5955 ދަރިވަރުންނާ އެކު ސާނަވީ އިމްތިހާނު ފަށައިފިއެވެެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު 235 ސެންޓަރެއްގައި ފެށޭ ސާނަވީ ނިންމާ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް، މި އިމްތިޙާނުތަކަކީ ކާމިޔާބު އިމްތިޙާނުތަކެއް ކަމުގައި މިންވަރުކުރެއްވުން އެދި މާތްﷲ އަށް ދުޢާ ދަންނަވާކަމަށެވެ.
އިމްތިޙާނު ސެންޓަރުތައް ވަނީ މިއަދު ފެށޭ އިމްތިޙާނުތަކަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، މިގޮތުން ކޯވިޑް-19އަށް ފައްސި ވެފައިވާ ދަރިވަރުންނާއި ކަރަންޓީނުކޮށްފައިވާ ދަރިވަރުންގެ ތެރެއިން އިމްތިޙާނު ހެދޭ ޙާލަތުގައި ތިބި ދަރިވަރުންނަށް އިމްތިޙާނު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ރަށްރަށުގެ ސިއްޙީ އިދާރާތަކުގެ އިތުރުން، ރަށްރަށުގެ ޓާސްކްފޯސްތަކާ ގުޅިގެން މިހާރުވަނީ ހަމަޖެހިފައި ކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މިކަންކަން އިންތިޒާމުކުރުމުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އާއި އެޗް.ޕީ.އޭ ގެ އިރުޝާދުގެ ދަށުން ސްކޫލްތަކުން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރާ ކަމަށާއި ސްކޫލްތަކުގެ އިސްވެރިންނާއި އެންމެހާ މުވައްޒަފުން އަދި ބެލެނިވެރިންނަށް ޝުކުރުދަންނަވާ ކަމަށް އެމިނިސްޓްރީންް ވަނީ ވިދާޅުވެފައެެވެެ.
"ކުރިޔަށްހުރި އިމްތިޙާނުތައް ކާމިޔާބުކަމާއެކީ ކުރިޔަށް ގެންދިޔުމުގެ ހެޔޮ ތައުފީޤް އަޅަމެންނަށް މިންވަރުކުރައްވާށިއެވެ. އާމީން!" އެޑިއުކޭޝަން މިނިިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ސާނަވީ އިމްތިހާން ފަށާފައި ވަނީ، މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި ދިގު މުއްދަތަކަށް އޮތުމަށް ފަހު އެވެ. މި އިމްތިހާނު މީހެ ކުރިން ބާއްވަމުން އައީ އޮކްޓޯބަރު އަދި ނޮވެެމްްބަރު މަހުއެވެ.
ހު ރިހާ ކުދިން ނައްވެސް ރަނގަޅު ކާމިޔާބީ އަކަށް އެދެން