ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިއަދު ކްރިމިނަލް ކޯޓުން ނިކުންނަވަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކްރިމިނަލް ކޯޓުން ނިކުންނަވަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލާން ކްރިމިނަކް ކޯޓުން އިއްވި ޙުކުމް ލިޔުނީ ފަނޑިޔާރު ނޫން ކަމަށާއި އެޙުކުމް ލިޔުނު މީހާ އެނގޭ ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީއެއްގައެވެ.

އެސިޓީގައި އަދީބު ވިދާޅުވީ ނަޝީދުގެ މައްޗަށް ޙުކުމް ކުރެވުނީ ސަރުކާރުގެ ރޭވުމާއި ނުފޫޒުގެ ތެރެއިންކަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އަދީބު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ހުކުރުމަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކު ލިޔުނު ހުކުމެއް ނޫން ކަމަށާއި ހުކުމް ލިޔުނު ފަރާތް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. ރައީސް ނަޝީދުގެ މައްސަލައިގައި "ފުރަތަމަ ޑްރާފްޓް ކުރެވުނު" ހުކުމުގައި އޮތީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްކޮށް، ހުކުމް ތަންފީޒް ކުރުން 3 އަހަރު ދުވަހުގެ މުއްދަތަކަށް ފަސްކުރާ ގޮތަށް ކަމަށް އަދީބު ވިދާޅުވިއެވެ. ނަމަވެސް، އެ ހުކުމުގެ ލިޔުމަށް ބަދަލު ގެނައީ ކޮންފަރާތެއްގެ އަމުރަށް ކޮން ފަރާތަކުން ކަންވެސް އެނގިވަޑައިގަންނަވާ ކަމަށް އަދީބުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"މިގޮތުން، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ހުކުމަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކު ލިޔުނު ހުކުމެއް ނޫންކަމާއި، އެ ހުކުމް ތައްޔާރު ކުރި ފަރާތް ވެސް އަޅުގަނޑަށް އެނގެ އެވެ. އެ މައްސަލައިގައި ފުރަތަމަ ޑްރާފްޓް ކުރެވުނު ހުކުމުގައި އޮތީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްކޮށް، އެ ހުކުމް ތަންފީޒްކުރުން 3 އަހަރު ދުވަހުގެ މުއްދަތަކަށް ފަސްކުރާ ގޮތަށެވެ. އެހެންނަމަވެސް، 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާ ގޮތަށް، އެ ހުކުމުގެ ލިޔުމަށް ބަދަލު ގެނައީ ކޮންފަރާތެއްގެ އަމުރަށް ކޮން ފަރާތަކުން ކަންވެސް އަޅުގަނޑަށް އެނގެ އެވެ." އަދީބު ވިދާޅުވެފައިވެ އެވެ.

އަަދީބު ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށާއި، މުޅި އަދުލުއިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއްކަން ސާބިތުވާނޭ މައުލޫމާތު އެމަނިކުފާނުގެ އަތްޕުޅުގައި އެބަހުރި ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ހާމަކުރެއްވުމަށް ފުރުސަތު ދީފިނަމަ ސުޕްރީމް ކޯޓުގައި އެކަން ސާބިތުވާނޭ މިންވަރަށް މައުލޫމާތު ހުށަހެޅުމަށް ތައްޔާރަށް ހުންނެވި ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ.

"ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ، އެ މައްސަލަ ބެއްލެވި ފަނދިޔާރުންނަށާއި، މުޅި އަދުލުއިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއްކަން ސާބިތުވާނޭ މައުލޫމާތު އަޅުގަނޑު އަތުގައި އެބަހުއްޓެވެ. މިކަމާ ގުޅޭ މައުލޫމާތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހާމަކުރުމަށް އަޅުގަނޑަށް ފުރުސަތު ދެއްވައިފިނަމަ އެކަން ސާބިތުވާނޭ މިންވަރަށް މައުލޫމާތު ހުށަހެޅުމަށް އަޅުގަނޑު ތައްޔާރަށް ހުރި ވާހަކަ ދަންނަވަމެވެ." އަދީބު ވިދާޅުވެފައިވެ އެވެ.

"ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރެވުނީ ސަރުކާރުގެ ރޭވުމާއި، ނުފޫޒުގެ ތެރެއިންކަން އަޅުގަނޑު ދެނެހުރީމެވެ. އަޅުގަނޑަށް އެ މައުލޫމާތު އެނގެނީ އަޅުގަނޑަކީ އެއިރު ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ކަމަށްވެފައި، ސަރުކާރުގެ ވަރަށް ގިނަ ކަންކަން ހިނގަމުން ދިޔައީ އަޅުގަޑުގެ އެނގުމުގެ ތެރެއިން ކަމަށްވާތީ އެވެ." އަދީބުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އަދީބު ވިދާޅުވީ ނަޝީދުގެ މައްޗަށް ޙުކުމް އިއްވީ ކާނަލް ނާޒިމްގެ ދިފާޢުގައި ނަޝީދު ނިކުމެ ވަޑައިގެންނެވުމުންނެވެ.

"ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރެވުނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ހައްޔަރުކުރެވުމާ ގުޅިގެން، ރައީސް ނަޝީދު އިސްވެ ހުންނަވައި ނާޒިމްގެ ދިފާއުގައި ސިޔާސީ މަސައްކަތްތައް ފެއްޓެވުމުން، އެކަން ނިމުމަކަށް ގެނެއުމަށް ކަންވެސް އަޅުގަނޑަށް އެނގެ އެވެ." އަދީބު ވިދާޅުވެފައިވެ އެވެ.

