ފުލުހުންގެ އަތުގައި އަނިޔާވެރިވުމުގެ ލައިސަންސް އޮތް ކަމަށް ދެކުން ހުއްޓުވަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެެއްޖެއެވެ.

މަސައްކަތުގެ މާހައުލުގައި ކުރަމުންދާ ޖިންސީ ގޯނާ ހުއްޓުވާލުމަށް ގޮވާލާ ރޭ ބޭއްވި މުޒާހަރާ ރޫޅާލުމަށް މުޒާހަރާގެ ބައިވެެރިންނަށް ފުލުހުން އަނިޔާކުރި މައްސަލައަށް އިޝާރާތް ކުރައްވައި ޑރ. ޖަމީލް ވިދާޅުވީ، ފުލުހުން ތިބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ "ފިނޑި ސިޔާސަތު" ދިފާއުކުރުމަށް ފޫގަޅައިގެން ކަމަށެވެ.

މި ވެރިކަން ފެށުނީއްސުރެ އަންނަނީ ސުލްހަވެރި އިހުތިޖާޖުތަކުގެެ ބައިވެެރިންނަށް އަނިޔާކުރަމުން ކަމަށާއި ފުލުހުންގެ ތެރޭގައި ޣައިރު ގާނޫނީ އާންމުވަމުން އަންނަނީ ބިރުގަންނަ މިންވަރަށް ކަމަަށެވެ. މިކަން ހުއްޓުވުމަށް ފުލުހުން އަތުގައި އަނިޔާކުވެެރިވުމުގެ ލައިސަންސް އޮންނަ ކަމަށް ދެކުން ހުއްޓުވަން ޖެހޭ ކަމަށް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.

ރޭގެ މުޒާހަރާގެެ ބައިވެެރިންނަށް ފުލުހުން އަނިޔާކުރި މަައްސަކަ ވަނީ ހޫނު ވެެފައެވެ. ފުލުހުންް ވަނީ ރޭ އެއްވުމުގައި ތިބި އަންހެނުންނާ ދެކޮޅަށް އެކަށީގެންވާ މިިންވަރަށްވުރެ ބާރުގެ ބޭނުން ކޮށްފައެވެ.

މީގެ އިތުރުން މުޒާހަރާގެެ ތެރެއިން އަންހެނެއްގެ ދެއަތް ފުރަގަހަށްލާ ބިޑި އަޅުވާ ބިންމައްޗަށް ވައްޓާލި މައްސަލަ ވެސް ވަނީ ފެންމަތިވެެފައެވެ.

ރޭ މުޒާހަރާ ކަވާކުރުމުގެެ މަސައްކަތް ކުރަމުން ދިޔަ ނޫސްވެެރިންނަށްވެެސް ފުލުހުން ވަނީ އަނިޔާކޮށްފައެވެ. މި މައްސަލަ މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެެމްޖޭއޭ) އަދި މީޑިއާ ކައުންސިލުން ވަނީ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލްޖިބްރާ

    ޔާމީނުގެ ވެރިކަމުގައި ރައްޔިތުން ގައިގަ ފިރުމީ ދޮތަ ؟ އޭރުވެސް އާއްމުންނަށް އަނިޔާކުރީ ސިފައިން ނާއި ފުލުހުން ! މިހާރުވެސް އެކަން ކުރަނީ އެމީހުން ! އަނިޔާ ކުރާމީހުންނަށް ދެވޭނެ އެއްވެސް އަދަބެއް މިޤައުމުގަ ނެތް ! އަނިޔާކޮށްގެން އަދަބުދޭނަމަ އެންމެ ފުރަތަމަ އަދަބު ދޭން ޖެހޭނީ މައުމޫނު އަށް އަދި ޔާމީނުއަށް !

  2. ކަޅުބެ

    ސޯލިހު އަށް ރަށްޔަތުންގެ ގަޔަށް އަރައިގަނެވިއްޖެކަމުގައި ޔަގީން ސޯލިހޫ އެހެންދުވަހެއް އޮތްކަން ހަނދުމަނެތުނީތޯ ވެރިކަމުންދުރުނުވެ ތާއަބަދު ހުރެވޭނެކަމުގައި ދެކުމަކީ ބިލާހެކެވެ ފުންކޮށްވިސްނަވާށެވެ.

  3. ވގ

    ފުލުހުން ނައް ނުކިޔަމަންތެރިވީމަ ދެންޖެހޭނި ބާރުގެބޭނުން ކުރަން މިދުވަސްވަރު މުޒާހިރާއެއްނުކުރެވޭނެ ބޮޑިބަތް