ލ. މާވަށު ކައުންސިލްގެ ރައީސްގެ ވޯޓުގެ ޖުމުލަ ނަތީޖާ ކަނޑައެޅުމުގައި އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގެންދަނީ އެ ކަމުގައި މަޝްވަރާ ކުރައްވަމުން ކަމަށް އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގައި، މާވަށު ކައުންސިލްގެ ރައީސްގެ ވޯޓުގެ ނަތީޖާ ވަނީ ހަމަހަމަވެފައެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް އަޙްމަދު މޫސާއާއި، އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޢަބްދުލް ރަޙްމާނަށް ވެސް ލިބިވަޑައިގަތީ 525 ވޯޓެވެ. މީގެ އިތުރަށް މާވަށުގައި ބަހައްޓާފައި ހުރި ދެ ނަންބަރު ވޯޓު ފޮށްޓަށް މާވަށު ނޫން މީހަކު އެއަށް ވޯޓް ދީފައިވާތީ އީސީއިން ނިންމީ ހަމައެކަނި އެ ވޯޓް ފޮށީގެ ވޯޓް ލުން ދެވަނަ ފަހަރަށް ބޭއްވުމަށެވެ.

އިއްޔެ ދެވަނަ ބުރުގެ ވޯޓް ލުން ކުރިއަށް ދިޔައިރު، ޕީޕީއެމްގެ ކެންޑިޑޭޓް އަޙްމަދު މޫސާއަށް ލިބިވަޑައިގަތީ 218 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޢަބްދުލްރަޙްމާނަށް ލިބިވަޑައިގަތީ 232 ވޯޓެވެ. އޭރުން ޖުމުލަ ނަތީޖާއަކުން ކުރި ލިބެނީ މިހާރު ވެސް މާވަށު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އަޙްމަދު މުސާއަށެވެ. އެއީ 557 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަންނަވަނީ 531 ވޯޓެވެ.

އެހެން ނަމަވެސް ކުރިން ނަތީޖާ ހަމަހަަމަވެފައިވާތީ ހަމައެކަނި އިއްޔެ ވޯޓްލީ ފޮށީގެ ނަތީޖާ ނުވަތަ ދެވަނަ ބުރުގެ ނަތީޖާއަކީ ފަހުގެ ނަތީޖާގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތެރެއިން މައުލޫމާތު ވަނީ ލިބިފައެވެ. އެކަމާ ނުރުހި މާވަށުގައި ރޭގެ ވަގުތެއްގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ މިއަދު 2:30 ގައި ބައްދަލުކުރައްވައިފައެވެ. އެއަށް ފަހު އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ބައްދަލު ވުމެއް ފަށައިގެން ކުރިއަށް އެބަ ދެއެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް "ވަގުތު" އަށް ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީގެ ކަންބޮޑުވުންތައް ބަލައިގެންފައިވާ ކަމަށެވެ. އަދި މާވަށު ކައުންސިލްގެ ރައީސްގެ ޖުމުލަ ނަތީޖާއާ މެދު އެ ކޮމިޝަނުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމާ ގުޅޭ ގޮތުންނާއި އަދިވެސް އެހެން ކަންކަމުގެ މަޝްވަރާއަށް އީސީގެ މެންބަރުންގެ ބައްދަލުވުމެއް ކުރިއަށްދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަދި އަޅުގަނޑުމެން ވަކި ގޮތެއް އޭގަ ނުނިންމަން، އަޅުގަނޑުމެން މި ދަނީ މަޝްވަރާ ކުރަމުން،" ޝަރީފް ވިދާޅުވިއެވެ.

މާވަށު ކައުންސިލްގެ ރައީސްގެ މަގާމު ދެވަނަ ދައުރަކަށް ދިފާއު ކުރެއްވި އަހްމަދު މޫސާ "ވަގުތު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ދެވަނަ ބުރުގެ ނަތީޖާ ކަމަށް ބުނެ އީސީގެ ތެރެއިން މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް އަހްމަދު މޫސާ ވިދާޅުވިއެވެ. މި ގޮތުން ދެ ނަންބަރު ފޮށްޓާ ހަވާލުވެ ހުންނެވި ފަރާތުން ގުޅުއްވައި އެ ގޮތަށް މައުލޫމާތު ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