ADS BY THE PIZZA MANIA

އަދީބު އުއްތަމަ ފަނޑިޔާރަށް މިފަދަ ސިޓީއެއް ފޮނުވާފައި ވާއިރު ކާނަލް ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު މައްސަލައިގައި ވެސް އަދީބު ވަނީ އުއްތަމަ ފަނޑިޔާރަށް ސިޓީއެއް ފޮނުވާފައެވެ.

73 ކޮމެންޓް

  1. ހުކުމުލިއުނީ އަދީބުއެްނު

  2. ކުއްވެރިން ކޮންމެވާހައެއްވެސް ދަށްކަފާނެ އެހެރީނު ޤާޒީ ހައްޔަރުކުރިމީވެސް ދަށްކަވާހަކަ ދެންއެހެންމީހުންގެ ބޮލަށްކަޑަން އުޅޭނެކަމެއްނެތް

  3. އަދީބަށް އަދަބުދޭންވީ 15 ފަހަރަކަށްވެސް ނޫނެވެ. އޭނަގެ ބޮލުގެ ކޮންމެ އިސްތައްޓަކަށް އަދަބުދޭންވީއެވެ. ގައުމު ފަސާދަކުރާމީހުންނަށް އެވަރުވެސް މަދެވެ.

  4. ދޮގެއްތަ މީ؟

    ތީ އާ ވާހަކައެއް ނޫނެއްނު. ކަލޭ ގައްބަރުސިންގ ހެދިފަ އުޅުނު ދުވަސްކޮޅު މި ގައުމުގައި ހިނގިހާ ޖަރީމާއެއް ހިންގި މީހަކީ ކަލޭކަން ނުދަންނަނީ ކާކު؟

  5. ކާނަލް ނާޒިމްއަށް އާއި އަދީބުގެ މަޤްބޫލުކަން ރައީސް ޔާމީން އަރިހުގައި އުފުލެމުންދިޔައީ އެއް މިންވަރަކަށް.އެހެންވެ ގައުމުގެ ނައިބްގެ މަގާމުން ޑރ.ޖަމީލް ބޭރުކުރުމުގައިވެސް ހުރީ އަދީބް.ކާނަލް ނާޒިމް ފުރޭމް ކުރުމުގައިވެސްހުރީ އަދީބް.ރައީސް ނަސީދު ޖަލަށް ހުކުމް ކުރުމުގައި އަދީބްގެ ހިއްސާ މާ ބޮޑުވާނެކަމަށް ގަބޫލުކުރެވޭ.އަދީބް ބާރުތައް ލިބުނު ދުވަހު އުޅުނީ ހާދަ ވެފައޭ...ކޮންމެ ކަމަކަށް ފެށުން އަންނަ ފަދައިން ނިމުންވެސް އަންނާނެ....

  6. ތިޔަ ޙުކުމް ލިޔުނު މީހުން އަހަރެމެންނަށް އެނގޭ! އެއީ މައުމޫނާ ، އަދީބު

  7. ރާއްޖޭގައި އަދީބު ތިބުނާގޮތުން ކަލޭ ޖަލަށް ލުމާއި ހަމައަށް ހިނގި ހުރިހާ ޖަރީމާއެއްގެ މޭސްތެރިއަކީ ބުރޯ ކަން ޝައްކެއްނެތްވަރަށް އެބަ ސާބިތުވޭ... 33 އަހަރު 66 އަހަރަށް ނުވަނީސް މައިތިރިވެ އޮވެބަލަ... ފުރުސަތު ދިނީމަ ބުރޯ ހުރީ ހަނު... ދެން މިހާރު ކީކޭ ތިކިޔަނީ.... ވ.ސަލާމް ދުއާއަކީ ތިހެން ތެޅި ހުރުން

  8. ވިސްނުން ވަރައްމޮޅު ބޭނުމަކީ މިސަރުކާރު ވައްޓާލުން ހެދުނު ދޮގެއްހަދައިގެންވެސް މިސަރުކާރު ބަދަލު ކުރެވިގެން ނޫނީ މިޥެރިންނަށް ޖަލުން ސަލާމަތް ވުމުގެ ފުރުޞަތެއްނެތް ނޫނީޖެހެނީ ރާއްޖެއަށް އަލްވަދާއުކިޔަން އެވެސް ދޮގެއްހަދައިގެން މިމީހުންގެ މި ދޮގު ވެރިކަމުގެ މަޅީގައި ރަޔިތުން ނުޖެހުމަކީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމުގައި ދަންނަވަން މިސަރުކާރުން ރައްޔިތުންނަށްތަކައި ގުރުބާންވާއިރު ރައްޔިތުންވެސް ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރުން ރަނގަޅު

  9. ތި ލިޔުއްވާ ބަޔާންތައް ގަބޫލު ކުރައްވާނީ ވެރިކަމުގެ ދަހިވެތި ކަމުގެ އުޅޭ މީހުންނާއި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވި މީހުންނާއި ސަރުކާރައް ދައްކަށްޖެހޭ ފައިސާ ނުދައްކައިޥޭތޯ އުޅޭމީހުންނެވެ. މިކަމުގައި މަތީމަގާމުތައް ބޭނުންވާ ފަރަތްތައްވެސް ގަބޫލުކޮއް ކަރުގެ މައިނާރު ވާންވާވަރަށް އަޑުގަދަ ކުރާނެ އަދި ރައްޔިތުމީހާވެސް ސިކުނޑިން ގަބޫލު ނުކުރިޔަސް އަންގައިން ގަބޫލު ކުރާ ބަޔަކު އުޅޭކަން ފާހަގަ ކުރެވޭ ހު

