އިންޓަނެޓްގެ ޚިދުމަތުގެ އަގު ހެޔޮކުރުމާއި މެދު އަދި ސީދާ ގޮތެއް ނުނިންމޭ ކަމަށް އިކޮނޮމިކް މިނިސްޓަރ، ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ފައްޔާޒް މިގޮތަށް ވިދާޅުވީ، އިންޓަނެޓްގެ އަގު ހެޔޮކުރުމާއި ގުޅޭގޮތުން މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

މިރޭ ކުރެއްވި ޓްވީޓުގައި މިނިސްޓަރ ވިދާޅުވީ، އިންޓަނެޓްގެ އަގުތަކާއި ގުޅޭގޮތުން މީޑިއާތަކުން ފަތުރަމުންދަނީ ސައްޚަ ޚަބަރުތަކެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭގޮތުން ޓެކް އިންޑަސްޓްރީ އާއި އިންޓަނެޓްގެ ވަސީލަތްތައް ފޯރުކޮށްދޭ ފަރާތްތަކާއެކު މަޝްވަރާކުރާތާ މިހާރު ދެ މަސް ވެފައިވާ ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ، އިންޓަނެޓްގެ އަގު ހެޔޮކުރުމާއި ބެހޭ މަޝްވަރާތައް ކުރެވުނުނަމަވެސް އަދި މިކަން ސީދާ ކޮޅެއްގައި ނުޖެހޭ ކަމަށެވެ. ނަމަވެސް އިންޓަނެޓްގެ އަގުތަކަށް ކައިރި މުސްތަޤުބަލެއްގައި ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، 500 ރުފިޔާއަށް 100 ޖީބީ ލިބޭ ގޮތަށް ހެދުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ދަނޑިވަޅެއްގައެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން ސަރުކާރުން މިގޮތަށް ހުށަހަޅާފައި ވަނީ މިހާރު ހިދުމަތްދޭ ފަރާތްތަކާއެކު މިރޭ ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި 5 އެމްބީޕީއެސް ސްޕީޑްގައި 200 ރުފިޔާއަށް 30 ޖީބީ ދިނުމަށާއި، 15 ެއެމްބީޕީއެސް ސްޕީޑްގައި 500 ރުފިޔާއަށް 100 ޖީބީ، ފިކްސްޓް ބްރޯޑްބޭންޑްޓަކަށް ކަނޑައަޅާފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ނަމަވެސް މި މަޝްވަރާތަކާއި ބެހޭ ގޮތުން ސަރުކާރުން ރަސްމީކޮށް އެއްޗެއް ވިދާޅެއް ނުވެއެވެ.

އިންޓަނެޓްގެ އަގުހެޔޮކުރުމަށް ދިރާގާއި އުރީދޫއާއިއެކު ސަރުކާރުން މަޝްވަރާތައް ކުރާތާ އަހަރުތަކެއްވެގެން ދިޔައިރު، އަދިވެސް އެކަމަށް އެދެވޭ ނަތީޖާއެއް ލިބިފައެއް ނުވެއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ. ސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެން ދިޔަ އިރުވެސް އެ ވަޢުދު ފުއްދިފައި ނުވުމުން ގިނަބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ގެރިމަސް

  ނުވާނެ އެއްކެމެއްވެސް.. މި ސަރުކާރު އޮތީ ބޮޑުތަނުން ރޭޕާ ވައްކަމަށް ފައްސިވެފަ

  19
 2. ކައްބެ

  ބޯގޯސް ރައީސެއް މިގައުމުގަހުރީ އިސްތިއުފާދީފަ ގެޔަށްދޭ ގައުމުގެވެރިކަންކުރަނީ މަކަރުހަދައިގެން ކުރި ހުވަޔަކާ ދިމަލެއްނުވޭ.

  13
 3. ޟުލޤ

  ޓެލެކޮމް ޤާނޫނަށް އިސްލާހެއް ހުށަހަޅާބަލަ އިންޓަރނެޓަކީ އަސާސީ ޚިދުމަތެއްކަމަށާއި އިންޓަނެޓް ރާއްޖޭގައި އެންމެނަށް ލިބެންޖެހޭނެ އެންމެ ދަށް މިނގަޑަކީ 25 އެމްބީޕީއެސްގައި ކަމަށާއި އިންޓަނެޓްގެ ދުވެލި ތްރޮޓްލް ކުރުމަކީ ކުށެއްކަމަށް.

  މާގިނަ ވާހަކަނުދައްކާ މަޖިލީހަށް ހުށަހަޅާބަލަ ސަރުކާރުން އިހުލާސްތެރިކަމެއް ހުރިނަމަ.

  26
 4. ވިސްނާ

  މަލީހުއައްވެސް ނުވިކަމެއް، އެންމެފަހުން ބޭރުކުރަންޖެހުނީ، މިހާރު ހުރި ބެފުޅާ ތިކަން ނުވަންޏާ...

