ފޮޓޯ: ފޭސްބުކް

އައްޑޫ ސިޓީގައި ރޭ ތިން ކާރެއްގައި ރޯކޮށް އަންދާލިއިރު، އެ އަމަލު ހިންގާފައިވަނީ ބަންޑުހައިވެގެން ފުލުހުންގެ ކަސްޓޯޑިއަލްއަށް ދިއުމުގެ ބޭނުމުގައި ކަމަށް ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ބުނެފިއެވެ.

މިކަން ހާމަކޮށް "އައްޑޫލައިވް" ނޫހުގައި ބުނެފައިވަނީ، ކާރުތަކުގައި ރޯކޮށްލުމާއި ގުޅިގެން ފުލުހުން ހައްޔަރުކުރި ދެމީހުންވެސް އެކަމަށް އެއްބަސް ވެފައިވާއިރު، "ކާރުތަކުގައި ރޯކޮށްލާފައި ވަނީ ބަނޑުހައިވެގެން ގޮޅި އަށް ދާން ބޭނުންވެގެން" ކަމަށް އެމީހުން ތަހުޤީޤުގައި ބުނެފައިވާ ކަމަށެވެ.

ރޭ އައްޑޫ ސިޓީ ފޯލޭންޑް ސަރަޙައްދުން ތިން ކާރެއްގައި ރޯކޮށް އަންދާއިރުއިރު، މިއީ ފާއިތުވެދިޔަ މަހެއްހާ ދުވަސްތެރޭގައި ކާރުގައި ރޯކޮށްލި ތިންވަނަ ފަހަރެވެ. މީގެ ކުރިން ހިނގި މިފަދަ ދެ ހާދިސާއެއްގައި ޖުމްލަ ތިން ކާރެއްގައި ރޯކޮށްލުމުގެ ސަބަބުން ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

ރޭގެ ހާދިސާއާއި ގުޅިގެން ފުލުހުން ދެމީހަކު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އެމީހުނާއި ގުޅޭ އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކާރުތަކުގައި ރޯވި އަލިފާންގަނޑު މާގިނައިރެއް ނުވަނީސް ނިއްވާލާފައިވާއިރު، އަލިފާން ނިއްވުމުގައި ހަރަކާތްތެރި ވެފައި ވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ސިފައިންނާއި ފުލުހުން އަދި އާންމުންނެވެ. ނަމަވެސް ރޯވި އަލިފަންގަނޑު ނިއްވާލެވުނުއިރު ކާރުތަކަށް ބޮޑެތި ގެއްލުން ލިބިފައި ވެއެވެ.

ފުލުހުން މިހާރު މިކަމާއި ގުޅޭ ތަހުޤީޤު ކުރިޔަށްގެންދާއިރު، މިކަމާއި ގުޅުންހުރި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ADS BY ASTERS

12 ކޮމެންޓް

  1. އައްޑޫ އަކީ ހާދަ ނާ ތަހުޒީބު ތަނެކޭ. ތިކަހަލަ ކަންތައް ގިނައިން ކުރާނީ ނާ ތަހުޒީބު މީހުން

  2. އައްޑޫ ބޮންޑާ

    ތީ ދެންކިހާ ދެރަކަމެއް ބަންގާޅިންވެސް ބަނޑުހައިވީމަ ގޭގޭގެ ކުނި އުކާދީގެންނާ ސައިކަލް ކާރު ފަދަ ތަކެތިސާފު ކޮށް ދީގެންވެސް އާމްދަނީ ހޯދާ ބަނޑު ފުރާ މުއްތިކުރުމަށް، މީހެއްގެ މުދަލަކަށް ތިހާ ބޮޑު ގެއްލުމެއް ނުދީ ކޮންމެސް މީހުން ގިނަ ތާކުން ވައްކަމެއް ކޮއްލަން އުޅުނުނަމަވެސް އެތާތިބި މީހުން ތި މޮޔައިން ހިފަހައްޓާ ފުލުހުންނާ ހަވާލު ކުރީސް، މާފުށި ޖަލުން އެއިރުން ފްރީ ގުޑް ފުޑް ލިބޭނެ، ބައެއް ކަންތަކުގަ ދޯ ބުއްދީގެ ބޭނުން ކުރެވެނީ، ބޯހަލަކު ދަ ޑަންބް އެންޑް ދަ ޑަންބަރ

