ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނިގެން އޭނާގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އަލުން ބަލައިދިނުން އެދި އަނެއްކާވެސް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މީގެ ކުރިން ވެސް އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް 2016 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމީ އެމައްސަލަ ބަލައި ނުގަތުމަށެވެ.
ނާޒިމްގެ މައްސަލަ ނުބަލަން ސުޕްރީމް ކޯޓުން ކުރިން ނިންމީ ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ވެސް ފެނިފައި ވަނިކޮށެވެ. އަދި އެމައްސަލައިގައި ނާޒިމްގެ ފަރާތުން ކޯޓަށް ހެކިބަސް ދިނުމަށް މީހެއްގެ ނަން ވެސް ހުށަހަޅާފައި ވަނިކޮށެވެ.
ނާޒިމްގެ މައްސަލަ ނުބަލަން ނިންމި ނަމަވެސް ސުޕްރީމް ކޯޓުން މިއަހަރުގެ ފެބްރުއަރީ 01 ގައި ނެރުނު އާދަޔާއި ހިލާފު އަމުރުގައި ނާޒިމް މިނިވަން ކުރަން އަމުރު ކޮށްފައިވެއެވެ. ފަހުން ސުޕްރީމް ކޯޓުން ވަނީ އެއަމުރު ބާތިލް ކޮށްފައެވެ.
ނާޒިމްގެ މައްސަލަ އަލުން ބަލައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ އާހެކިތަކަކާއި އެކު ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.
ސުޕްރީމް ކޯޓުން ގޮތެއް ނިންމާ މައްސަލަތައް އެކޯޓުން އަލުން ބެލުން އެއީ މީގެ ކުރިން ކޮށްފައިވާ ކަމަކަށް ނުވިނަމަވެސް އެކަން ކުރަން ސުޕްރީމް ކޯޓަށް ޤާނޫނީ ހުރަހެއް ނެތް ކަމަށް ވަކީލުން ވިދާޅުވެއެވެ.
ގިނަ ދުވަސްތަކަކު ނާޒިމް ގޭބަންދުގައި ހުންނެވި ފަހުން ފެބްރުއަރީ 01 ގައި އަމުރު ނެރުމާއި އެކު އޭނާ ވަނީ އަލުން ޖަލަށް ގެންގޮސްފައެވެ.
ނާޒިމް ގެ ކޮޓަރީގަ އޮތް ފިސްތޯލައިގާ އެހެން މީހެއްގެ ފިންގަރޕްރުންޓް ހުރިކަމުގާ ވިޔަސް އެ ފިންގަރޕްރިންޓް ހުރިމާހާ ނުވަތަ އެނޫން މީހަކު ވިޔަސް އެއީ އެމީހެއްގެ އެއްޗެއްކަން ބުނެދީ އިއުތިރާފް ވެ އަދަބު ކަނޑައެޅުމުގެ ކުރިން ނާޒިމްގެ ކޮޓަރިން
އެފިސްތޯލަ ފެނުނު ނަމަ އެޒިންމާ ނާޒިމްގެ ކިބަޔަކުންނުކެނޑޭނެ.
ކާނަލް ނާޒިމް އެފަދަ ކަމެއް ނުކުރާނެކަން ބްރޯގެ ޖަރީމާއެއްކަން އޭރުވެސް އެނގޭ..ބްރޯގެ ޑީއެންއޯ/ފިންގާޕްރިންޓް ފެނުނީމަ އެކަންޖެހޭ އަލުންބަލަން..ކުށެއްނެތް މީހެއް އެއީ..އެކަމު އަންނި އެއީ ކުރި ކުށެއް އެންމެން ކުރިމަތީ، މައުމޫނު ކުރިކުށެއް ކަން ލީކުވީ ބަޔާންތަކުން އެގޭ..ފަނޑިޔާރުގޭގެ ހުރުމަތްކެނޑި ދެގާޒީންނަށް ހަލާކު ހުރި، ލީކުވި ބަޔާންތަކުން އެނގޭ..އަޅުގަނޑަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ތާއީދުކުރާ މީހެއް ނޫން
އަޅުގަނޑު ވިޔަފާރި ކުރާ އަމިއްލަ ފިހާރައަށް މުދައު ގަތުމަށް އަޅުގަނޑު މާލެގޮސް އަމިއްލައަށް ފައިސާ ދައްކައި މުދާ ގަނެގެން ރަށަށް ގެނެސް އަޅުގަނޑު ސޭޓަކަށް އިންނަ އަމިއްލަ ފިހާރައިގެ ހަރުގަނޑު މަތީ އެހުރި އަލަނާސި ދަޅު ތަކުގައި އަޅުގަނޑުގެ ފިންގާ ޕްރިންޓެއް ނުހުންނާނެ. އެ ކޭސް ކަނޑައިގެން ހަރުގަނޑުމަތީ އަތުރައި ދިނީ އެރޭ އަޅުގަނޑާ އެކު ފިހާރައަށް އައިސް ހުރި ރައްޓެއްސެއް. އަޅުގނަޑު ކުރި މަސައްކަތުގައި އޭނަވެސް ބައިވެރިވީ.