  10. އަލިބިޔާއްކަލޯ

    ކަލޯ މޮޔަނުގޮވާ
    ކަލޯއަށް ހީވަނީތަ ނަޟީދު ވެރިކަމަށް އައިސް ކަލޯ ދޫކޮއްލާނެކަމަށް؟
    ނުވާނެތިކަމެއް ހަމަހިލާ ނުވާނެ
    ވެރިކަންބަދަލުވެގެން
    އަށްނަ ވެރިޔަކު ކަލޯ ދޫކުރިޔަސް
    އަހަރުމެން ކަލޯ ދުލެއްނުކުރާނަމޭ-
    އިނގޭތޯ ބުރޯ👹👹👹👹👹

  11. އާދަމް ޒާހިރު

    ރަގަޅު ހުރިހާ ހުކުމެއްވެސް ލިޔާނީ ޤާޒީގެ ސެކެއްޓްރީ އެބުނީ ރަނގަޅު ވާހަކައެއް

  12. އަބްދުލޯ ޟާހިދު( އެންޑީޕީ)

    އަޅުގަނޑުމެން ނަށްވެސް އިގޭ ޖަލުގަ އޮވެގެންވެސް ސިޓީ ބަޔާން ނެރޭ ގޮތައް ހުކުންވެސް ލިޔެވޭނެކަން... ހިތާމަހުރި

  13. މީގެން އެގުނީ އަދީބު ދޮގުހަދާކަން

  14. އަހަރެންނަމަ ބުނާނީ ނަޝީދަށް ހުކުމްކުރީ ފަނޑިޔާރެއްނޫނޭ، އަދި ފަޑިޔާރުގެއަކުން ވެސްނޫނޭ! ދެން މިކަހަލަ ވާހަކަ ދެއްކީމަބެސް އަޑުއަހާކަހަލަ މީހުން މިދިވެހި ފަސްގަޑުގަވެސް އުޅޭނެ!

  15. އަދީބު އެއިރުއޮތް ބާރާއި ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރައްވައިގެން، ނާޒިމަށާއި، ނަޝީދަށް އަނިޔާދެއްވާފައި، މިއަދު ތިމާ ސަލާމަތްނުވީމާ، އެހެންމީހުންގެ ބޮލަށް ކަނޑާލަން މަސައްކަތް ކުރެއްވުމަށްވުރެ ރަނގަޅުވާނީ، ތިޔަ އިނާމާއެކު މައިތިރިވެ ހުންނެވުމެވެ. ތިމާގެ އަނިޔާވެރިކަމަށް މާތްﷲ ތިއޮތީ ބަދަލްދެއްވާފައެވެ. މީސްމީހުންގެ ބޮލުގައި ތިޔައިލްޒާމް އަޅުވަން ފެން ނެތްތަނެއްގައި ނުފެއްތެވުން ރަނގަޅުވާނެއެވެ.

  16. ކޮންމެ މީހަކު ލިޔުނަސް ހުކުމް ކުރީ ފަޑިޔާރު... ބޯގަޅި

  17. ދަގަދަގަދަގަ

    އާ ހެއްކާ އެކު، ނަޝީދުގެ ހުކުމް އަލުން މުރާޖައާކުރަން ޖެހޭ ކަމަށް ކެނެރީގެ ނަޝީދުގެ ވަކީލުން ކަަމަށްވާ ލީގަލް އިންޑަސްޓްރީ ގައި އަލިފުބާ ޖަހާ ކުދިން ތައް ދަގަ ތިޔާ މައްސަލަ ހިފައިގެން ދަށު ކޯޓަށް. ދެން ދަށު ކޯޓް މަރުހަލާ ނިންމާ އަންނަގަ ހައި ކޯޓަށް. ދެން ހައި ކޯޓް މަރުހަލާ ނިންމާ އަންނަގަ ސްޕްރީމް ކޯޓަށް. މި ތިން މަރުހަލާ ނިމޭނީ 6 އަހަރުންނެވެ. ނާނާނާ ނާނާނާ ނާނާނާ މިކަން ރަނގަޅަށް ބެލޭނީ މިއިން ކޮންމެ މަރުހަލާ އެއްގައި 2 އަހަރު ދުވަސް މަދުވެގެން އިންވެސްޓިގޭޓް ކޮށްގެންނޭ. ދަގަ ތަމެން ކޯޓަަށް. ދަގަ ދަގަ ދަގަ ދަގަ..

  18. ނޮންޓެންޖިބުލް

    އާ ހެއްކާ އެކު، ނަޝީދުގެ ހުކުމް އަލުން މުރާޖައާކުރަން ޖެހޭ ކަމަށް ކެނެރީގެ ނަޝީދުގެ ވަކީލުން ބުނި ނަމަވެސް ތަމެންނަށް އަލަށް ލިބުނު ހެކިި ތަކަކީ އެއީ މިހާރު ތަމެންގެ ބްލެސިންގް ލިބިގެން ތަމެން ޖަލުން ކްރުއަލް މައިންޑް އުސޫލުން ރާއްޖޭން ބޭރަށް ފޮނުވަން އުޅުނު ބްރޯ ބުނާ އެއްޗެއް ނޫންތޭ. މީދޯ ތަމެން ބްރޯ ރާއްޖޭން ބޭރަށް ފޮނުވަން ތިހާ ވަރުން ފަޔަށް ހިނި އަރައިގެން 23 މިިލިއަނުން ޖެކް ޕޮޓް ކުޅެމުން ދިޔާ ކަމަކީ. މިރާއްޖޭގެ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ އެންމެ މަތީ ކޮންސްޓިޓިއުޝަނަލް ލޭޔަރ އަކީ އެއީ ސްޕްރީމް ކޯޓް އެވެ. ސްޕްރީމް ކޯޓުން ވަނީ ކެނެރީގެ ނަޝީދަށް ކޮށްފައިވާ ހުކުމް އެއީ ދަ ޕާރފެކްޓް ވާރޑިކްޓް އެއް ކަން ސްޕްރީމް ކޯޓުގެ ހުކުމް ތަކުގެ އިންވެންޓްރީން އެބަފެނެއެވެ. ސްޕްރީމް ކޯޓުގެ ހުކުމްސް ތަކަކީ އެއީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގެ 145 ވަނަ މާއްދާ ގެ (ނ) ގައި ވަނީ ވަރަށް ޑީޓެއިލް ކޮށް ބަޔާން ކޮށްފައޭ. ސޯ ދެން އެ ހުކުމް އަކީ އެއީ ބަދަލެއް އެކަކަށް ވެސް ގެނެވޭނެ ބަދަލެއް ނޫނޭ އެއީ ދެން އެޕީލް ވެސް ކުރެވޭނެ ކަމެއް ނޫނޭ. އެއޮތީ އެކޭސްގެ ޗެޕްޓަރ ލީގަލް ހުރިހާ ބެރިއަރސް ތައް ފަހަނައަޅާ ގޮސް އޭގެ ހެބިޓެޓް ތެރެއަށް ވަދެއެވެ. ދެން ގާނޫނީ ގޮތުން ކެނެރީގެ ނަޝީދަށް ކޮށްފައިވާ 13 އަހަރުގެ ހުކުމް އެއީ އަންޗޭންޖް ނޮން ޓެންޖިބެލް ހުކުމް އެކޭ ކުދިންނޭ. އިޓްސް ނޮން ޓެންޖިބުލް ދޯ.