  3. ތިޔަދެމީހުންނަށް ޖަލުގައި ކާންދޭންޖެހޭނީ ހައިހޫނުކަން ނުފިލާވަރު ބަލައިގެން އޭރުން ތިޔަ ދެމީހުންނަށް މީހުންގެ އަގުބޮޑު މުދަލުގެ އަގު ވަޒަން ކުރެވޭނީ އަދި ޖަލުގެ ގޮޅިއަކީ ފަސްތަރި ހޮޓަލެއް ނޫންކަންވެސް އެއިރުން އެނގޭނެ.

    • ކައެ ތީ ކާކު ކަރެކްޝަން ގެ މަސްއޫލްތަކުގެ ތެރޭގަ ވާ ކަންތަކަށް އަނގަބާނަން؟ ތިބުނާހެން ނުވާނެ ހަމަ ކުއްވެރިންނަށް ކާންދޭ އުސޫލުން ދޭނީ ދޭބަލަ ފަރުމަތިން ގޮޅާ ނަގަން

  4. ކީކެ ދެން ބުނާނި... އެނޫން ގޮތެއް ހަމަނެތީބާ؟

  5. އަދީބު ވެސް އަނެއްކާ އެހުރިހާ ކަމެއް ހިންގީ ބަނޑުހައިވެގެންތޯ އަހާލައްޗޭ ވަކީލުން ލައްވާ. ނޫނީ ރައީސް ނަޝީދު ޖަލަށް ދިޔަ ކަންކަން ހިންގާލީ އާމާލު ކްލޫނީއާ ހަގު ކޮށްލާ ހިތުންތޯ ވެސް މިހާރު ބަލަން ޖެހުނީ ތިވީ ގޮތުން

  6. ދެން ގެންގޮސް ކާންދީބަލަ. ފުލުހުންނަށް ކައްކަން ބަދިގޭގަ ބިޑިއަޅުވާފަ ބައިތިއްބާ.

  7. ޤައުމުގެ ހާލަތު.. ކުށްވެރިންނަށް ތަޢުބާވެ، ރަނގަޅު ދިރިއުޅުމެއް ބިނާ ކުރުމުގެ ފުރުސަތު މުޖުތަމައުގައި ނެތުމަކީ މިފަދަ ހިތްދަތި ކަންތައްކަށް މަގުފަހިވާ ކަމެއްކަން ޔަގީން...

  8. ބުހުތާންބެ

    އަޑުއެހިން އެމްޕީ ނިޒާރު ހައްޔަރުކުރި މީހުންގެ ބައެއްގާތްމީހުނާ ބައްދަލުކޮށް ބައެއްކަހަލަ އެޑްވައިޒް ދިންވާހަކަ. ނިޒާރަކީ ރައްޔިތުންނާ އަޅާލާ ޚުލްގުހެޔޮ އެމް ޕީއެއް.ރައްޔިތުންނަށް ލިބޭ އަނިޔާތަކާ ދެކޮޅަށްވަކާލާތުކުރައްވާ އެމްޕީއެއް.ހައްޔަރުގަވާ ދެމީހުނަށް އެއްވެސް އަނިޔާއެއްލިބިގެންނުވާނެ. އިންސާފު ހޯދަދޭންވާނެ. ލިބިދެވެން ޖެހޭނެ. ގާނޫނުއަސާސީ އަކީ ގުރުއާނެއްނޫން. ބަދަލުކޮށްގެންވެސް އެދެކުދިން ޙިމާޔަތްކުރެވެން ވާނެ!

  9. އައްޑޫ ވީ އުވާލަން..