މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ "ޖިންސީ ފުރައްސާރަ" ގެ މައްސަލަތަކާ ދެކޮޅަށް ރޭ ކުރިއަށްދިޔަ އިހުތިޖާޖް ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް އަނިޔާކޮށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށްފައިވާ ކަމަށް ޖާނަލިސްޓު އެސޯސިއޭޭޝަން (އެމްޖޭއޭޭ) އިން ހާމަކޮށްފިއެވެ.

އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޒުވާނުންތަަކެއް އިސް ނަގައިގެން ބޭއްވި މުޒާހަރާ ރޫޅާލުމަށްް ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެެ ބޭނުންކޮށްފައެވެ. އަދި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ބައެއް މީހުންނަށް ވަނީ އަނިޔާ ލިބިފައެވެ.

އެމްޖޭއޭ އިން ކުރި ޓްވީޓެއްގައި ވިދާޅުވެެފައި ވަނީ، ރޭ މުޒާހަރާގެ ތެރެއިން ގާނޫނާ ހިލާފަށް ފުލުހުން އެެ މުޒާހަރާ ކަވާކުރަން މަސައްކަތްކުރަމުން ދިޔަ ނޫސްވެރިންނަށް ގެއްލުން ދީފައިވާކަމުގެ ރިޕޯޓުތައް އެ އެސޯސިއޭޝަނަށް ނޫސްވެރިން ހުށަހަޅާފައިވާ ކަމަށެވެ. އަދި މިއީ ފުލުހުން ނޫސްވެރިނަށް ފާޅުގައި ކޮށްފައިވާ ފުރައްސާރައެއް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ވިދާޅުވެފައެވެ.

މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ނޫސްވެރިންްނަށް ބޭއަދަބީ ބަހުން މުއާމަލާތުކޮށް މުޒާހަރާ ކަވާކުރުމަށް މަސައްކަތް ކުރި ނޫސްވެެރިންނަށް އަނިޔާކޮށްފައި ކަމަށް އެމްޖޭއޭ އިން ވިދާޅުވިއެވެެ. މި މުޒާހަރާ ކުރިއަށް ދިޔަ ވަގުތު އެ އެސޯސިއޭޝަނުން ވާނީ ތަކުރާރުކޮށް ފުލުހުންނަށް ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނޭޅުމަށް އަންްގާފައި ކަމަށާއި، ފުލުހުންގެ މިފަދަ ކޮންމެ ކަމެއްގައި ޓާގެޓަކަށް ނޫސްވެރިން ހެދުމަކީ ކަންބޮޑުވާކަމެއް ކަމަށް ޖާނަލިސްޓް އެސޯސިއޭޝަން އިން ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމަކްރަސީގެ އަސާސްތައް ކަމަށް ފާހަގަކޮށް އެ އެސޯސިއޭޝަނުން ވަނީ، ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ހިންގި ހަމަނުޖެހުން ބަލައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށާއި، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަދި ފުލުހުންގެ އިސްވެރިންނަށް ގޮވާލައިފައެވެ.

އަދި މިފަދަ މުޒާހަރާތައް ކަވަރުކުރަމުންދާ ނޫސްވެރިިންނަށް އަމާން މާހައުލެއް ހޯދައިދިނުމަށްވެސް އެމްޖޭއޭގެ ޓްވީޓުގައި ވަނީ ގޮވާލައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުމަރީ

    25 އަހަރު ދުވަސްވަންދެން ދިވެހި ކަނޑުމަސްކާންދީގެން ބޮޑުކޮށްފައި އޮތްކިބޫ މިނިމަސް ކާންދިމާކުރީތީ ބަޔަކު ހައިރާންވިޔަަސް. އަހަރެން ހައިރާނެއް ނުވެއެވެ. ކިބުލަކީ އޭގެ ތަބީއަތުގައިވެސް މިނިމަސް ކާނޭ އެއްޗެއް. މީނާގެ އާއިލާއިން 17 ދިވެހިންވެސް ކައެގެން ތިބީ.. މީއަދި ދުނިޔެއިން މަދުން ނޫނީ ނުފެންނަވައްތަރުގެ ނުރައްކާތެރި ބައިތުލްމާލު ވެސް ހަފާކާ ވައްތަރު ކިނބުލެއް.

  2. ހުސޭނުބޭ

    ނުވާނެ އެހެންނެއް! މި ސަރުކާރުން ނޫސްވެރިކަމަށް ދީފައި އޮތް މިނިވަންކަން މުޅިދުނިޔެއިން އެވަނައަށް ދިއުމުން ލިބުނު ޓްރޮފީތަކާއި އިނާމުތައް ހިފައިގެން އިހަކަށްދުވަހު އެތަކެތި ހިފައިގެން ބޮޑު ކާގޯ ބޯޓެއް އައީ