މި ސަރުކާރު ނުހިންގި "ދަބަރަށް" ވެ ނިމިފައިވާ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ.
މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރު ނުހިނގި "ދަބަރަށް" ވެފައިވާއިރު ރައްޔިތުން މިހާރު އުންމީދު ކުރަނީ އާ ވެރިޔަކު ގައުމުގެ ހިންގުމާ ހަވާލުވެ ބުރަކި ޖެހިފައިވާ ކަންކަން ހިނގައިގަންނާނެ ދުވަހަކަށް ކަމަށެވެ.
އެމްޑީޕީއަކީ "ސްލޯ" ނުވަތަ ނަތީޖާ ނެރުމުގައި ލަސްކަމެއް އުޅުއްވާ ލީޑަރުން އުފައްދާ ޕާޓީއެއް ކަމަށާއި އެމްޑީޕީގެ ލީޑަރުންނަށް އެންމެ ބޮޑަށް ފާޑުކިޔަނީ ވެސް އެމްޑީޕީގެ ސަޕޯޓަރުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕިއަކީ ސްލޯ ކަންނުވާ ލީޑަރުން އުފައްދާ ޕާޓީއެއް، ސަރުކާރަށް މިހާރު އެންމެ ގަދައަށް ބަވަނީ ވެސް އެމްޑީޕީ ކުދީން،" މަލީހް ކުރެއްވި ޓްވީޓްގައިވެއެވެ.
ސަރުކާރު ނުހިންގި ދަބަރައްވެ ނިމިއްޖެ. މިހާރު ރައްޔިތުން އުންމީދު ކުރަމުންދަނީ އާވެރިޔަކު ޤައުމު ހިންގުމާ ހަވާލުވެ ބުރެކިޖެހިފައިވާ ކަންކަން ހިގައިގަންނާނެ ދުވަހަކަށް. އެމްޑީޕީއަކީ ސުލޯ ކަންނުވާ ލީޑަރުން އުފައްދާ ޕާޓީއެއް.ސަރުކާރަށް މިހާރު އެންމެ ގަދަޔަށް ބަވަނީ އެމްޑީޕީ ކުދީން.
— Mohamed Maleeh Jamal (@maleehjamal) May 2, 2021
ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުން މަލީހް ދުރުކުރީ، ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ފާސްކޮށްގެންނެވެ. އޭގެ ފަހުން އެމްޑީޕީގެ މެންބަރުންނަށް މަލީހް ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އޭގެ ދުވަސްތަކެއް ނުވަނީސް މަލީހް ވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ކެމްޕޭން ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. މަލީހް ހުންނެވީ ވެރިކަން ކުރާ ކޯލިޝަންގެ ޖުމްހޫރީ ޕާޓީގައެވެ. އެ ޕާޓީއިން މަލީހް ވަކިކުރަން ޕާޓީގެ ކައުންސިލަށް ވަނީ ހުށަހަޅައިފައެވެ.
ތިވެސް ދަބަރަށްފޮޅިފަ ހުރި ގޮލައެއް، ބާދަގަނޑަށް ކިރާލަންވެފަ ހުރި ގޮލައެއްތީ، ފާޑުފާޑު އަނގައެބަ ތަޅައެއްނު އަދި، ބޭރުކޮށްލީމަވެސް
ތިހުންނެވީ އެއްކަމެއްވެސް ނުވެގެން ވަކިކޮށްފަ..ދެންވެސް ބޭޒާ ރުވާން ނޫޅެ ހިމޭނުން ހު ރެވޭތޯބަލާބަލަ
ހަޔާތްކުޑަ ލަދުކޮބާ ކަލޭގެ އިންޓަރނެޓްގައި ދަބަރު ޖަހުވާފަ ތިދިޔައީ. ހަޔާތްކުޑަ
ދޮން ކަލޯ ރޯދައ ތަ؟
ވަރަށް ރަނގަނޅު ވާހަކައެއް. އެމްޑީޕީ އަކީ ޖަމަލު ފޮޑިއެއް. މުޒާހަރާކޮށް އަލިފާން ބޯޅަ އުކައި ސަޅި ބައިސާ ކަނޑަން ފިޔަވައި އެހެން އެއްވެސް ކަމެއް ދަންނަ ލީޑަރުން އުޅޭ ޕާޓީއެއްނޫން. އެންމެ ވަނދުފޮޅޯ ޕާޓީ.
ދަބަރަށްވާތަން އަންނަރިޔާސީ އިންތިހާބުގައި ﷲއިރާދަކުރެއްވީޔާފެނިގެންދާނެ ވަގުންނަކަށްފުރުސަތެއްނެތް
ސަރުކާރުން ކަމެއްނުވީމަ މަލީހުގެ ބޮލަށްކަނޑާލީ ފިކުރާބުއްދި ހުރެގެންދޯ ސަރުކާރުހިންގޭނީ ސޯލިހުއަށް ވެރިކަން ނުހިންގޭނެއޭ ރަށްޔަތުންބުނަނީ އެހެންވެދީ.
ކަލެއަށް ނުވި.. ކަލެއަ ކަށް ނުވާނެ...ޕޕއމ ގަވެސް ފެއިލް ...އމޑޕ ގަ ވެސް ފެއިލް...އިހުލާސްތެރި ކަމެއްނެތޭ..