  11
 5. ވިދުވަރު

  ތިކަމެއް ނުވާނެ! އަންނި ވެރިކަމަށް އައިސްފައި ފުރަތަމަ ކުރިކަމަކީ، ދިރާގު ގައި އޮތް ރައްޔިތުންގެ ހިއްސާ އިނގިރޭސި ކުންފުންޏަކަށް ވިއްކާލި! މިހާރު މޮޅުތަކެއް ވެއްޖެއްނު! ޕްރައިވެޓައިޒޭޝަންގެ ނަމުގައި ކުރި މޮޅުކަމަކުން ރައްޔިތުން އަށް މިއޮތީ މިކަމުން ބޮޑު ތުރާލަކަށްވެފައި.

  26
 6. Happy 786

  އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ... ހޮޅި ވައުދު! 🤭

  13
 7. އަހަންމަދު

  ތިއެގިގެންދިޔައީމަލީހުގެމަސްއަލައެއްނޫންކަން! ރައީސްސޯލިޙްގެމަސްއަލައެއްކަން!، ވީމާމަޤާމުންދުރުކުރަންމިޖެހެނީކާކުކަންއެގިއްޖެ!

  14
 8. ރާއްޖެ

  އިތުރު ބަޔަކަށް ފުރުސަތު ނުދޭގޮތަށް ނިންމާތީ ހުރިހާވެސް މައްސަލަޔަކީ...އެހެން 2 ފަރާތަކަށް ފުރުސަތު ދީބަލަ..އޭރަށް މި ހުރިހާދުވަހު ދިރާގުން ބޮމުން އެދާ ރައްޔިތުންގެ ލޭ ބުއިން ހުއްޓިދާނެ..

 9. ހޯރަ

  ބަލަ ތިޔައީ ފައްޔާއްޒުގެ މައްސަލައަކީ. ސަރުކާރުން ރައްޔިތުންނަށް ވަރަށް ސަޅި އުންމީދެއް ދީދީ ހުއްޓާ އަނެއްކާވެސް ރައްޔިތުން ތިޔަ ނާ އުންމީދުކޮށްލީ. ބުރޯވެސް ބުނަންވާނީ ސަރުކާރުން ވަރަށް އަވަހަށް އެކަން ނިންމާ އިޢުލާންކުރާނޭ.

  ތިޔަކަހަލަ ކަންތައްތަކާ އަންނި ރުޅި އަންނަނީ ބުރޯދެކެ

 10. އާދަންބެ

  މިވަރު ކުޑަ ކުޑަ ރިޔާސީ ވައުދެއް ފުއްދަން 3 އަހަރު ނެގީމަ ދެން ..

  3
  1
 11. ވިސްނާލުމަށް އެދެމޭ

  ސަރުކާރުން އެއްޗެވި ދާޅުނުވިޔަސް ވަގުތުނޫހުން ބުރޭކިންގ ޙަބަރެއްގަގަނައެއްނުން.. ސަރުކާރަކީ ހެޑްލައިން ސަރުކާރެއް..މީޑިޔާގަ މިޙަބަރުފެތުރީ ސަރުކާރުން ބޭނުންވެގެން އެހެންނޫނީ ބޭނުމެކޮބާ. ސަރުކާރުން މިހަބަރުފަތުރާފަ ފަހަތުން ރޭގަ ކޮއްމެވެސް އެހެންކަމެކޮއްފަ ނިންމާފަައޮންނާނެ..

 12. އަލިބެގެ އަލީ

  ރަތްޔެތުން ގުނބޯހައްދަނީ 1މިނެޓްވާހަކަދައްކާލާއިރަށް 99.99ލާރި މިވެސް 1ރުފިޔާނުނަގާކަމަށްހަދަންވެގެން ދުނިޔޭގަވެސް ނެތް މިައަށްވެރެން އިންޓަރނެޓް އަގުބޮޑުގައުމެއް ވެރިކަމަށްއަރަންވީމަ ދޮގު ހުވަޔާއި ދޮގު ވައުދުވާންފަށާނެ މިހާރު އެބުނަނީ މިނިމަމްވޭޖަށްވުރެން މާރަނގަޅުވާނެ މާލެ ރަތްޔެތުންގެ ގެދޮރުގެ ކުލި ކުޑަކުރީމަ މިމީހުންނަށް މާލެ ރަތްޔެތުންގެ ގެދޮރުގެ ކުލި ކުޑަކުރެވޭނީ ކޮންގޮތަކަށްތޯ ނޫނީ ކޮންބާރެއްތޯ އޮތީ މީ %100 ނުވާނެކަންތައްތަކުގެ ވާހަކަ ކޮބައިތޯ ވެރިކަމަށްއަންނަންވެގެން ވީ ވައުދުތައް މަނިކުފާނު ހަނދާންފުޅުނެތުނީތޯ

 13. ހުސާމް

  މިހާރުވެސް އަގުހެވޭ ބޮޑުތަނުން އަގުހެޔޮ ކޮށްފިއްޔާ ސަރުކާރަށް ލިބޭ ފައިސާގަޑު މަދުވެދާނެ، ބޮޑުންނަން އިންޓަނެޓް އާއި ކޯލް ފުރީވީމަ ބަޑު އަކިރިގަޑު ނެޓް އަގުބޮޑުވެގެން އުޅުނަސް ބޮޑުންނަން ކީއް ކީއް.

