މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ މަސައްކަތް ކުރުމަށް އިންޑިއާގެ ހަތަރު ކުންފުންޏެއް ޕްރީ ކޮލިފައިކޮށްފައިވާ ކަމަށާއި އެއީ މިކަމަށް ގާބިލް ކުންފުނިތަކެއް ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފިއެވެ.
އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނީ މާލެ-ތިލަފުށި ބްރިޖު މަޝްރޫއަށް ބިޑް ހުށަހެޅުމުގެ އެންމެ ފަހުގެ މުއްދަތަކީ އަންނަ ބުދަ ދުވަސް ކަމަށެވެ. ދިވެހި ސަރުކާރުގެ ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުޅުވާލާފައިވާ މި ޓެންޑަރުގައި ބައިވެރިވުމަށް އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ވަނީ އިންޑިއާގެ ހަތަރު ކުންފުންޏެއް ޕްރީކޮލިފައިކޮށްފައި ކަމަށް ވެސް އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވިއެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި މި ހަތަރު ކުންފުންޏަކީ ވެސް މިފަދަ މަޝްރޫއުތަކުގެ މަސައްކަތުގެ ތަޖުރިބާ އާއި މަޝްރޫއަށް ބޭނުންވާ ޓެކްނިކަލް އަދި ގާބިލިއްޔަތު ހުރި މާލީ ތަނަވަސްކަން ލިބިފައިވާ ކުންފުނިތަކެކެވެ.
އެކަމަކު، އެ ހަތަރު ކުންފުންޏަކީ ކޮބައި ކަމެއް ހައި ކޮމިޝަނުން އަދި ހާމައެއް ނުކުރެއެވެ.
މާލެ-ތިލަފުށި ބްރިޖަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ.
ހައި ކޮމިޝަނުން ބުނީ މި މަޝްރޫއުގެ މަސައްކަތް ނިމި، ބްރިޖު ބޭނުން ކުރަން ފެށުމުން މާލެ އާއި ވިލިމާލެ އާއި ގުޅީފަޅާއި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅާލަދޭ ބްރިޖު ވާނީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަގުފަހި ކުރުވާނެ އިންޖީނަކަށް ކަމަށެވެ.
މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ތަރައްގީ ކުރެވެމުންދާ ގުޅީފަޅު ޕޯޓުގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފުމަށް ކޮންމެހެން މުހިންމު ބްރިޖު އަދި ކޯޒްވޭއެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިއުލާންކޮށްފައިވާ އެންމެ ބޮޑު މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖުތަކާއި ކޯޒްވޭތަކުން ގުޅުވައިލުމަށް ހިންގާ ބޮޑު މަޝްރޫއެވެ. "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ނަމުގައި މި މަޝްރޫއު ކުރިއަށް ގެންދަން އިންޑިއާ އިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް އިންޑިއާ އިން ވަނީ ދީފައެވެ.
މި މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށް ހައި ކޮމިޝަނުން ލަފާކުރެއެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ކުރިން ނިންމާފައި އޮތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެކަމަކު، މިއަދާ ހަމައަށް އައިއިރު ވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
މި މަޝްރޫއުގައި ހިމެނޭ ކޮންމެ ރަށެއްގެ ދޭތެރޭގައިވާ ކަނޑުއޮޅިތަކުގައި 140 މީޓަރުގެ ނެވިގޭޝަން ބްރިޖަކާއި ފުން ކަނޑުގައި 1.41 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓަކާއި ތިލަ ކަނޑު އަދި އެއްގަމުގައި 2.23 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި 2.96 ކިލޯމީޓަރުގެ އެޑް ގްރޭޑް މަގުތައް ބިނާ ކުރެވޭނެއެވެ.
އަދި މާލެ އާއި ވިލިމާލެ ގުޅޭ ސަރަހައްދުތަކުގައި ސިގްނަލައިޒްޑް ޖަންކްޝަންތަކާއި، ގުޅީފަޅު އަދި ތިލަފުށީގައި ރައުންޑްއަބައުޓްތައް ހިމެނޭނެއެވެ. އަދި ކޮންމެ ރަށެއްގައި ވެސް މެއިންލައިން އާއި ގާތް ޖަންކްޝަން ތަކުގައި ބަސް ޓާމިނަލްތައް ގާއިމްކުރެވޭނެއެވެ.
