މި އަހަރުގެ ރޯދަ މަހު ދުވާލުގަޑީގައި ކައިގެން 10 މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

ފުލުހުން މިއަދު އާއްމު ކުރި ރޯދަ މަހުގެ ފުރަތަމަ 15ގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރު ރޯދަ މަހު ދުވާލު ކައިގެން 10 މައްސަލައެއް ހުށަހަޅާފައި ވެއެވެ. މިދިޔަ އަހަރު މި މުއްދަތު ތެރޭގައިވެސް ހުށަހަޅާފައި ވަނީ 10 މައްސަލައެވެ. ނަމަވެސް އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ހުށަހަޅި ވަރު ވަނީ އިތުރުވެފައެވެ. އެ އަހަރު އެފަދަ 19 މައްސަލައެއް ހުށަހެޅިފައި ވެއެވެ.

މިއަހަރުގެ ރަަމަޟާން މަަހުގެ ފުރަތަމަ 15 އާ ހަމައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލައެވެ. އެގޮތުން އެފަދަ 368 މައްސަލައެއް ހުށަހަޅާފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެ ފަދަ 156 މައްސަލަ ހުށަހަޅާފައިވެއެވެ.

ޓްރެފިކް އެކްސިޑެންޓްތަކާއި ގުޅުން ހުރި މައްސަލަތަކަކީ ތިން ވަނަ އަށް އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލަތަކެވެ. އެފަދަ 129 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ވަނީ ހުށަހަޅާފައެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ހުށަހަޅާފައިވަނީ 1352 މައްސަލައެވެ. މިއީ ފާއިތުވި ދެ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހާއި އަޅާބަލާއިރު މަދު އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަން

    ނަމާދު ނުކުރާތީ ހުށަހަޅާ މައްސަލަތައް ބަލައިގަންނާނެބާ

  2. ޛ

    ކޮބާ ހިއުމަންރައިޓްސް؟... ކޮބާ ވަ ކީލުން؟....ރައީސޫ....