ޕޯސްޓެއް ޝެއާކޮށްގެން ސަފާރީއެއްގައި ހިތްގައިމު ރޯދަ ވީއްލުމެއް ލިބޭ ޕްރޮމޯޝަނެއް ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްރޯ އިން ފަށައިފިއެވެ.

ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްރޯ އިން ބުނީ، "ޝެއާ އެންޑް ވިން" ގެ ނަމުގައި ކުރިއަށްގެންދާ މި ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން، ރަަމަޟާން މަހުގެ ކުރިއަށް އޮތް ދެ ހަފްތާގައިވެސް ހިތްގައިމު ސަފާރީއެއްގައި ހިލޭ ރޯދަ ވީއްލުމެއް ދޭން ނިންމާފައިވާ ކަމަށެވެ.

މި ރޯދަ ވީއްލުން ބޭނުންވާ ފަރާތްތަކުން ޖެހޭނީ "ވަގުތު"ގައި ޝާއިއުކޮށްފައިވާ މި ހަބަރުގެ ފޭސްބުކް ޕޯސްޓް، "ވަގުތު" ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ޝެއާ ކުރާށެވެ.

"އެ ހަބަރު ޕޭޖުން ޝެއާ ކުރާ މީހުންގެ ތެރެއިން ކޮންމެ ހަފްތާއަކު ހޮވޭ މީހަކަށް ލިބެނީ އިތުރު މީހަކާއެކު ރޯދަ ވީއްލުމަކަށް ސަފާރީއަކަށް ދިއުމުގެ ފުރުސަތު،" ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްރޯއިން ބުންޏެވެ.

Mi Post Share Kohgen Safari Ehgai Hihgaimu Roadha Veellumeh!

ޕޯސްޓެއް ޝެއާކޮށްގެން ސަފާރީއެއްގައި ހިތްގައިމު ރޯދަ ވީއްލުމެއް!

Posted by Vaguthu on Sunday, May 2, 2021

ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްރޯ އިން މި ރަމަޟާން މަހާއި ދިމާކޮށް ދިވެހިންނަށް ސަފާރީގައި ރޯދަ ވީއްލުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ. ދިވެހިންނަށް ޚާއްސަ ޕެކޭޖްތަކެއްގެ ދަށުން، ކަނޑުމަތީގައި ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭ ފުރުސަތު މި ސަފާރީން ރަމަޟާން މަހުގެ ނިޔަލަށް ލިބޭނެއެވެ.

މިއީ ކަނޑުމަތީގައި ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭނެ ރަނުގެ ފުރުސަތެކެވެ. ކަނޑުގެ މަޑު ރާޅު މަތީގައި ދަތުރުކުރަމުން ދާއިރު، ކެއުމަށް އިންސާފު ކޮށްލަންވީ އެވެ. އިރުއޮއްސޭ ހިތްގައިމު މަންޒަރުވެސް ބަލަމުންނެވެ.

މާލެ އާއި ހުޅުމާލޭގެ ހިތްގައިމު މަލަމަތި ފެންނަ ސަފާރީ ދަތުރަށް ހާއްސަކޮށްފައިވާ އެ ސަފާރީއަކީ ޖާގަ ތަނަވަސް ލަގްޒަރީ ފެންވަރުގެ ސަފާރީއެެވެ. އާއިލާއެކު ވަގުތު ހޭދަކޮށްލަން މިއީ "އެއްވަނަ" އެވެ. ރޯދަ ވީއްލުމާއި ޚިދުމަތްދިނުމުގެ ފެންވަރުވެސް ހުރީ އެހާ ފުރިހަމަކޮށެވެ.

ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްރޯ އިން ހުށަހަޅާ ސަފާރީ ރޯދަވީއްލުމުގެ ޕެކޭޖްގެ ދަށުން ގްރޫޕްތަކަށް ވެސް ރޯދަވީއްލުން ތައްޔާރު ކުރެވެއެވެ. މި ޕެކޭޖްގެ އަގަކީ މީހަކަށް 550 ރުފިޔާއެވެ.

ވޮޑަމުއްލާ ކެފޭ އިން ބުނެފައިވަނީ، ސަފާރީގައި ޖާގަ އޮތް މިންވަރަކުން ކުރީބައިގައި ބުކްނުކުރާ ފަރާތްތަކަށްވެސް ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން ރޯދަ ވީއްލާ ވަގުތުގެ 24 ގަޑިއިރު ކުރިން ގުޅައި ޖާގަ ހުރިތޯ ބެލޭނެއެވެ. ކުރީބައިގައި ބުކް ކުރެވޭ މި ޕެކޭޖްގެ އަގަކީ 450 ރުފިޔާ އެވެ.

ސަފާރީގައި ރޯދަ ވީއްލުމުގެ މި ޕެކޭޖު ނަގާ ފަރާތްތަކަށް ހަތަރު ގަޑިއިރު ސަފާރީގައި މަޑުކޮށްލުމުގެ ފުރުސަތު ލިބެއެވެ. ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ސަފާރީގައި ތިބުމުގެ ފުރުސަތު މި ޕެކޭޖުން ލިބޭއިރު، ސަފާރީގައި ތިބެގެން ނަމާދު ކުރެވޭނެ އިންތިޒާމުވެސް ހުރީ ހަަމެޖެހިފައެވެ.

މި ފުރުސަތު ބޭނުންވާ ފަރާތްތަކަށް ރޯދަވީއްލުން ބުކް ކުރުމަށް މިހާރު ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޖާގަ ބުކް ކުރުމަށް 7651313 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.