މި މަޝްރޫއުގައި އިއާދަކުރުވަނިވި ހަކަތަ ބޭނުން ކުރެވޭނެއެވެ. އެގޮތުން މަގު ބައްތި، ނެވިގޭޝަން ލައިޓިން، ޑެކް ސެލްޓް ލައިޓިން، ސީސީޓީވީ އަދި ސައިން ގެންޓްރީ ލައިޓިންގެ އިތުރުން އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް އިރުގެ ހަކަތަ ބޭނުން ކުރާނެއެވެ. އަދި ލޭމްޕް ޕޯސްޓްތަކުގެ މަތީގައި އަދި ބްރިޖުގެ ޕަރަޕެޓްތަކުގައި ސޯލާ ޕެނަލް ވެސް ހަރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅާލަން ހަމަަޖައްސާފައި އޮތީ ތިން ބްރިޖުންނެވެ. ބްރިޖުގެ ސާވޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ބްރިޖް މަޝްރޫއުގެ ދަށުން ބްރިޖް އެޅުމުގެ އިތުރަށް ތިލަފުށީގައި ކޮމާޝަލް ހާބަރެއް ތަރައްގީ ކުރާނެއެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ވެސް ގާއިމްކުރާނެއެވެ.
މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށް ގެންދާ ބުރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން އިންޑިއާ އިން ދޫކުރުމަށް ހަމަޖެހިފައިވާ ލޯން ދައްކަން ޖެހޭނީ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ކަަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ބުނެފައެވެ.
އިންޑިޔާގެ ލައިންއޮފް ކްރެޑިޓް ފެސިލިޓީ ނުވޭދޯ ދަރަނި ދަންތުރައަކަށް. ނުވަތަ ދިވެހި ރައްޔިތުން ދަރަންޏެއްގައި ނުޖައްސާދޯ ތިޔަބުރިޖް އަޅަނީ. މިބަލާވެރިކަމުން ދިވެހިން މިންޖުވާނީ ކޮންދުވަހަކުންބާ؟
ހެޔޮނުވާނެ އިންޑިޔާގެ ކުންފުނިތައް ލައްވާ ތިބުރިޖް އަަަލުވަން ނަހަދާ!! ކަނޑުގައި އަޅާ ބުރިޖް އެޅުމުގެ ގާބިލްކަމެއް ނުހުންނާނެ!! ތިބުރިޖް އަޅަން ތަޖުރިބާ ލިބިފައިތިބި ދުނިޔޭގެ ފެންވަރުގެ ކުންފުންޏަކާ ޙަވާލުކުރޭ!! ބުރިޖްގެ ފެންވަރު ރަގަނޅުވެފަ ކޮލިޓީވާނީ އެއިރުން!!
ސޮރީ
މިހާރު މިމަސްރޫއު ހިންގަނީ އިންޑިއާ ހައިކޮމިޝަނުންތޯ އަދި މިގޮތައް ދާކަމަށް ވަންޔާ އިންޑިއާ ހައިކޮމިޝަންއިންކަންނޭގެ ދެން ގައުމުގެހުރި އެހެން ކަންތައްވެސް ކުރާނީދޯ!
ތިކަންވެސް ވާނީ އެއްމެ ފަހުން ދިން ކް ރެޓިޓައް ވީހެން.ވެ ރިކަން ނިމޭ އި ރަށް ބުނާނެ މިހާރުންމިހާރަށް ލާރި ދައްކާށޭ ނޫނީ ....
