ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ވެސް އެކަށީގެންވާ މަސައްކަތް ކުރެވިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ޙުސައިން މިހެން ވިދާޅުވީ، ޖިންސީ ގޯނާއާއި ފުރައްސާރައާ ދެކޮޅަށް ޒުވާނުންތަކެއް އިސްވެގެން ރޭ ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މުޒާހަރާ ރުޅާލަން އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ފަރާތުން އަނިޔާވެރި އަމަލުތަކެއް ހިންގުމުންނެވެ. މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕަ ސްޕްރޭ ޖަހައި އަނިޔާވެރި ގޮތަކަށް ދަމާފައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ ދަނީ ދައުރުވަމުންނެވެ.

އަލީ ޙުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ޤަބޫލު ކުރެވެނީ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތެއް މި ސަރުކާރަށް ވެސް ކުރެވިފައި ނުވާ ކަމަށެވެ.

"ފުލުހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރާ މަންޒަރު ފެނުމުން އަހަރެންގެ ލޭ ކެކޭ، ރުޅި ވެސް އާދޭ، ދެރަވެސްވޭ، މިހާރު ޤަބޫލު ކުރެވެނީ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތެއް މި ސަރުކާރަށް ވެސް އަދި ކުރެވިފައި ނުވާ ކަން،" އަލީ ޙުސައިން ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ރޭ ކުރި ޓްވީޓެއްގައި ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްގެ އިތުރުން ޔޫސް އޮފް ފޯޒް ރިވިއު ކޮމިޓީއިން ވެސް އެ މައްސަލަ ބަލާނެ ކަމަށް ބުނެފައެވެ. އަދި މައްސަލައިގެ އިތުރު ތަފްސީލް މައްސަލަ ކުރިއަށްދާ މިންވަރަކުން ހިއްސާ ކުރާނެ ކަމަށް ވެސް އެ ޓްވީޓްގައިވެއެވެ.

ފުލުހުންގެ ފަރާތުން ފެންނަ މިފަދަ ބައެއް އަމަލުތައް ހުއްޓުވައި، ޕްރޮފެޝަނަލް ފުލުހުންގެ ޚިދުމަތެއް ޤާއިމު ކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. މި ކަމަށް ޓަކައި ފުލުހުންގެ ޚިދުމަތުގެ އާ ޤާނޫނެއް އެކުލަވާލައި ތަންފީޒު ކުރަން ވެސް ވަނީ ފަށައިފައެވެ. އެކަމަކު މި ސަރުކާރުގައި ވެސް، މުޒާހަރާއަށް ނުކުންނަ އާންމު ރައްޔިތުންނާއި ސިޔާސީ އިސް ބޭފުޅުންގެ އިތުރުން މުޒާހަރާ ކަވަރު ކުރުމުގައި އުޅޭ ނޫސްވެރިންނަށް ވެސް އަނިޔާ ކުރާ ފަހަރު ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮވިޑް

    ބަލަ މިސަރުކާރޭ ކިޔާނެކަމެއް ނެތް އަހަރެނެމް ކޯލިޝަން ހަދައިގެ އެ ސަރުކާރެއްގަ ތެރޭގަ ހުރި މަޖިލީސް މެމްބަރެއްދޯތީ؟މޮޅުވާހަކަ ތިދައްކަނީ>

    12
  2. ޒަބީބު

    މިހާރު މިވީގޮތް ވަރަށް ސާފު. ރައީސް ސޯލިހުގެ ސަރުކާރުން ފުލުހުންގެ މުއައްސަސާ ޕްރޮފެޝަނަލް ތަނަކަށް ހެދުމަށް ކުރި މަސައްކަތުގެ އަގުވައްޓާލަން ބަޔަކު އަޑިގައި ތިބެގެން ނުބައިތަކެއް ހަދައިފި ކަން މިއޮތީ ވަރަށް ސާފުކޮށް ފެންނަން. އެލެކްސް އަހުމަދުގެ ނަމުގައި ޓްވީޓް ކުރި މީހާ އާޢީ މިކަމާއި ގުޅުމެއް ނެތި ނުދާނެ. އެހެން ނޫން ނަމަ ކޮމާންޑް އައި ގޮތުގެ ވާހަކަ އެހާ ފަސޭހައިން ބުނާކަށް ނޭގޭނެ. ސީނަށް ދާ ފުލުހުންނަކީ އަމިއްލަ އަށް ގޮތް ނިއްމާ ބައެއް ނޫން އެމީހުން ހަރަކާތްތެރި ވާނީ އޯޑާރ އަންނަ ގޮތަކަށް. ވީމާ ސަރުކާރާއި ފުލުހުންގެ އަގުވައްޓާލުމަށް އެލެކް އަހްމަދު އާއި ގުޅުންހުރި ކޮންމެވެސް ފަރާތަކުން ކޮންމެވެސް ނުބައެއް ހަދައިފި. ދެން އަޑުއިވޭނީ މިކަން މަޖިލީހުން ތަހުޤީޤު ކުރަން ފޫގަޅާލި ކަމުގެ އަޑު.

