ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު

ކޯޓުގެ ހުކުމަކީ ޤުރުއާނެއް ނޫން ކަމަށާއި، ނާއިންސާފުން ކުރާ ހުކުމަށް ބަސް ބުނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިގޮތަށް ވިދާޅުވީ، ޕާޓީއަކުން މެމްބަރަކު ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ އެމެމްބަރެއްގެ މަޖިލީހުގެ ގޮނޑި ގެއްލޭނެކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން ޙުކުމް ކުރިފަހުން އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ކަނބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

"ނާއިންސާފުން ހުކުމް ކޮށްފިނަމަ ބަސް ބުނާނަން. ކޯޓުގެ ހުކުމަކީ ޤުރުއާނެއް ނޫން. އޮޅުވާނުލައްވާ" ކޯޓުގެ ހުކުމަށް އިޝާރާތްކުރައްވާ ނިޒާރު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމާއެކުވެސް އިދިކޮޅު ފަރާތްތަކުން ވަނީ އެކަމާއި ދެކޮޅަށް އަޑުއުފުލާފައެވެ.

އެގޮތުން ވަކި ޕާޓީއެއް ތަމްސީލު ކުރައްވުމަށްފަހު ރައްޔިތުންގެ އިތުބާރާއެކު ވޯޓު ހޯއްދަވައިގެން، އިންތިޚާބުވުމުން ޕާޓީ ބަދަލުކުރުމުގެ މިނިވަން ލިބެން ޖެހޭނެކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ.

ނަމަވެސް ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވިދާޅުވެފައިވަނީ ރައްޔިތުން އިންތިހާބުކުރާ ފިކުރާ ހިލާފަށް ގޮނޑި ބަދަލުކުރުމަކީ މަސްލަހަތު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވޭއިރު ހުންނަ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވިޔަސް، ޕާޓީން ވަކިވިޔަސް، ވަކި ކުރިޔަސް އަދި އެހެން ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އެ ހުކުމުގައި ވަނީ ކަނޑައަޅާފައެވެ.

38 ކޮމެންޓް

 1. އިބްރާހިމް

  ކީރިތި ޤުރުއާނުގައި އޮވޭ މީހަކު މަރާލާފިއްޔާ އެކަމުގެ ޙުކުމް. ކީއްވެ އެ ޙުކުމް ތަންފީޒު ކުރުމާއި ދެކޮޅުވަނީ. މޮޔަ ނުގޮވަ މައިތިރިވެބަލަ.

 2. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އަކީ ސައްހި އެއްޗެއް ކަމަކަށް ނުދެކެން. ސަބަބަކީ އޭގެ ފުރަތަމަ މާއްދާ އާއި ދެން ހުރި ގިނަ މާއްދާ ތައް ތަަޢާރުޒު ވާތީ.

 3. ތިޔަ "ސޯކޯލްޑް" އިއްޒަތް ތެެރިން މޮޑޭމަސްގަޑެއްހެން މޮޑެގެން ނެރޭ ގާނޫގޭ ތިޔަކިޔާ އެއްޗަކައްވެސް ފާޑުކިޔޭނެ އަދި ބަސްވެސް ބުނެވޭނެ!

 4. މިމީޙުންނަށް އަނގައިން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް ކަންތަށް މިދަނީ، އަނެއްކާ ކުފުރު ނުވަށްޗޭ. ހިތާމަހުރިކަމެއް. މާތްﷲ ތިމާއަށް ދެއްވާފައިވާ ބުއްދީގެ ބޭނުން ރަގަނޅުގޮތުގައި ހިފުމަށް އިލްތިމާސްކުރަން.

 5. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ / ދަނބުފަށުވިގެ

  އެއްވެސް ހަމައެއް އުޞޫލެއްނެތި، ފާޅުކަންބޮޑު ގޮތެއްގައި، ނުބައި ޢަމަލުކުރާ މީހުންނަކީ، ސިކުޑީގެ ބަލި މީހުންނެވެ.