  19. މޮޔަމީހާ އާ ބެހޭ އެއްވެސް މަޢޮލޫމާތެއް އެނގޭނަމަ ހާމަކޮއްލަދެއްވުން އެދެން

  20. ބޭއިންސާފުން ތިކަންހަގައި ދިޔައިރު އަނގަމަޑުންލައިގެން ހުރީތީ .. އަދި އިތުރު 3 އަހަރު ބްރޯގެ ހުކުމަށް އިތުރުކުރުމަށް ފެނޭ... "ސްޕްރީމް ކޯޓ"

  21. ބިރުވެތިވޭ

    ޔާ ﷲ އަޅަމެން މި ވެރިކަމުން ސަލާމަތް ކޮށްދެވާންދެ.. އަދި ބޭއިންސާފު ޝަރީއަތް ކުރާ ފަޑިޔާރުންނައް ތެދުމަގު ދައްކަވާ އިބަ ރަސްކަލާނގެ ކޯފާއިން އަޅަމެން ސަލާމަތް ކޮށްދެވާށި'.. އާމީން

  22. ހުކުމް ލިޔުނީ އެޑްމިން އޮފިސަރ، އިސްލާޙުކުރީ ޤާޟީ. މީ އެކަން ހިނގާގޮތަކީ، ކޮބާ މައްސަލައަކީ، ބުނެބަލަ ޢަބްދުﷲ ޤާޟީ ހައްޔަރު ނުކުރަމޭ، އެކަންކުރީ ތޮލްހަތޭ. އެ ނިމުނީއެއްނު.

  23. ޖަލުގަތިބޭ ފާސިގުން ދައްކާ ވާހަކަ ގަބޫލުކުރަންޖެހޭތަ؟

  24. ނަން އިތުރު

    އަދި ކިރިޔާ ދޯ ކަލޭ. ނިދިން ހޭލެވުނީ ޖަލަށް ލީސްސުރެން ނިދާފަ ދޯ އޮތީ އެހެންވީމަތާ މިހާރު ތިހުރިހާ ވާހަކައެއްތި ދައްކަނީ

  25. ހަމަ އަންނަނީ ހިނި

    ކަލޭނު ކުރާނީ. ދެން ހަމަ ރީނދޫ މީހުންތައް ކެކި އަރާނެ މިކަމާވެސް. ކެކެކެކެކެ

  26. ޝަހާމު އިދުރީސް

    ދެން ކިހާ ދެރަކަމެއް، ޖަލުގައި ހުންނަ މުޖްރިމެއް ދެއިރު ދެދަޅައަށް ބަޔާން ނެރި އެ ބަޔާންތައް މީޑިއާއިން ޖެހިލުމެއް ނެތި ބޭރުކުރަމުންދާތީ...! މިކަން ހުއްޓުވަން ވެއްޖެ. އޭނާއަށް އޭނާގެ ލޯޔަރުންނާ ބައްދަލު ކުރުން މަނާ ކުރަންވެއްޖެ. އަދި އެކަހެރި ބައްދަލުވުންތައް މައިތިރިކޮށް، އަބަދުވެސް އޮފިޝަލަކާ އެކު މެނުވީ ބައްދަލު ނުކުރެވޭ ގޮތް ހަދަން ވެއްޖެ. މުޅި ދައުލަތް ދަވާލައިގެން 30 އަހަރަށް ޖަލަށް ލީމާވެސް އަދިވެސް މައިތިރި ނުވެގެން މިއުޅެނީ...!

  27. ތިދައްކަނީ މޮޅުވާހަކަ ތިވާހަކަގަބޫލުކުރާ ނެ ތަނެއްނެތް މިހާރުތިއުޅެނީ މޮޅުކަމެއްކުރެވޭތޯ ނަޝީފު އެކުއްކުރީ ދިވެހިރައްޔަތުންކުރިމަތީގައި

  28. ތިދައްކަނީ މޮޅުވާހަކަ ތިވާހަކަގަބޫލުކުރާ ނެ ތަނެއްނެތް މިހާރުތިއުޅެނީ މޮޅުކަމެއްކުރެވޭތޯ ނަޝީފު އެކުއްކުރީ ދިވެހިރައްޔަތުންކުރިމަތީގައި

  29. މީނަ އަޅެ ޖަލުގައި އޮވެގެން މިހާރު ކޮންހާ ސިޓީއެއް ފޮނުވާކަށްތަ؟؟؟ ކުރިން މި ވާހަކަ މިވާހަކަ ނުބުނީ ކީއްވެބާ؟؟؟

  30. ތި ހުރިހާ ކަމެއް ކުރީ އަމިއްލައަށްނޫންތަ؟ . ދެން ކޮން ވާހަކައެއް މިހާރު؟

  31. އަދީބުވެސް ދެން ރަނޑަ ހާވަނީ ތި.. މީގެކުރިން ނޭގުނުކަމެއް މިހާރު އެނގުނީ.. މިއީ ވަޙީގެ ޒަމާނެއްވެސް ނޫނިއްޔާ...

