ރާއްޖެ ގެނައުމަށްޓަކައި ފައިސާ ދެއްކި ކޮވިޝީލްޑް ވެކްސިންގެ 700،000 ޑޯޒް އަންނަ ޖުލައި މަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެއެވެ.

ޕީއެެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ނަސީމް ވިދާޅުވީ، ރާއްޖެއަށް ވެކްސިން ހުސްވުމުގެ ބިރެއް ނެތް ކަމަށާއި، ސަރުކާރުން ފައިސާ ދައްކާފައިވާ 700،000 ޑޯޒް ވެކްސިންވެސް އަންނަ ޖުލައި މަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދަތިކަމެއް ނެތި ވެކްސިން ދެވޭ ވަރަށް ރާއްޖޭގައި ވެެކްސިން ހުރި ކަމަށެވެެ. އަދި ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނިން ގަނެފައިވާ ވެކްސިން އަންނަ މަހު ލިބި އެެ ވެކްސިންތައް އާންމުންނަށް ދިނުމުގެެ މަސައްކަތްވެސް އަންނަ މަހު ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖޫން މަހު ކޮން އިރެއްގައި ކަމެއް އަދި ނޭނގެ. އެކަމަކު ލިބުނީމާ ތަންކޮޅެއް ހިތްހަމަޖެހިގެން މިކަމާ އުޅެވޭނެ،" ނަސީމް ވިދާޅުވިއެވެ.

ރާއްޖެއިން ވަނީ މީގެ ކުރިން ކޮވިޝީލްޑް ވެކްސިނުގެ 300،000 ވެކްސިން ގަތުމަށް އިންޑިއާ އަށް ފައިސާ ދައްކާފައެވެ. އެގައުމުން އަދި ލިބިފައި ވަނީ 100،000 ޑޯޒް ވެކްސިނެވެ. މިނިސްޓަރު ވިދާޅުވީ 16-18 ދެމެދުގެ ކުދިންނަށް ހާއްސަކޮށް ފައިޒާ ވެކްސިން ވެސް ގަތުމަށް ނިންމާފައިވާކަމަަށާއި، އެ އުމުރުފުރައިގެ 12،000 ކުދިން އެބަތިބި ކަމަށެވެ.

ރާއްޖޭގެ ޖުމްލަ އާބާދީގެ 52 އިންސައްތަ އަށް މިހާރު ވަނީ ވެކްސިންދީފައެެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި އަމާޒަކީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި އަދަދު 70 އިންސައްތައަށް އިތުރުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޖާބެ

    ތިޔަ އައްނާނެބާ ، ނޫނީ އެކައުންޓް ނެންގި ފައިސާ ގެއްލޭ ސަރުކާރު މިޢި

    • ދީދީ

      ކޮން އަހަރެއްގެ ޖުލައި ބާ؟؟؟

  2. ކޮރަލް

    ނަސީމް ކިއު އަށް ގޮސް މާލަސް ވެއްޖެ އޭ ދެން ކިއު ބަންދު ކުރާށޭ ބުނެފަ އެބަ ހުއްޓެވެ. މީނަ ބޭނުންވަނީމިކަ ލަސް ކުރާށެވެ. އޮޅުންފިލުވަ ބަލާށެވެ.

  3. މޮޔަގޮލާ

    ދެން އެ ބުނާ 8 ހަފުތާ ހަމަވެ 12 ހަފުތާ ހަމަނުވަނީސް ތިޔަ އެއްޗެއް އަތުޖެހޭނެބާ؟ މިހާރު ވެސް ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފުތާވެފަ 2 ވަނަ ޑޯޒް ނުލިބިފަ އެތައްހާސް ބަޔަކު އެބަތިބި. އެކްސްޕަޔަރ ވާން ކަިރިވެފަ ތިބޭ ދެބަދިހާރުންނާ ކަންކަން ހަވާލުކުރީމަ ވާނީ މިހެން.

    8
    2
  4. އިސްމާޢިލް

    ލިބޭނެ ބާ !

  5. މަބޭ

    ހިލޭވެކްސިން ދިނީޔޭކިޔާ ހެދީދޮގު

    10
  6. މޮހޮނު

    ކަންނެލި ދޯންޏެއްގަ 2 ފިސްޓަން އިންޖީނެއް އެޅުމުން ވާގޮތް މިވަނީ

  7. ބުއްޅަބޭ

    ތި ހިސާބަށް އަންނައިރު ތީގެ ބޭނުމެއް ނޯންނާނެ! އާ ވެކްސިނެއް ހޯ ދަންޖެހިފަ އޮންނާނީ!

  8. ޢަގު

    ޢަގު ހާމަ ކުރޭ..

  9. ޢަހުމަދު1

    މިހާރު ރައްޔިތުންގެ އެދުމަ ކީ ހަތް ލައް ކަ ޑޯސްގެ ބަދަލުގައި މިހާރު ނުޖެހި ހުރި 100000 ޖެހޭނެ ގޮތެއް ހޯދުން

  10. ޒަރިޔަންދު

    ތި އަންނާނެބާ؟ މި ހެޑިން ސުކުރީން ޝޮޓްނަގައިގެން ތިބޭ.ޖުލައި މަހުގަ އިވޭނީ ތި ގަންނަށް ފައިސާދިން ކުންފުނި ވެކްސިން ހެދުން ހުއްޓާލާފައި އިމާރާތްވެސް ތަޅާލައިފިއޭ.އެމީހުންގެ ލަކުންވެސް ނެތި އެޑުވާްންސް އަށް ދިން ބިލިޔަން އަށް ވޯގޮތެއް ނޭގޭ ކިޔާ ގޮވާ އަޑު.ވަގުން ވައްކަން ކުރަނީ.

  11. ކެހި

    ނަންނޯޓްކޮށްގެންނޭޖެހެޭނިި މިީއީބާހަމަގޮތަކިީ

  12. ކެނެރީ ބުއްދާ ބުނު އެލެކްސް

    އަބަދުވެސް ފައިސާ ދައްކާފަ ލިބޭނެ ލިބޭނެ. 2023 އަންނައިރު ލިބޭވަރު ވާނެބާ. ވެންޓިލޭޓަރުވެސް ލިބޭނެ. ފުލެޓްވެސް ލިބޭނެ. އިންޓަނެޓް އަގު ވެސް ހެޔޮވާނެ. މާލެ ގުޅިފަޅު ބުރިޖް އެޅޭނެ. ނުވީމަ ކުރީ ސަރުކާރު ކުރީ ސަރުކާރު. މޮޔަވެދާނެ.