕީއެމްއިން ކާމިޔާބުކޮށްފައިވާއިރު އެ ރަށަކީ ޕީޕިއެމްއަށް ތާއީދު ބޮޑު ރަށެކެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި ވެސް މާވަށު ދާއިރާގެ ނަތީޖާ އައިސްފައިވަނީ ޕީޕީއެމްއަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅަވިޔަނި

    އަލްހަމްދުލިއްލާހި ލާދީނީ ބައިގަނޑު އޮޔާލާންޖެހޭނީ ﷲ އިރާދަކުރެއްވިއްޔާ

  2. ޗަކޮއި

    އަދި އެއްފަހަރު ލާންވީނު ވާއެއްޗެއް ބަލާބަން އަޅެ އަދިއެއްފަރުލާބަލަ ލާވަރަ ކަށް ޕޕ ކޮޅަށް ގިނނަވުން ނޫން ކަމެއްނުވާނެ ޕޕއެމް ކުރިހޯދާ ފައިވާ ހުރިހާގޮނޑިއަ ކަށް އަލުން ވޯޓުލުން ކުރިޔަށްގެންދަންވާނީ އަޅެ ހާއިރާނެއްފަހެ މީހަ ކުނުވާނެތަ ބަލަ ނޭނގޭތަ އެއެއްޗެއްގައި ހުރިދިޔައެއް ނޫންތަ އެއެއްޗަ ކުން ނު ކުންނާނީ؟؟؟

  3. އަޙްމަދު ޝިފާން ޢަބްދުލްޢަޒީޒް

    އަލްޙަމްދުލިﷲ. ﷲ އަކްބަރު

    21
  4. ބޭހޮއްކޮ

    އަނެއްކާވެސް ތިވީގޮތުން ވޯޓް ލާންޖެހޭނެހެން ހީވަނީ.