  32. މިހާރަކަށް އައިސް އަދީބަށް ހާދަހާ ކަންކަން އެނގެންފަށައިފިޔޭދޯ، އެހެންވިއްޔާ އަދީބު އާއި ނަޝީދު އަކީ، ކުރިކުށަކާނުލައި އަދަބު ލިބެމުންދާ މައުސޫމު ކުދިންތާދޯ. ނޫން އެހެންނެއްނޫން، ކަލޭމެން ދެމީހުންނަކީވެސް މާތްﷲ ވަރަށް ބޮޑު ނިޢުމަތްތަކެއް ދެއްވި ދެމީހުން އެހެންނަމަވެސް ކަލޭމެން އެ ނިޢުމަތް ތަކަށް ޝުކުރުވެރި ނުވެ ބޮޑާވެގަތުމުން އެކަލާނގެ އެ ނިޢްމަތްތައް ކަލޭމެންގެ ކިބައިން ނިގުޅައިގަންނަވާ ނިކަމެތިކުރެއްވީ އެވެ. ވީމާ ދެންވެސް އަމިއްލަ އަށް ކުށް ގަބޫލުކޮށްގެން ކަލޭ ދައުލަތުން ވަގައްނެގި ލާރިތައްވެސް ދައުލަތައް ދައްކާ ޚަލާޞް ކޮށްގެން ފާޑުފާޑުގެ ބަޔާން ނުނެރި މައިތިރިވެގެން ހުރެވޭތޯ ބެލުންހުރި.

  33. ފަޅުވެރިން

    މިފެންވަރުގެ މީހުނަށް ވަކީލުންނޭ ކިޔަން ހެޔޮވާނެތަ؟ ބްރޯ އަދީބު ހަމަ ބުނެލާ ބަހެއްގެ މައްޗަށް މިޖެހެނީ މިޤައުމުގެ ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހެން. ޙައިރާންވެ އަންތަރީސްވެދާނެ! ބަލަ ބްރޯ އެއީ މިޤައުމުގެ އުއްތަމަ ފަނޑިޔާރުތަ؟ ދޮގުވެރިއެއް، ވަގެއް، ގޭންގްސްޓަރ އެއް، ޓެރަރިސްޓެއް! އެފަދަ މީހަކު ދައްކާ ވާހަކަ ޤަބޫލުކުރުން އެއްކިބާގައި ބާއްވާފައި، އެވާހަކަ އަޑުއަހާނީވެސް މޮޔައިން!!

  34. ބޭކާރު ވާހަކަ ނުދައްކާ ތިތަނުގަ އޮވެގެން އުމުރު ހޭދަކޮށްލާ.. ބޯތު އޮފް ޔު އާރ ސޭމް

  35. އަދި ކިރިޔާ މި އިނގުނީ ނަޝީދުގެ ހުކުމް ލިޔުނު މީހާ މި ކަލޭގެ ބާއްވަން ވާނީ މުޅި އުމުރު ޖަލުގައި. ނަޝީދު ވެރިކަމަށް އަޔަސް ދޫކޮށްގެން ނުވާނެ .. މީ ހަމަ ގޭންގް ސްޓަރ އެއް.

  36. މީދެން ކިހާބޮޑު ވެއްޖެ ކަމެށް މިކަލޭގެ މިގައުމު ފަސާދަ ކުރުމުގެ ކުރިން ވެއްޖެއްނު މިކަން ހުއްޓުވަން..

  37. ހުކުމް ލއުނުމީހާ މަށައްވެސް އެގޭ، އެއީ މުޚްތާރާއި އަދީބް! މިހާރު ތި އުޅެނީ މާލެޢަރާ ޓީވީ ކުރިމައްޗައްނޭރިގެން! ތިމަންނަކަހަލަ ގަޅިންނެއްނޫން ދެން ތިބީވެސް!

  38. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ / ދަނބުފަށުވިގެ

    ނާއިބު ރައީސްކަމަށް ކުފޫހަމަނުވާތީ، އެކަމުން ދުރުކޮށްފައިވާ މީހަކު ކޮންމެފަދަ އެއްޗެއްވެސް ބުނެފާނެއެވެ. ހިތާމައަކީ، ލޯޔަރުންގެ ޓީމެއް ގެންގުޅޭމީހާވެސް ލޯޔަރުންގެ ރައުޔު ނުހޯދައި ހިތުހުރިގޮތަކަށް ޕަބްލިކަށް މެސެޖްދޭކަމެވެ.

