ފ.ފީއަލިން ކަރަންޓީނުގައި ނެތް ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

”ވަގުތު“ އަށް އެނގިފައިވާ ގޮތުގައި އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ވަކި ތަރުތީބެއް ނެތި އެރަށު ތެރެއިން ނެގި ސުންކުތަކުގެ ތެެރެއިން ހަތަރު ސުންކެވެ.

ފީއަލިން ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވީ ނަމަވެސް، އެރަށުން މީހުން އަރާފޭބުން އަދި މަނާ ކޮށްފައެއް ނުވެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ވެސް ފީއަލީގައި ކަރަންޓީނުގައި ތިބި 8 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ފީއަލިން ކޮވިޑް ފެނުމާއި އެކު އަތޮޅު ތެރޭގައި ކޮވިޑް ފެތުރިފައިވާ ރަށްތަކުގެ އަދަދު ވަނީ 24 އަށް އަރާފައެވެ.

މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު އަތޮޅުތެރެއިން ފައްސިވާ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރާއްޖެ އިން ކޮވިޑް ފެނުނުތާ އަހަރެއްހާ ދުވަސް ފަހުން އަތޮޅުތެރޭގެ ހާލަތު މިހައި ވަރަށް ގޯސްވާން މެދުވެރިވި އެއް ސަބަބަކީ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބަށް އެޗްޕީއޭ އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒޫނާ އަބްދުލް ވައްޙާބު

    ސާބަހޭ.. މައިމުނާ ދައްތާ....... މަގޭ ސުވާލަކީ ކޮބޭހޭ މީގެ ކުރިން ރާއްޖޭގައި ފެތުރޭ ހުމާ ، ރޯގާ ތައް މިހާރު ހުސްކޮވިޑް އެހެން ބައްޔެއް ނެތް ....ޓެސްޓް ކޮށްލާއިރަށް ޕޮޒިޓިވް ވެފައި ހުންނަނީ