ހިޔާލީ ފޮލާ
މަ މީ އިންޑިއާ ހައިކޮމިޝަން ގެ ރި ޕޯޓަ ރު. މިކަން މަށަށް ވެސް ހިޔެއް ނުވޭ ފެށޭނެ ހެންނެއް ދުވަހަކު ވެސް
ސާބަހޭ ރައީސް އިބޫ ސޯލިޙު، ކަލޯ 05 އަރު ވަންދެން ވާހަކަ ދެއްކުމާ ޝައުޤު ވެރިކަމުގެ ވާހަކަ ދައްކާލަ ދައްކާލަ ހުރޭ. އިންޝާ ﷲ ތި ބްރިޖު ވެސް އަޅާދޭނީ ރައީސް ޔާމީން 2023 ގަ އިންޝާ ﷲ.
އިންޑިއާ ހައިކޮމިޝަން އިންތަ މިކަހަލަ ކަންތައް ނިންމަނީ؟
މިވެރިކަމުގައި މިހާރު ކިތައްފަހަރު ތޯ ބްރިޖް އެޅުމަށް ދުވަސްތަކާއި،އަހަރުތައް ބުނަމުން އެކިއެކި ކުންފުނިތަކުން ލައްވާ ސޮއިކުރުވާހެދީ އަނެއްކާމުވެސް މިހާރު މިބުނަނީ ކޮންމެވެސް ކުންފުނިތަކެއް ސައުގުވެރި ވެއޭ
ދިވެހި ސަރުކާރު މިހާރު ހިނގަނީ އިންޑިއާ ހައިކޮމިޝަންގެ ދަށުންތޯ؟ (މި ސުވާލު މަބްރޫކް އާއި ކުރެއްވުން އެދެން)
އިންޑިޔާގަ މަގުހުރަސް ބްރިޖް އިންޑިޔާގެ ކުންފުނިންއަޅާނެ ނުނިމިގެން އުލެނިކޮށް ވެއްޓޭނެ.މިއީ ވެފާހުރި ކަންކަން. އިންޑިޔާގެ ކުންފުންނަކުންރާއްޖގަ ބްރިޖްއަޅުވާކަށް ނުވާނެ. އިންޑިޔާގެ ކޯރުތަކުގަ ބްރިޖްއަލަނީވެސް ޗައިނަގެ ކުންފުނިތަކުން.
މަވެސް ސައުގު ވެރިވަން.އަދިވެސް ސައުގުވެރިވަނިދޯ.އިންޑިޔަން ހައިކޮމިސަން މެދުވެރިކޮށްގެން ރާއްޖޭގަ ބްރިޖް ނަޅުވާ.
ތި ހެދޭނެބާ؟! ޢަބަދު ބޮޑުސުރުޙީ އަޅާ އާޅާ ތިބޭ!!
ޖާދޫގަރުންގެ 5 ކުންފުނި އޮތީ އިންޑިއާ ހައިކޮމިސަނުން ހޮވާފަ. މަގާތަށް އަންނަނީ ހަމަ ހިނި. ޙހހހހހ
އިންޑިޔާ ހައިކޮމިޝަނުންތަ ހުރިހާ މައުލޫމާތެއް ދެނީ؟ އިންޑިޔާގެ ނާގާބިލް ކުންފުނި ތަކާ ބުރިޖް ހަދަން ހަވާލު ނުކުރިއްޔާ ރަންގަޅީ، އެމީހުން ހެދީމަ ހުންނާނެ ގޮތް އެނގޭ، އަދި މިވެރިކަމުގަ ބުރިޖް ނުހެދުނިއްޔާ ރަންގަޅީ، ޔާމީންގެ ވެރިކަމެއްގަ ބުރިޖްވެސް ހެދޭނީ
ދިވެހި ގައުމު ހިންގަނީ އިންޑިޔާ އެމްބަސީ އިންނޭ ބަޔަކު ކިޔަނީ ކިޔަންވެގެން.
އެއޮށް ބޮޑު ލޯނު ދައްކަން އެންމެ 5 އަހަރު؟ އަހަރެމެންގެ ދުވަސް ދިޔައީ. ގެއެއް އަޅަށް ރާއްޖެ ބޭންކުން 15 އަހަރުދޭ. މީދެން ބޮޑުވަރު. ތިހާ ކުރުމުއްދަތުގެ ލޯނު ނަގައިގެން ތިހާ ބޮޑެތި ޕްރޮޖެކްޓްތައް ހިންގީމަ ވާނެގޮތް ވިސްނާލާ