 6. އައްޑޫ ބެއްޔާ

  ސްޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން މަޖިލިހުގެ މެމްބަރުކަމުން ވަކިވާން އޮތީ ޕާޓީން ވަކުކުރިކަން އިލެކްޝަންސް ކޮމިޝަނުން އަންނގާ ހިސާބުން ފެށިގެން. އެހެންކަމުން ޤާނޫނޫ މާނަ ކުރުމުގައި އަނެއްކާވެސްް ތިއޮތީ މައްސަލަ ޖެހިފައި. އެބޭފުޅުން ވަކިކުރަން ޕާޓީން އިލެކްޝަނަށް ަންގައިގެން އިލެކްޝަނުން މަޖިލިހަށް ހުކުމުގެ ކުރިން އަންގާފައި ނުވާނަމަ ވަކިވާނެއެވެ.

 7. ތިޔަހެން ގަދަބަސް ބުނަން އަނެއްރާއްޖެއަށްދޭ. މިރާއްޖޭގައި އުޅެވޭނީ މިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބޯލަނބައި ޙުރުމަތްތެރިކޮށް ހިތައިގެން.

 8. މަހީހީ ގުރުއާނުގައި އަންގަވާފަ އޮންނަ ގޮތައް
  އުޅުއްވާ ބޭފުޅެއްދޯ

 9. ؟؟؟؟؟؟؟؟

 10. ލާރިކޮޅެއް ދޭނެ މީހަކު ނެތީމަ ތިހެން ތިކިޔަނީ. އަދީބު ދިން ލާރިގަނޑު ޖީބަށް ލައިގެން ބުނިހާ ގޮތަކަށް ވޯޓު ދެމުން ދިޔައިރު ކަލޭ ލަދެއް ނުގަތެއްނު. ތި ދެން ކާކު؟

 11. "ކޯޓުގެ ހުކުމަކީ ޤުރުއާނެއް ނޫން، ބަސް ބުނާނަން: ނިޒާރު" މިއިބާރާތް މިގޮތަށް ބޭނުން ނުކުރުމަށް އިލްތިމާސް ކުރަން.

 12. ދޮގެއްތަ މީ؟

  ތި ވާހަކަ އަހަރުމެން ދައްކާ ދައްކާ ބާވީ ފަހުން ކަލޯ ގޮހޮރުން އަޑު ނެރެގެން ކީކޭތަ ތި ކިޔަނީ؟ ބަލަގަ ކަލޭމެން ތަނެއް ދޮރެއް ނުދަންނަ މީހުން ހަދާ ގާނޫނަކީވެސް އެއްޗެއް ނޫނޭ މިބުނަނީ އެހެންވެގެނޭ. ތިތާ ހާލަކުން ނޫނީ "ގާނޫނު" މިހެން ކިޔަން ނޫނީ ދަންނަ މީހަކު ނެތެއްނު. ތިވެސް ރޯނުއެދުރުންގެ އެއް ގޮލައެއްނު. ގައިގަ ނެތްހާ ބާރުލައި ހުރިހާ ލޯވަޅަކުން އަޑުތައް ފަޅަފަޅައިގެން ނިކުންނަހެން ހަޅޭއް ލެވުން ނޫނީ ކަލޭ ކުރާ ކަމެއް އަހަރުމެންނަކު ނުދެކެމު.

 13. ގުރުއާނުގެ ހުކުމްތައްވެސް ބަލާހޯދާ ދިރާސާކޮށް އޮޅުން ފިލުވަންޖެހޭނެ.

 14. ކިތައްމެވަރަކަށް ބަސްބުއްޏައްސް
  އެ ޙުކުމައް ތަބާނުވެ ތަ ވައްނާނެ ވަލެއް ނޯއްނާނެ. ހެހޭ ހިހީ

 15. ތިގަޓް ހުރިމީހާ ނިކަން ތިހުރި ވަރެއް ދައްކާލަން ސްޕްރީމް ކޯޓް ހުކުމަށް ފާޑު ކިޔާލަ ބަލަ. ދޫހެލޭތީ އެއްޗެކޭ ކިޔާލަނީތާ.