"ގުޅާފަ މި އަންގަނީ، ނަތީޖާގެ ގޮތުގައި ދެން އިއުލާން ކުރާނީ ދެވަނަ ބުރުގެ ނަތީޖާއޭ، އެކަމަކު އަޅުގަނޑުމެންގެ ފަރާތުން މި ފާހަގަކުރާ ނުކުތާއަކީ އެއީ މާވަށު ރައްޔިތުންގެ މުޅި ނިންމުމަކަށް އޭރު ނުވާނެއޭ، ހަމައެކަނި ދެވަނަ ނަންބަރު ފޮށީގެ ވޯޓް ލުން އަލުން ކުރިއަށްދާ ނަމަ، ކުރިން ދެ ނަންބަރު ފޮށި ބާތިލްކޮށްފައޭ އަލުން އޭގެ ވޯޓް މި ލަނީ، އެހެން ވެއްޖެނަމަ އެހެން ފޮށިތަކުގެ ނަތީޖާއާއި މި ނަތީޖާ އެއްކޮށްފައޭ ޖުމުލަ ނަތީޖާ އަންނަނީ،" އަހްމަދު މޫސަގެ ކަންބޮޑުވުން ތަފްސީލް ކޮށްދެއްވިއެވެ.

އަހްމަދު މޫސަ ވިދާޅުވި ގޮތުގައި، މާވަށު ރައްޔިތުންގެ ފަރާތުން އެހާ ސާފުކޮށް ހާމައަށް ފެންނަ ގޮތަށް ނިންމާފައިވާ ނިންމުމެއް، އެއްވެސް "ތާކުން ތާކު ނުޖެހޭ" އުސޫލެއްގެ މައްޗަށް އީސީއިން ބަދަލު ކުރާނެ ކަމަށް އޭނާ ޤަބޫލެއް ނުކުރައްވައެވެ. ބަދަލުކޮށްފިނަމަ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ވޯޓް ލުން ގެންދަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ދެވަނަ ބުރުގެ އިންތިހާބުގެ ނަތީޖާ އިއުލާން ކުރާނެ ވަގުތެއް އަދި އިލެކްޝަންސް ކޮމިޝަނުން އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މަބޭ

    ވޯޓްވަގު އީސީ

    27
    1
  2. ތަހުތު

    ގޮތެއްނިންމާފައެއޮތީ( 557ޕޕމ)531އމޑޕ)

  3. ައަލިި

    މަސްވަރަކުރުމެއް ނެއް ރައަޔިތުންނިންމައިފި އެއި ފަހުގެ ނިންމުން

  4. އަހުމަދު

    އެމްޑީޕީ އެކަކު އިން ރިސޯޓެއްގެ ވޯޓްލާފަ
    އެއީ އެންމެ ފަހިގެ ނަތީޖާއަށް ނިންމާ

  5. އޭސީ

    ވޯޓުން ވައްކަންކުރަން ނޫޅޭތި މިފަހަރު ތިޔަހެން ދުލެއްނުކުރާނެކަން އީސީޝަރީފު ދަންނާތި

  6. Anonymous

    އީސީ ސަރީފު ބޮޑު ވަގު އިސްތިއުފާ

  7. ފރެއިތާ

    ހައްހައް ހައްހައް ހައްހައް ހައްހައް..ވަގަފެރެއިތާ..

  8. ޙުސޭނު

    ޖުމުލަ ނަތީޖާއަށް އީސީ އިން ގޮތެއް ނިންމާ ކަށް ނުޖެހޭ... އެއޮތީ ނިމިފަަ. ގިނަވޯޓް ލިބުނު މީހާ އެއޮތީ ފެންނަން. އެއީ އަހުމަދު މޫސާ.. ކުރިން ޕްރިންސިޕަލެއް، އަތޮޅުވެރިއެއް، މަޖިލީހު މެންބަރެއް... މިހާރު އީސީގެ ރައީސް، ހިސާބު އެނގޭނެހެން ހީވަނީ....

  9. މޫސަ

    ވޯޓްގެ ނަތީޖާެަށް ގޮތް ނިންމަން އެއީ މަޝްވަރާ ކުރަން ޖެހޭވަރުކަމެއްނޫން. އިންތިޚާބެއް ބޭއްވުމުގެ ބޭނުމަކީ އެންމެ ގިނަ މީހުން ރުހޭ މީހަކު ވެރިއަކަށް ބެހެއްޓު
    ން. އެހެންވީމާ ދާއިރާއިން އެންމެ ގިނަ ވޯޓް ލިބުނު މީހަކު ނޫނީ ނުހޮވޭނެ.

