ރާއްޖޭގައި މިހާރު ދޭ އިންޓަނެޓްގެ ހިދުމަތުގެ އަގު އަންނަ ޖުލައި މަހުން ފެށިގެން ހެޔޮކުރަން ނިންމައި، 500 ރުފިޔާއަށް 100 ޖީބީ ލިބޭ ގޮތަށް ހެދުމަށް ސަރުކާރުން ހުުށަހަޅައިފިއެވެ.

"ވަގުުތު"އަށް އެނގިފައިވާގޮތުން ސަރުކާރުން މިގޮތަށް ހުށަހަޅާފައި ވަނީ މިހާރު ހިދުމަތްދޭ ފަރާތްތަކާއެކު މިރޭ ބޭއްވި ބައްދަލުވުމެއްގައެވެ.

މިރޭގެ އެ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް ބަލާއިރު، 5 އެމްބީޕީއެސް ސްޕީޑްގައި 200 ރުފިޔާއަށް 30 ޖީބީ ދިނުމަށާއި، 15 ެއެމްބީޕީއެސް ސްޕީޑްގައި 500 ރުފިޔާއަށް 100 ޖީބީ ލިބޭ ގޮތް ހެދުން ހިމެނެއެވެ.

އަދި 25 އެމްބީޕީއެސް ސްޕީޑްގައި 750 ރުފިޔާއަށް 200 ޖީބީ ލިބޭ ގޮތަށް ހެދުމަށްވެސް ސަރުކާރުން ހުށަހަޅާފައި ވެއެވެ.

މި އަގުތަކަކީ ފިކްސްޑް ބްރޯޑްބޭންޑްތަކަށް ކަނޑައަޅާފައިވާ އަގުތަކެވެ.

މިކަމާ ބެހޭ ގޮތުން ސަރުކާރުން ރަސްމީކޮށް އެއްޗެއް ވިދާޅުވެފައެއް ނުވެއެެވެ.

އިންޓަނެޓްގެ އަގުހެޔޮކުރުމަށް ދިރާގާއި އުރީދޫއާއިއެކު ސަރުކާރުން މަޝްވަރާތައް ކުރާތާ އަހަރުތަކެއްވެގެން ދިޔައިރު، އަދިވެސް އެކަމަށް އެދެވޭ ނަތީޖާއެއް ލިބިފައެއް ނުވެއެވެ.

ސަރުކާރުން މިރޭ ބޭއްވި އިންޓަނޭޓް އަގުހެޔޮ ކުރުމާއި ގުޅޭ ބައްދަލުވުމުގައި ކަމާއި ގުޅުން ހުރި އިދާރާތަކުގެ އިސް ބޭފުޅުންނާއި ޓެކްނިކަލް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ،

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ.

ސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެން ދިޔަ އިރު، އެކަން ވެފައި ނުވުމުން ގިނަބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ދަނީ އަމާޒު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކިޔުންތެރިޔާ

    ސުއްބޫހް. ކަލޯ އިބުރާހީމާ ކޯއްޗެއް ހިއްޕަވައިގެންތޯ މިއޮތް ރޯދަމަހު ބޮޑު މާސިންގާ ދޮގު ތިޔަ ހައްދަވަނީ.

    14
  2. އިންޓަނެޓް ބޮޓް

    ފެއާ ޔޫސޭޖް ޕޮލިސީ ހައްލު ކޮށްބަލަ . އެ ހައްލު ނުކުރާ ހިނދު ، ރައްޔިތުން ފެލަނީތިގެން ހަމަ.

    10
  3. ނަން

    'މި އަގުތަކަކީ ފިކްސްޑް ބްރޯޑްބޭންޑްތަކަށް ކަނޑައަޅާފައިވާ އަގުތަކެވެ''
    ތާހިރެއްނު.....

    13
  4. ޝާން

    750 ރުފިޔާ އަށް 200 ޖީބީ ދިނުމުން އަގުހެޔޮ ވުމުގެ ބަދަލުގަ އަގު ވަނީ ބޮޑު. ސަބަބަކީ މިހާރުވެސް 1490 ރުފިޔާއަށް 420 ޖީބީ ދިރާގުން ލިބޭކަން. 750 ރުފިޔާއަށް 200 ޖީބީ ދިނީމަ 1500 ރުފިޔާ އަށް ލިބޭނީ 400 ޖީބީ.