 16. ބުހުތާންބެ

  މިހެންވީމަ ސުޕްރީމްކޯޓުން ކުރި ޙުކުމް ގޯހެއްނޫން. މިހުރިހާ ދުވަހު މިހީކުރަނީ މިމީހުން މިދައްކަނީ ތެދުވާހަކަ ކަމަށް. އެހެނީ މިމީހުން ކިޔަނީ ގާނޫނުއަސާސީއާ ޚިލާފު ހުކުމެކޭ. މިއަދު އެނގިއްޖެ އަދި ގާނޫނާ ޚިލާފުވުމީ ހަމަ ކުރަންޖެހެކަމެއްކަން. ގާނޫނުން މަނާކުރެވިފަވާކަމެއްގެ ވާހަކަ ބުނީމަ މިބުނަނީ ކުރާނަމޭ ، އެއީ ގުރުއަަނެއްނޫނޭ. ބަލަގަ ހުކުންވެސް އެހެންވީމަ ހިތުހުރިގޮތަކަށް ކުރަންވީތާ. އެ ގުރުއަާނެއްނޫނިއްޔަ.

 17. ކާކު ބުނީ އެތަނުން ނާއިސްނސާފް ހުކުމޭ ނެރެނީ. ހޮޅި ވާހަކަ ނުދައްކާ. އެހެން ނޫނީ ކުޑަގޮޅިއަށް ދުރުވޭ. މާ ހައިވެގެން ނެތް ފެންވަރު ދައްކަން އުޅޭ މޮޔަ ކުދިން އުޅޭހެން އުޅޭކަށް ނުވާނެދޯ.

 18. އިއްޒަތްތެރި މެމްބަރެއްވެ، މަނިކުފާނު ބޭނުންފުޅުވާގޮތަށް ލިޔެފަ ދެއްވަންވީނުންތޯ، އޭރުން ދެއްތޯ އިންސާފުވެރި ހުކުމަކަށްވާނީ. ނޫނީ އަދީބު ލައްވާ އިތުރު ސިޓީއެއް ފޮނުވަންވީނުންތޯ؟

 19. އެބުނާހެން. ރަސޫލާގެ ހަދީސްތަކާއި ޤުރުއާނަށް ހަޖޫޖަހާބަޔަކަށް ކޯޓުހެ ޙުކުމް އެއްޗެކަށް ވާނެތަ. އެމީހުންނަށްވާނީ މަޖާކަމަކަށް.

 20. ނާއިންސާފުން ހުކުމްކޮށްފިއްޔާ ބަސްބުނާނަމޭ ބުނާއިރު އިންސާފުގެ މިންގަނޑު ކަނޑައަޅަނީ މިބޭފުޅާތޯ؟ ގާނޫނުތައް ހަދަން ތިބި މީހުން ގާނޫނަށް ތަބާނުވާނަމޭ ބުނީމަ ދެން ތިބި މީހުން އެޔަށް އަމަލު ކުރާނެތޯ؟ ގާނޫނަކީ ތިމާއަށް ހެޔޮވަރުކޮށް ފަހާ ކޯޓެއްނޫންކަންވެސް ނޭންގޭ ބަޔަކު ގާނޫނުހަދަން ލީމަ ވާނެގޮތް މިފެންނަނީ.

 21. ބަސް ބުނެ ބަސް އަހާބަލަ !

 22. ކައްޓަފުޅު

  ވެރިންނަން ކިޔަމަން ވާންޖެހޭނީި ދީނާޚިލާފުނުވާނަމަ ފަހަތުބައިނުކިޔާ ތަރުޖަމާނުކުރޭ

 23. ފޭދޫ ސީދި އިބްރާ

  ނިޒާރަށް ތާއީދު.
  ތޭ އަފިރިންގެ ފަޚްރު.

 24. ކަށިނަރި ނިޒާރު / ހިތަދޫ

  ރެއާ ދެވާލި އެތައް ކަލަކި ތޯ ކީރިތި ގުރުައާނާ، ރަސޫލާގެ ސުންނަތާ ޚިލާފު ތެބެވެއި. ތަ ޕޯޑިއަމަކަށް އަރަފެއި އެރިގެން އެބޭނީ އެތަށް ބާކިންގެ މަސްކާފެއި. ވަރަށްސަލާން.

