ކަރަންޓީންގައި ނެތް ހަތަރު މީހަކު ފ.އަތޮޅު ފީއަލިން ކޮވިޑް-19 އަށް ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާކޮށް ރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ވަކި ތަރުތީބެއް ނެތި އެރަށު ތެރެއިން ނެގި ސުންކުތަކުގެ ތެެރެއިން ހަތަރު ސުންކެވެ.

ފީއަލިން ބަޔަކު ކޮވިޑަށް ފައްސިވިކަން އެނގުނީ ރޭގެ ވަގުތެއްގައެވެ. އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައި ވަނީ މިއަދު ހެނދުނު އެވެ.

ފީއަލީގެ މުޖުތަމައުގެ ތެރެއިން ކޮވިޑް ފެނުނުއިރު އެރަށުގައި މިދިޔަ ހަފްތާގައި ވަނީ ވޮލީ މުބާރާތެއް ވެސް ބާއްވާފައެވެ. އެމުބާރާތް ނިމުނީ އިއްޔެ ކަމަށް މައުލޫމާތު ލިބެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ވެސް ފީއަލީގައި ކަރަންޓީނުގައި ތިބި 8 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާފް

    ވޮލީ މުބާރާތް ނިމުނީ އިއްޔަކު ނޫން.. ރޭ 21:30 ގަ ނިމުނީ.. ވަކިތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ނަތީޖާ ލިބުނީ ރޭ 12:00 ގަ. ކޮވިޑަށް ޝައްކުވާތީވެ ވަކިތަރުތީބެއްނެތި ނެގި ސުންކުތަކުގެ ނަތީޖާ ނުލިބި އަތޮޅުގެ ކޮންމެ ރަށަކުން މެހެމާނުންގެ ގޮތުގަ އެކަކު ގެނަ. ފައިނަލްމެޗް ކުޅެ ނަތީޖާ އިޢުލާންކޮށް މެހެމާނުން އެމީހެއްގެ ރަށަށް ގެންދިޔަ ފަހުން ސުންކުތަކުގެ ނަތީޖާ އިޢްލާންކުރީ. މެޗްބަލަން ތަރުތީބެއްނެތި ނެގި ސުންކުތަކުގެ ތެރެއިން ޕޮޒިޓިވްވި ބަޔަކުވެސް ޢާންމުންގެ ތެރެއަށް ނިކުމެ، ދަނޑު ދޮށަށްގޮސް ސަޕޯޓްކޮށްހެދި...