    15
  5. ދުންމާރި

    ތިޔަ އަގަކީ ވަރަށް ހެޔޮ އަގެއްތަ؟ އަވަށްޓެރި ޤައުމުތަކުގަ އިންޓަރނެޓުދޭ ސްޕީޑާ އަގަށް ނިކަން އަޅާކިޔާލަބަލަ އޭރުން އެނގޭނެ މުވާސަލާތީ ޚިދުމަތް ދީފަ ދިވެހިރައްޔިތުންގެ ލޭ ބޮމުންދާކަން މި ސަރަހައްދުގަވެސް ނެތް މި ޤައުމަށްވުގެ ފޯނުގެ ޚިދުމަތާ އިންޓަރނެޓު ޚިދުމަތުގެ އަގު ބޮޑު ޤައުމެއް ކޮންމެ 03 މަހުން އެފަހަރު އިޢުލާނުކުރާނެ މިތައްސަތޭކަ މިލިއަން ފައިދާވިކަމަށް މި ފައިދާ މިހޯދަނީ ރައްޔިތުން ގޮހޮރު ދަމައިގެންކަމެއްނޭނގޭތަ؟

    17
  6. ޥަަވަަ

    މިތާ ވާނުވާއެއް ނަެގުނު. މިއަހަރު މިއަންނަ އަހަރު ، 2022 މިހެންގޮސް އެންމެފަހުން އަގުހެޔޮވެއްޖެ

  7. ކަލޯ

    500 ރުފިޔާ އަށް ލިބެންޖެހޭނެ އަންލިމިޓަޑް 5 އެމްބީޕީއެސް ގަ.

    13
  8. ނުވާނެ

    ރައްޔިތުން ނުހެއްލޭތި. އަގުހެޔޮ ކުރަނީ އޭ ކިޔާފަ ބޮޑު އޮޅުވާލުމެއް މީ. ރިޔާސީ ވައުދު ނުފުއްދެނީސް މިއޮއް ވެރިކަން ނިމެނީ.

    14
  9. ބޯގޯސް

    ފައްސަތެކަ ރުފިޔަ ނިކަ މެތިީހާއައް ލިބިގެންތާ 100 ޖީބިވެސް ލިބޭނީ ތިއޮތި މުއްސަނދި މިހައައް ރަނގަލުގޮތް ހަދާދީފަ

    11
  10. ޕުޗުސް

    ކޮން އަހަރެއްގެ ޖުލައި މަހެއްތޯ؟ 2035؟

    13
  11. ީމުހައްމަދު

    ހެޔޮނުވާނެ އަގުހެޔޮނުކުރޭ. އަޅުގަނޑުމެންގެ ޖޮބް ގެއްލޭނެ.

    4
    1
  12. ޅަބޭ

    އެއްވެސް ވޯޓެއް ތާއީދެން އިތުބާރެއް އިލްމެއް ހިލްމެއް މަސައްކަތެއް ނޭގޭ މައްކާނެއް ރައްޔިތުންގެ ވޯޓައް އެދި ސަލާންޖަހަނީ. ކޮން އިންޓަނެޓެކޭ ކިޔާކައްތަ ލަދެއް ނެތިގެން. ހޭލާ ގޮތައް އިސްތިއުފާ ދީބަލަ.

  13. ނިދާއު

    5 ރުފިޔާއަށް 1000 ޖީބީވެސް ހެދިދާނެ! ދެން ވާނޭގޮތަކީ ފާސްޓްކަމުން ހަލާނުލާނީ! މިހާރު 300 ރުފިޔާއަށް ލިބޭ 10 ޖީބީގެ ހާލަކީ މީއިރު ދެން އަދި ވާނޭ ޙާލަތެއްވެސް ނޭގޭ!

  14. ބަކުރު

    ފުވައް އަގުހެޔޮކުރަން ފެނޭ..

  15. ބަކުރު

    ކޮންމެ ކަމެއްގައި ގައިވެސް އޮޅުވާލުންތަކެއް...
    ހުސްމަޑި.. ހުސްމަޑި...