  39. އަދީބު މީޑިއާ

    އަދީބު ދެން ކިޔާފާނެ ކޮންމެ އެއްޗެކޭ. ޖަލުން ސަލާމަތް ވާނީ ތިމާ ހެއްދެވި ފަރާތް ދެކެ ބިރުގަނެ އެފަރާތައް ތައުބާވެ އިހްލާސްތެރިކަމާ އެކު ދުއާ ކޮއްގެން. މިހާރު ތި ނަޝީދު އަދީބް ބޭނުންކޮއްގެން މި ގައުމު ފަސާދަ ކުރަން އެއުޅެނީ. ކީއްވެ މިއަދު ތިހަނެ ކިޔަނީ؟ ޖަލުގަވެސް މިހާރު މީޑި އާއެއް ހުޅުވީތަ؟ ޙުކުމް ކުރަންވީ ގޮއް الله ތައަލާ އެއޮތީ ކީރިތި ޤުރުއާން ގައި އންގަވާފަ. އެކަލާނގެ ތަގްދީރު ގައިވާ ގޮތައް ކޮންމެ ކަމެއްވެސް ވާނީ. އިންސާނުން ހެއްދިވި ފަރާތަކީ الله ތައަލާ. މިހާރު ދެން އަންނި އެއުޅެނީ ގޮތްހުސްވެގެން. އެނާ އެއީ الله ތައަލާ އަށާއި ކީރިތި ރަސޫލާ އައް ފުރއްސާރަ ކޮއްފަ ހުރި މީހެއް. ދުނިޔޭގަ އޭނާ އެކުރި ނުބައި އަމަލު އޭނާޔައް ދައްކާވާށި. ހެޔޮވިސްނުން ދެްއްވާށި. އާމީން

  40. ގައިމު އިއްޔެގާ 15 ޖުލައި 2017 އަންނީ މިނިކުފާނު ވިދާޅުވި ތިމަންނާގެ ޝަރީއަތުގެ އިތުރު ތަފްސީލު މާދަމާ ހާމަ ކުރައްވާނެކަމަށް. އެކަމަކު އަދީބުގެ ސިޓީގެ ތާރީޚަކީ 16 ޖުލައި 2017. މިވާގޮތަކީ މީ ޖަލުން އަދީބު ލިޔުނު ސިޓީއެއްތޯ، މަނިކުފާނު ނުވަތަ މަނިކުފާުންގެ ޓީމުން ލިޔުނު ސިޓީއެއްތޯ.. މިވަނީ ކިހިނެއް؟ މަޖާ ގޭމެއް މީ.. މިހުރީ ބަލަން..

  41. ކަލޯ އަދީބޫ.. އޭރު ތިކަމެއް ރޭވިއިރު ތި އަދީބު ހުރީ އެކަމުގެ އެންމެ ކުރީގަ.. މިހާރު މާ ރަނގަޅުވެ އެއްވެސް ކަމެއް ނުކުރާ މީހަކަށް ވާން އުޅޭނެ ކަމެއް ނެތް. މިހާރު ތިވާން އުޅޭގޮތް އިނގޭ..އިންތިހާބު އަންނަންވާއިރަށް ސލާމަތް ވާންވެގެން ހުރިހާ ކަމެއް ރޔ ބޮލަށް ޖަހަނީ.

  42. ބްރޯ އަކީ ހުރިހާ އެއްޗެއް ދަންނަ ދަންނަ ބޭލަކަލެއް. ދެރަކަމަކީ ވަގުތު ފާއިތުވީމަ ހުރިހާ ވާހަކައެއް ކިޔައިދޭން އުޅޭތީ.

  43. އަދީބު ކޯޓަށްދޭ ހެކިބަހެއް މިހާރު ބަލައިނުގަންނާނެ. ދޮގާމަކަރުން ފުރިފައިވާ މީހަކުދޭ ހެކިބަސް ގަބޫލް ނުކުރެވޭނެ. މިނިވަންކަމާއެކު މައުލޫމާތު ހާމަކުރެވެން އޮތްވަގުތު އެކަން ނުކޮށްފައި ޖަލުގެ ތޭރިތަކުތެރެއަށް ދިޔައީމަ ދެންކޮން ވާހަކައެއް ދައްކާކަށް.

  44. ކުޑަހުއްތު

    މިހާލަތުގައި އުއްތަމަފަނޑިޔާރު ހަނުހުންނަވައިގެން ނުވާނެ. މިއީ މިކަންކަން ބައްލަވައި އިންސާފު ޤާއިމްކޮށްދެއްވަންވީ ވަޤުތު. އެކަން ނުވަންޏާމު ދުރަށް ޖެހިވަޑައިގަންނަވަންވީ ވަގުތު. ތަނެއްގައި ޢަދުލުއިންސާފު ނެތިއްޖެނަމަ އެތަނެއް ހަލާކުވެ ދިއުން ދުރެއް ނުވާނެ.

  45. މީނާ މިހާރު މިދައްކާ ވާހަކަ ދެެއްކުމުގެ ބޭނުމެއް ނެތް ވަގުތު ފާއިތުވެއްޖެ އަނެއްކާ އޭރުގަ އެކަންވެފަ އޮތީ ސީދާ އަދީބުގެ ރޭވުމުގަ އަވަސްއަރުވާލައިގެން ކުރިކަމެއް ގޮތުގަ 25. އަހަރަށްވުރެ ދިގު ހުކުމެއްގަ ޖަލުގަ މަށަށް ހުންނަންޖެހުނު ނަމަ ތިޔަށްވުރެ މާމޮޅެތި ވާހަކަ ދައްކާނަން ޚިޔާލެއް ފިކުރެއް ނެތް ދެއްތޯ ތިތާ އޮންނަން ޖެހުނީމަ؟

  46. އަހުމަދު ޝަބީން

    އަދީބު ކުރިން ތިވާހަކަތައް ދެއްކިނަމަ ގަބޫލުކުރެވުނީސް.މިހާރު ތިޔަކިޔާ އެއްޗެއް ދިމަލެއްނުވޭ.މިނިވަން ވާނެކަމުގެ ފޮނިހުވަފެން ދައްކައިގެން އަދީބުލައްވާ ވާހަކަ ހެދުމުގެ ބޭނުމެއް މިޔަދަކުނެތް.