 14. Ahmed

  ބު ރާންޗާ. ކީކޭ ތަ ކިޔަން ތިއުޅެނީ. އަގު ހެޔޮ ކޮށްބަލަ

 15. އެމަންޖެ

  މަނިކުފާން އިށީންދެ ތިއިންނެވި ގޮނޑިފުޅުންވެސް ތިކަން ވަރަށް ފުރިހަމައައް ދޭހަވޭ.

 16. ނަން

  ރާއްޖޭގެ އައިއެސްޕީ ތަކާއި ޤައުމުގެ އައި ސިޓީ ޓެލެކޮމް ޕޮލިސީ ހެދި މީހުން ވަނީ ފެއިލް ވެފައެވެ. ވިސަނަރީ އިން ނެތެވެ. ދިރާގު އުރީދުއިން ނުވަތަ ޤައުމުން މި ތަނަށް ޑޭޓާ ސެންޓަރު ތައް ގެނެސް ސަބްމެރިން ކޭބަލަ ގެނާ ނަމަ މި ކަން ހައްލުވީސް އެވެ. މި ކަން ކުރަން ފަޅުތަށް އޮފާރ ކޮއް ހެދި ނަމަ މިހާރު ހުންނާނީ އިންޓަނެޓް ރަގަޅު ބެކްބޯން އަށް ވެފައެވެ. މިހާރު ދެން ކޮންމެހެން ކޭކް ފަޅާއިރު މޮނޮޕަލީ ތަކަށް އެޅޭ ބައި މަދުވާތީ އެހެން އޮޕަރޭޓަރުން ހުރަސް އަޅާނެ ކަމެއް ނެތެވެ. މި ޤައުމަށް ބޭނުން ވަނީ މިހާރު ސްޓާލިންކ ކަހަލެ ހިދުމަތެކެވެ. ކޮންމެ ރަށެއްގައި ޓަވަރު ބަހައްޓާ މަގު ކޮނެ ފައިބަރ ނުވަތަ ކޮޕާ ކޭބަލް ވަޅުލާ ކަށް ނުޖެހޭނެވެ. އަދި ވެސް އިހުލާސް ތެރިކަމެއް އޮތީއާމު ސްޓާލިންކް އަށް އެޕުރޯޗުކޮއް އެމީހުންނާއެކު ޓެކްސް އައި މޮނިޓަރިން (ސެންސަރ ކުރަންޖެހޭ ސައިޓް ކުރާ ގޮތަށް، ނޫނީ ރަސްމީ އިދާރައަކުން ދޭން ބުނާ މައުލޫމާތެއް ދޭގޮތަށް) މެކޭނިޒަމް އަކާ ނެގޯސިއޭޓް ކޮއް މިޤައުމަށް ހިދުމަތް ފެށެތޯ ބަލާށެވެ. ޤައިމުވެސް އަގުހެޔޮކޮއް ވަކިރެށެއް ކަނޑެ ފަޅެއް، ދޯންޏެއް، ބޯޓެއް ބޮއްކުރައެއް ތަފާތު ކުރުމެއް ނެތި އިންޓަނެޓް ލިބުނީއެވެ. ކޮންމެ މީހަކުވެސްް ކުޑަ ޑިސް އެއް ނަގައިގެން އިންޓަނެޓް ލިބުނީއެވެ. ތި މީހުންގެ އިންޓަނެޓް ވައުދު ފުއްދުނީއެވެ. ސްޓާލިންކ ބުނެފަ އެބަހުރި ޤައުމު ތަކާ ގުޅިގެން އިންޓަނެޓް ދޭން ބޭނުން ވާހަކަ. މި ފުރަސަތު ނަގާނުލާ. މިކަން ނުވެއްޖިއާމު ބަލާނީ މިހާރު ހުރި އޮޕަރޭޓަރުން ކައިރިން ފައިސާނަގާގެން ކޮރަޕްޓް ޑީލް ހަދާ ރައްޔަތުން ނަށް ޖެއްސުން ކުރާ ކަމަށްށެވެ.

 17. 19 އެޖެންޑާ

  ދުވަހަކުވެސް ގޮތެއް ނުނިންމޭނެ...ތެޅިތެޅި ހުޅުބު ދާނީ..އެންވެރިކަމާއި މަސްވެރި ކަމާއި މޫސުމީ މައްސަލަތަކުގެ ހައްލަ ކަށް އެޖެންޑާ 19 ވެސް ހެދި...ހައްހައް..