22:53

ކޮވިޑް-19 އަށް މިއަދު ފައްސިވި މީހުންގެ އަދަދު އަދި ހާމައެއް ނުކުރޭ. ފައްސިވި މީހުންގެ އަދަދު ހާމަކުރުން ލަސްވާ ސަބަބެއް އަދި ސާފެއް ނުވޭ.

21:49

ކޮވިޑް ފެސިލިޓީއެއްގައި އެޑްމިޓް ކުރާ މީހުންނަށް ކާންނުދޭ މައްސަލައެއް ފެންމަތިވެއްޖެ.

20:27

އއ. މަތިވެރިން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވެ، ޖުމްލަ އަދަދު 232 އަށް އަރައިފި

18:41

ކޮވިޑް-19ގެ ގިނަ ވޭދަނަތައް ފެނި އަރާ ފޭބުން މަނާކޮށްފައިވާ ގދ. ތިނަދޫގައި ރެސްޓޯރެންޓްތައް ބަންދުކޮށް، އިތުެު ފިޔަވަޅުތައް ވަރުގަދަކޮށްފި.

ކޮވިޑް-19 ގެ ނުރައްކަލުގައި ރާއްޖެ އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. މި ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށިފަހުން އެންމެ ނުރައްކާ ބޮޑުވެފައިވަނީ މާލެ ސަރަޙައްދަށެވެ. އެހެން ނަމަވެސް ފަހަކަށް އައިސް އަތޮޅުތެރެއިން ފައްސިވާ މީހުންގެ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. އަތޮޅުތެރެއަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑު ރާޅެއް އަރަމުން މި ދަނީ މި ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިލިބިދީފައި ވަނިކޮށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރަށް ހިފެހެއްޓުމެއް ނައިސް ބަލިމަޑުކަމުގެ ބޮރު އިތުރުވަމުން އަންނަނިކޮށް އިއްޔެވެސް އަތޮޅު ތެރެއިން ބަލީގެ އާ ވޭދަނަތަކެއް ވަނީ ފެންމަތިވެފައެވެ. މިގޮތުން މިވަގުތު އެންމެ ހާލަތު ގޯސްވެފައިވާ އެއް ރަށް ކަމަށްވާ މަތިވެރިން އިއްޔެ އިތުރު 24 މީހަކު ފައްސިވި ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ.

ހަމައެހެންމެ މާފުށިންވެސް އިތުރު ބަޔަކު އިއްޔެ ފައްސިވެ، އެރަށުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 300 އަށްވުރެ އިތުރުވެފައެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ހއ. ދިއްދޫން ފްލޫ ކްލިނިކަށް ދިޔަ މީހަކު އިއްޔެ ފައްސިވުމާއެކު އެރަށުގެ މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައި ވެދާނެކަމުގެ ބިރު ވަނީ ބޮޑުވެ، މިހާރު އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސް އަރައި ފޭބުން މަނާކޮށްފައެވެ.

ހަމަ މިގޮތަށް އިއްޔެ އައްޑޫ ސިޓީ ހިތަދޫ ފްލޫ ކްލިނިކަށް ދިޔަ ފޭދޫ މީހަކުވެސް ކޮވިޑަށް ފައްސިވެ، އެ ސިޓީގައި ބަލި ފެތުރިފައިވެދާނެކަމަށްޓަކައި މިހާރު ވަނީ ފުރަބަންދުކޮށްފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް ހުރީ ރެކޯޑް މިންވަރެއްގައެވެ. މިގޮތުން އިއްޔެ އެކަނިވެސް އިތުރު 402 މީހަކު ފައްސިވިކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މީގެ ތެރޭގައި އިއްޔެ އެކަނި އަތޮޅު ތެރެއިން ފައްސިވި 179 މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 30،000 އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް ޖެހިގެން 5221 މީހަކަށް ފަރުވާދެމުން އެބަދެއެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދުތައްވެސް ވަނީ މި އަހަރު ފެށިފަހުން އިތުރުވާން ފަށާފައެވެ. މިގޮތުން އިއްޔެ 39 އަހަރުގެ މީހަކު ހިމެނޭހެން ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 74 އަށް އަރާފައެވެ.

ރާއްޖޭގެ ރަށްރަށުގައި ކޮވިޑް ފެތުރޭތީ 22 ރަށަކަށް އަރާ ފޭބުން މިވަގުތު މަނާކޮށްފައި އެބައޮތެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް ތިރީގައިވާ "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަހީ

    އެއޮއް ކާށިދޫ އިންވެސް ޕޮސިޓިވް ވަނީ

  2. ކަޅެ ހުތާ

    ހަވަރު ތިނަދޫ ބިގަރު ކައުނަސިލުން ހީ ކުރަމުން އައީ ދެއަތް ފުޅަކޮއްފަ މީހުން ކައިރީ ކޮލޮސްޓްޓޯލް ގިނައިން ކާށޭ ކިޔާފަ ފޭސްބުކުގަ ލިޔުންތަށް ލިޔުމަކީ ހަވަރު ތިނަދޫގަ ކޮވިޑުން މިންޖުވާން ކުރަން ޖެހޭ ހުރިހާކަމެއަ ކޮއްނިމުނީކަމަށް

  3. ސީނު

    ކެރަފާ ކާފަރޭގެ ރޭވުމުގެ ދަށުން ގަސްތުގަ އަތޮޅު ތެރެއައް ބަލި ފަތުރާލީ.

  4. އަޖުވަދު

    މި ކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމް.ޑީ.ޕީ އިން. ކެމްޕޭނަށް އެޅި ދަތުރު ތަކުގެ ހިތި ނަތީޖާ މި ފެންނަނީ

  5. ހާލުފޮޅި

    ނުރައްކާގެ ރާޅު ބޯމަތިވެ ރަށުތެރެއަށް ބިންދާލާއިރުވެސް އަތޮޅުތެރޭ ރަށްރަށު ރައްޔިތުން އުޅެނީ އީދު ފާހަގަކުރަން ދަނޑިޖެހުމާ ލަވަ ޕްރެކްޓިސް ކުރުމުގަ..

  6. އިންޑިއާ ލޯބީ

    ހަމަ ކަނޑައެޅިގެން އެގި ތިބެ އަތޮޅު ތެރެއަށް ފަތުރަނވެގެން އިންޑިއާ މަސައްކަތްތެރިންނަށް ރަށްރަށަށް އާދެވޭގޮތް ހަދައިގެން ފަތުރާލީ. މުޅި ދުނިޔޭގަވެސް އޮތީ ރާއްޖެ އެކަނި އެމީހުން އައިސް ކަރަންޓީން ވެވޭގޮތަށް. ބޭނުން ވާވަރަށް ފެތުރުނީމަ ރަށްރަށް ބަންދުކުރަންވީ.