  47. ހުވަދޫ މޮހޮނު

    ކުރީގެ ނާއިބް ރައީސް އަޙުމަދު އަދީބު ޢަބްދުލްޣަފޫރު މިހާރު ދައްކަވާ ވާހަކަފުޅުތަކުން ދޭހަވަނީ އެމަނިކުފާނުގެ ބުއްދިފުޅހު މިހާރު ފުރިހަމަ ނޫންކަން!

  48. އަދީބުގެ މިވާހަކަތަކުގަ މާ އޮށްޓަރެއްނެތް އެދުވަސްވްރު ސަރުކާރުން ޖަރީމާއެއް ހިނގާފައިވާނަމަ އެޖަރީމާއެއްގެ އެންމެ އިސް މީހުންގެތެރޭ އަދީބު ހިމެނޭކަމީ އަދީބުގެ މިވާހަކަތަކުން ވަރަށް ސާފުކޮށް އެނގިގެންދާކަމެއް އަދީބު ދައްކ ާވާހަކަތަކާ ޢަމަލްތަކަށްބަލާއިރު އަދީބުގެބަސްމަގު ރަނގަޅުކަމަކަށް ޤަބޫލެއް ނުކުރެވޭ ހަމަ އެއާއެކުއަދީބުގެ ގުނާ ޢަދަދަު ނުކުރެވޭ ވިޔަފާރިތަކާ މުދަލާ ފައިސާ ކުއްލި ގޮތަކަށް ލިބިގެން ދިޔަގޮތް އެއީ ހަމަ ޞައްހަމަގުން ހިނގާފައިވާކަމެއްބާ؟؟؟؟

  49. ދެންބުނަން ވީނުން ދޯ

  50. އަދީބު ކަލެއަކީ އިޚްލާޞްތެރި ތެދުވެރި ވަފާތެރިއެއްނަމަ އާރާ ބާރާއި މަޤާމު އޮތްއިރު އެކަމާ ދެކޮޅު ހަދާ އެވާހަކަތައް މީޑިއާއާ ހިއްސާކުރާނެއެވެ. މިއަދު ތިޔަ ވާހަކަ ތިޔަދައްކަނީ ކަލޭއާ އިނދިކޮޅު ފަރާތްތަކުގެ ތާއީދު ހޯދާށެވެ. މިހާރު ކަލެއަކަށް އިތުބާރެއް ނުކުރެވެއެވެ.

  51. ޚkobaaa.. mioh soatu beyluny...

  52. ގަރަމްޕާނީވާލާ

    ހެހެ ބޮޑު މޮޔަޔާ. ނާޒިމްގެ ގެއައް ބަޑިވެއްދިމީހާ އެނގެޔޭ އެވާހަކަ ކިޔާދޭނަމޭ ކޯޓުން ފުރުސަތު ލިބިއްޖިއްޔާއޭ ބުނީމާ ރައީސް ޔާމީން ވިދާޅުވީ ނާޒިމްގެ އާއިލާއިން އެކަން ކޯޓައް ހުށަހަޅާށޭ ބުނީމާ އެމްޑީޕީން އަވަހައް އަދީބުލައްވާ ބަޔާން ނެރުއްވީ އަންނިގެ ވާހަކަވެސް އެގެޔޭ ބުނާށޭކިޔާފަ.

  53. ސަލްމާ / ފޯއްމުލައް

    ރިޔާސީ އިންތިޚާބަށް އަންނި ނެރެން ކުރާ ކަންތައްތައް މި ފެންނަނީ! މިހާރު މި ދެމީހުން ދެމީހުނަށް ރާވައި ގޮތްތަކެއް ހަމަޖައްސަނީއެވެ. އެކަކު އަނެކަކު ސަލާމަތްކުރަން ސްޓަންޓް ޖައްސަނީއެވެ. އޭރުން ރިޔާސީ ޓިކެޓް އަންނިއަށް ، ރަނިންމޭޓަކަށް މިކަލޭގެ!

  54. ތިހުރިހާ ކަމެއް އެނގޭއިރުވެސް ސީދާ ރިލްވާނަށް ކަންތައް ވީގޮތް އެނގޭމީހާ ކީއްވެ ނުބުނެ ތިހުންނަކީ

  55. ތެޅިފޮޅެނީ! އަމިއްލަޔަށް ބޭޒާރުވަނީ!

  56. ދެން ނިކަން ރައީސު ޔާމީނު ބުނެބަލަ އަނގަފުޅާކޮށްފަ އިސްޕްރިންގް ކޯޓަށް މައްސަލަ ހުށަހަޅާށޭ!

  57. ސުޕްރީމް ކޯޓުގެ ހުކުމް ރިވިއު ކޮށްދިނުމަށް ގޮވާލަަނީއޭ އިދިކޮޅު ފަރާތް ތަކުން ބުނުމުން މަމެން އެކަން ރަނގަޅަށް އިންގްލިޝް ޑިކްޝަނަރީން އެވޯރޑްގެ ރިއަލް މީންސް ބެލިއިރު ރިވިއު ކުރުމަކީ އެއީ ލިޔެފައި އޮންނަ އެއްޗެއް ބަލާ، ބަލާ، ބަލާ، ބަލާ، ބަލާ، ބަލާ، އެލިޔެފައި އިން އެއްޗެއް ހިތު ދަސް ކުރުމޭ އެއީ އެއްގޮތަކަށް ވެސް ސްޕްރީމް ކޯޓުން އެކަން ކުރާށޭ ނޫނޭ ވައްޑޭ އެބުނަނީ. ވައްޑޭ އެބުނަނީ އިލްހާމް މެން އަދި ވެސް ދިއްދޫ ލަތީ މެން ފަދަ ގާނޫނު ތަކަށް މުޅިން އާ ކުދިން ސްޕްރީމް ކޯޓުން ނެރުނު ހުކުމް ބަލާ ބަލާ ބަލާ ބަލާ ހިތުދަސްކުރާށޭ ކުދިންނޭ. ސްޕެޝަލީ ޕީޕީއެމް ގެ އެމްޕީން ތެރޭން އެކްސްޕޯރޓެޑް ޕެޓިޝަން ގައި ސޮއި ކުރި 10 ކުދިން ސްޕްރީމް ކޯޓުން ނެރުނު ހުކުމް ބަލާ ހިތު ދަސް ކުރާށޭ، ކުރާށޭ ކުރާށޭ ކުދިންނޭ. އޯއް ޔޭއް. އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި ޑާއި..