  10. ބޯހަލާކު

    2 ފޮށިން 1 ފޮށްޓަށް ވޯޓުލީމީހުންނަށް ރައީސަކު ހޮވުމުގެ ބާރުދިނުމަކީ ހޭޖެހޭކަމެއްނޫން ތިޔަށްވުރެ މާތާހިރުވީސް ކުރިން ވޯޓުލީ ފޮށިން މޮޅުވިމީހާއަށްވެސް ރައިސްކަން ދޭގޮތަށް އަދި ފަހުން ވޯޓުލީ ފޮށިން މޮޅުވިމީހާއަށްވެސް ރައީސްކަން ދޭގޮތަށް 2 ރައީސުން ބައިތިއްބިއްޔާ

  11. ސޫއޫދު

    މީއާވައްތަރެއްގެ ވޯޓެއްގުނާ ބައެއް ވޯޓްލާނިމުނީމަ ބަޔަކާމަޝްވަރާކުރާ ގާނޫނެއްއޮވޭތަ ހަވާލުކުރީގުނަން މިމީހުންބޭރުކުރަން ވޯޓެއްނަގާބަލަ ކިތައްވޯޓްތޯލިބެނީ ކުރިމަތިލާއެތައްފަހަރު ފެއެލްވެފަތިބި މީހުން ތިތަނުގަތިބި ރައްޔިތުންބަލާނުގަތްބަޔަކު ވޯޓް ގުނަން މަޖާކަމެއްމީ މިގައުމުގަ ރައްޔިތުން ވޯޓްންނޫނެކޭ ބުނެފަ ތިބިބަޔަކު އީސީގަ ދެންކިހާވަރެއްވާނެ.

  12. ޢަދުރޭ

    ތި ގޮނޑި އެއްގޮތުން ނުވިއްޔަ އަނެއްގޮތުންވެސް އެމްޑީޕީ އަށް ދިނުން ޝަރީފްގެ ބޭނުމަކީ

  13. ވިސްނާލުމަށް އެދެމޭ

    ރައްޔިތުން ގޮތެއް ނިންމީމަ އެގޮތް ކަމުނުގޮސްގެން އީސީން ނިންމަންޖެހޭނެ އެހެންގޮތެއް ނޯންނާނެ..ވޯޓުން ވައް ކަން ކުރަން މަޝްވަރާ ކުރަން ނުޖެހޭ...ރިޔާސީ އިންތިޙާބާ މަޖުލިސް އިންތިޙާބުގެ ވޯޓާމެދު ރައްޔިތުން ކުރަމުންދާ ޝައް ކު ޔަގީންވަނީ އީސީން މަޝްވަރާ ކުރަންޖެހޭ ވާހަ ކަ ބުނީމަ.. ކާ ކާ ކޮންބަޔަ ކާ މަޝްވަރާ ކުރަންޖެހެނީ..

  14. ލާމު

    ތިޔަކުނެތް މަޝްވަރާ ކުރަންޖެހޭ ކަމެއް. މައްސަލަ ޖެހުނީ އެއް ދޮށީގައި. އެފޮށީގެ ވޯޓު އަލުން ލާން ނިންމީ. އެހެން އެއްވެސް ފޮށްޓެއްގައި މައްސަލައެއް ނެތް. އެހެންވީމަ ނަތީޖާ ސާފު. ރައީސް ހޮވަން ވޯޓުދިން އެންމެންގެ ވޯޓު ގުނައިގެން ގިނަވޯޓު ލިބޭ މީހަކު ހޮވޭނީ.

  15. ކޮވިޑް

    ބަލާބަލަ އެހެރަ ހިނިތުން ވުމުގައިވެސް ހީވަނީ މަކަރުން ފުރިފަ ހުރި ހިޔަޅެއް ހެން ހުވާ. ތީހަމަ އީސީގެ މިޤައުމުގެ ހާމާން ، ރީތި ގޮތަކަށް ނިމިގެންދާ ތަން ބަލަން މިތިބީ އިންޝާ ﷲ.