    5
    3
  3. އަލީ

    ފުލުހުން ނޫން އިސްލާހު ވާންވީ އިސްލާހުވާންވީ އެހެން މީހުންގެ ހައްގުތަކައް އަރައިގަންނަ މީހުން. ނުބައި ނުލަފާ މީހުންނައް ފުލުހުން ކުރާ އެއްވެސް ކަމެއް ރަގަޅުނުވާނެ މިސްޓަރ އަލީ ހުސައިން ދަންނަ ކަލޭގެފާނު

    5
    1
  4. އަފީ އަފީފާ

    ސަރުކާރު އަޑީގައޮވެގެން އާމުންތަޅާސުއްނާފަތިކުރަނީ
    ދެންބުނާނެ ގޭގައޮތްނަމައަނިޔާނުކުރާނެއޭ އަހަރުމެން
    އަންހެނުން އަދި ފިރިހެނުންނައްވެސް އެކުރާއަނިޔާ
    އަހަރުމެންމާފެއްނުކުރާނަން މާތްﷲ އިރަދަކުރެއްވިއްޔާ
    ޤާނޫނު އަރާހަމަކުރާނެ ކިތައްމެއަނިޔާއެއް ކުރިޔަސް
    އަސްލާމްދީނާ ޤަޣުމުގެ ހައްގުގަކުރަންޖެހުނުކޮއްމެކަމެއް
    ކުރާނަން ؟ މީމަގޭނިއްމުން މިގޮތުގައެއްމެންވެސް
    ތިބޭނެ ކަމައްއުއްމީދުކުރަން ޝުކުރިއްޔާ😁😁😁

  5. ޖާބެ

    ހުސް ރައްޔިތުންގެ ލޮލުގަ އަދުން އަޅުވާ ސަރުކާރެއް މިއީ ، ނާޤާބިލް ފައިސާގެ ދަހިވެތިކަމުގަ އުޅޭބަޔެއް މިއީ ރައްޔިތުންނައް މިކަމުން ސަލާމަތްވެ އަވަސް ގޮތެއް އެބަޖެހޭ ހޯދަން

  6. ޢައއްތު

    ފުލުހުން އިސްލާހުކު ރަން މިސަ ރުކާ ރަށްވެސް ކު ރެވުނުކަމެއްނެތް؟!....ތިމާ މީހާ މަތިމައްޗަށް ސެޓްފިކެޓް ހާސިލުކޮށްގެން ހުއްޓަސް، ކިޔަވައިގެން ހުއްޓަސް، އިހުލާސްތެ ރިކަމުގެ ކަންފުޅެއްވެސް ނެތްކަން މި އެގެނީ..ބަލަ ކަލެޔަކީވެސް މިސަ ރުކާ ރުގެ ހިއްސާދާ ރެއް..ކޯލިޝަންގެ ބައިވެ ރިއެއް..ކަލޭ ކަލޭގެ އަމިއްލަ ނަފުސާ ސުވާލުކޮށްބަލަ، ތިމާ ގާނޫނު ހަދާ މަޖިލީހުގެ މެންބަ ރަކަށްވެ ހު ރެ، މިސަ ރުކާ ރުން ހިންގާ ނޭއްގާނި ކަންތަކާއި، ކޮ ރަޕްޝަނާއި ގޮތްނޭގޭ އެއްބަސްވުންތަކާއި، މިހި ރަ ކަންކަމުގެ މައްޗަށް ތިމާޔަށް އެކަޝީގެންވާ މިންވަ ރާގާތަށްވެސް ރައްޔަތުންގެ ހައްގުގަ ދިވެހި ގައުމުގެ ހައްގުގަ އަޑުއުފުލިއްޖެތޯ...

  7. ސްނޭޕް

    ރައީސް ޔާމީން ސަރުކާރުން ތަބަކަށް ލާފަ ވަޒީފާ ދިން ފުލުހުންގެ އަދަދު އަދިވެސް ތަންކޮޅެއް މަދީ

  8. ރައްޔަތުމީހާ

    އެޗް ކިޔު ގަ މަސައްކައްކުރާ ފުލުހުން ގެ މައްސައެއް އެޗް ކިޔު ހުސަހެހުމުން އެމައްސަލައެއް ވީ ގޮތެން ނޭގިގެ