  58. ފަޅުވެރިން

    މަޖްލީހުން ފާސްކުރަންވީ "ކުށްވެރިވުމުން އިސްތިސްނާވާ މީހުންނާ ބެހޭ ޤާނޫނު" މިނަން ކިޔާ ޤާނޫނެއް! އެޤާނޫނުގައި ޖަހަންވާނެ ކެނެރީގޭ މުޙައްމަދު ނަޝީދު، ޤާސިމް އިބްރާހީމް، ފާރިސް މައުމޫން، ތިމަރަފުށީ ޢަބްދުﷲ ރިޔާޒް، ކާނަލް ނާޒިމް، ބްރޯ އަދީބު، ކޮޅުފުށީ ޢިމްރާން ޢަބްދުﷲ، މައުމޫން ޢަބްދުލްޤައްޔޫމް، މިމީސްމީހުންނަކީ މަޢުޞޫމް މީހުންކަމާއި، މިއިން އެއްވެސް މީހަކު ކިތަންމެ ބޮޑު ކުށެއް ކުރިއަސް އެމީހުން ކުށްވެރި ނުވާނެކަމަށް! މިއީ މިމީހުން ބޭނުންވެގެން އުޅޭ ގޮތަކީ! މިކަމަށްޓަކައި މިމީހުން މިހާރު ޤައުމުގައި ހައިޖާނު އުފައްދައި، ފަސާދަ ކުރަމުންދަނީ! ޤާސިމް އިބްރާހީމް ހިންގަމުން އެގެންދަނީ ކޮންފަދަ ބޮޑެތި ޖަރީމާތަކެއް؟ ސަރުކާރަށް ދައްކަންޖެހޭ އެތައް ސަތޭކަ މިލިއަން ޑޮލަރެއް ނުދައްކާހުރުން އެއީ ކޮންފަދަ ބޮޑު ޖަރީމާއެއް؟ ރައްޔިތުންގެ ސިޔާސީ ޕާޓީއެއް ކަމުގައިވާ ޖުމްހޫރީ ޕާޓީ، ވިލާގެ ސެކްޝަނެއްގެ ގޮތުގައި ހިންގުން އެއީ ކޮންފަދަ ބޮޑު ޖަރީމާއެއް؟؟ މިހެންގޮސް ކިތައް ކަންތައް؟؟

  59. ނަޝީދު ބޮލަށް ޗިޕްޖަހައިގެން ހިމާޔަތް ހޯދަން ރާވަނީދޯ؟ މިހާރުތަ އެނގެނީ ތިވާހަކަ ދައްކަން. ހުރިހާކަމެއް ޔާމީނު ބޮލަށް ކަނޑާލަން ވާހަކަ ދެއްކިޔަސް ސަލާމަތެއްނެތް!

  60. ޣާދިރު މަނަދޫ

    ޢެންމެން ނައްވެސް އެނގޭ ލިޔެފައޮތިެްޔާ ލިޔާނީ އަދީބުކަން...

  61. ކިޔުންތެރިއެއް.

    މިހާރު ދެން އަދީބަށް ނޭގޭ އެއްވެސްކަމެއްނެތް. މާނައަކީ ހުރިހާކަމެއްގައި ފުރިހަމައަށް އަދީބުވެސް ބައިވެރިވެފައިވާކަން. މިއޮއްހުރިހާދުވަހު ސިއްރުކޮށްގެން ހުރީމާ އެކަމުގެ އަދަބު އަދީބަށް ލިބެންޖެހޭނެކަމަށް ޤަބޫލުކުރަން.

  62. އިބްރާހީމް

    ބަލަ ތިޔަކަން އެންމެންނަށްވެސް އިނގެއޭ. ސަރުކާރުން ހިނގި ހުރިހާ ޖަރީމާއެއްވެސް ހިންގީ އަދީބުލައްވާކަން. އަދި އެހެން ވުމަކުން އަދީބު ކުށުން ބަރީއްއައެއް ނުވާނެ.

  63. މޮޔަވަނީތަ

  64. ޢަވަހަށް ކަލޯކިޔާ...

  65. އެއްމެނަށް އިނގޭ ތިކަން. ކޯޓްގައި ތިބޭ ކުދިން ލިޔަނީ.. އެހެންވިއްޔާ ރިލުވާންއަށް ވޯގޮތްވެސް އިނގޭނެތާ މީ ރަނގަޅު ވަގުތު ބުނެލަން..

  66. މީނަގެ ލަދުހަޔާތް ކޮބައިތަ؟؟ އޭރު ދެއަތް ފޭކޮށް މާ ގައްޑާ މީހަކަށް ހެދިގެން އުޅުނީ. މިހާރު ދެން މާ ރަނގަޅުމީހެއްކަމަށް ހެދެން އުޅޭނެކަމެއްނެތް.

  67. އަދީބުގެ ބަލި މާރަނގަޅަށްވެސް ދެނެގަނެވިއްޖެ. ސިނކުޑިއަށް ބޭސް ކުރަންވީ

  68. އަދީބު ހަމަ ރަނގަޅަށްވެސް ދުނިޔެއިން މޮޔަވެއްޖެ

  69. ދެންބުނަންވީނުން