  • އައްޑޫ ބެއްޔާ

   ތޭ ހަމަ ތެދައް . ތޭ ބޯގެރިގޮސް ހިށިމީހައް. އަމެއްލަ ވިޔަފާރިއަސް ހަމަ ކޮރަޕްޝަން

 25. ހެޔޮދޯ ހޮވުނުއިރު ހުރިޕާޓީ ކަރަޕްޓްވެ ނާއިންސާފުން ކަން ކަން ކުރިޔަސް ؟
  އެއިރުން މަސްލަހަތު ހިފެހެއްޓޭނެތޯ ؟

 26. ގުރުއާން ބާވައިލެއްވީ ހިތްތަކުގެ ސިއްރު މޮޅަށް ދެނެވޮޑިގެންވާ ﷲ. އަދި ހަމަ އެހެންމެ އެ ބާވައި ލެއްވި ފޮތުގައި ވެރިންނަށް ކިޔަމަން ވާންޖެހޭ ކަމަށްވެސް އޮވޭ.

 27. މީނަ މީ ވަރަށް މައިތިރި ނުވެގެން އުޅޭ މީހެއް!! ކިހާ ވަރަކުން ދާނެބާ!!

  • ގުރުއާން ބާވާ ލެއްވުނީ ކިހިނެއް؟ ފޮތެއްގެ ސިފާގަތަ ޖިބްރީލުގެފާނު ގެންނެވީ؟

 28. ސަލްމާ / ފޯއްމުލައް

  ފައިސާއަށް ވިކޭނަން ދޯ؟ އެހެންނޫންނަމަ ޙުކުމް ގޯސް ދޮތަ؟ ބަލަގަ ޤުރުއާނުގައި ގަދަ ޢިބާރާތުން އަންގަވާފަ އެބައޮތް ބިމުގައި ފަސާދަ ނުކުރަން! ފަސާދަޔަށް މަގުފަހި ނުކުރަން! ޙަރާމް ގޮތުގައި މުދާ ނުކަން! ތެދުވެރިވަން! ދޮގު ހެކި ނުދިނުމަށާއި ދޮގު ނުބުނަން! މީސްތަކުގެ ޢަބުރާއި ޢިއްޒަތް ރައްކާތެރިކުރަން! އަލިފް ބާ ދަންނަންތަ ތަކުރާ؟

 29. އަނގަ ދިޔާމީހުންވެސް އުޅޭ އެކަމަކު މިވަރު ކަމެއް މަށެއް ނުދެކެން! ސައިޒު އެނގޭނީ ފަނޑިޔާރުގެޔަށް ހާޒިރު ކޮށް ޖަވާބުދާރީވާން ޖެހުނީމަ. ތި ހާކުރާ އަނގަ އޭރުން އޮންނާނީ ވެކިއުމް ވެފަ. އެވަރު ވާނީ

 30. އެޑްމުންޑޯ

  ނިޒާރުގެ ބަހަށް ތާއީދު ، ހިތައްއެރިހާ ގޮތަކަށް ހުކުމް ކޮށްފައި އެކަމާ ހިންހަމަ ނުޖެހި ވާހަކަ ދެއްކީމާ އިންޒާރު ދޭނަކަމަށް ބުނުން ، މިއީ ކޮންފަދަ ލާއިންސާނީ އަދުލު އިންސާފުން ބޭރު ކަމެއް

 31. ބަލަ ނިޒާރުދެން ތިޔަގޮޑިއަކަންތިޔަރައްޔަތުންނުހޮވާނެ ހަމަރުފިޔާ ހަމަވެރިކަމުގެދަހިވެތިކަން ބަލަ ތިޔަރަށައްބެލިކަމުގާވިއަސްކޮންމެކޮޅަކުންވެސް ތަރައްގީ ނަސީދުދެއްކީއަވާމެންދުރު ސަލާމް

 32. ޖަލުގައި އޮވެގެން އަދީބު ނެރުނު ބަޔާން ތަކަކީވެސް ގުރުއާނުގައި އޮތް އެއްޗެއްނޫން. ޢެހެންވީމާ އަންނިވެސް އަދީބުވެސް އޮންނަން ޖެހޭނީ ޖަލުގަ

 33. ބާރީ ޔޫސުފް

  ޤުރުއާނާއި ރަސޫލާއަށް ފުރައްސާރަކުރާ ބަޔަކަށް ކޯޓު ހުކުމް ނުވާނެ އެއްޗަކަށް.

  • ފޭކުއެއްޗެއްކަން ޔަގީންވާ ކޮންމެ އެއްޗަކާމެދު ސުވާލުކުރުމުން ޖަވާބު ނުދެވިއްޖެއްޔާ ތަބާ ވާކަށް ނުޖެހޭ