ހުޅުމާލެ ފޭސް 2 ގައި ކުރަމުންދާ މަސައްކަތްތައް ދައްކާލުން - ވަގުތު އިމޭޖަސް: އަމީން ފަހުމީ

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ 200 އަށްވުރެ ގިނަ ޕައިލް ޖަހައި، ނިމިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ހުޅުމާލޭގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ 25 ބުރީގެ އިމާރާތުގެ މަސައްކަތް ވަރަަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި މި މަސައްކަތް އަންނަ އަހަރު ނިންމާލެވޭ ވަރު ވާނެ ކަމަށެވެ.

ފޭސް 2 ގެ މަސައްކަތާ ބެހޭގޮތުން އެޗްޑީސީގެ އެމްޑީ ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ - ވަގުތު އިމޭޖަސް: އަމީން ފަހުމީ

ޖުމްލަ 122.7 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) އަށް މެލޭޝިއާގެ ޑަބްލިއު.ޒެޑް.އާރު ކޮންސްޓްރަކްޝަން ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު އެންމެ ފުރަތަމަ އެޅުމަށް ނިންމީ ފިނޭންސް މިނިސްޓްރީގެ ފުރަގަހުން އޮންނަ ހުސްބިމުގަ އެވެ. ނަމަވެސް މާލޭގެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި އެފަދަ ބޮޑު އިމާރާތެއް މާލޭގައި ހެދުމަކީ މަސައްކަތުގެ ގޮތުން ވަރަށް އުނދަގޫ ކަމަކަށް ވާތީ އެ އިމާރާތް އެޅުން ހުޅުމާލެއަށް ބަދަލު ކުރީއެވެ.

ހުޅުމާލެ ފޭސް 2 ގައި ކުރަމުންދާ މަސައްކަތްތައް ދައްކާލުން - ވަގުތު އިމޭޖަސް: އަމީން ފަހުމީ

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތް އަޅަން ފެށުމުގެ ކުރިން 25 މީޓަރު އަޑިޔަށް 800 އަށްވުރެ ގިނަ ޕައިލް ޖަހާނެ އެވެ. މިގޮތުން މި ޕައިލްތަކުގެ ތެރެއިން މިހާރު 230 ޕައިލް ވަނީ ޖަހާފަ އެވެ.

މި އިމާރާތުގެ މަސައްކަތް ކުރަނީ  މިތަން ހަދަނީ ޕައިލިން މަސައްކަތް ނިމުމުން އިމާރާތުގެ ބައިތައް ގެނެސް ރާވާލާ ގޮތަށެވެ.

ADS BY ASTERS

6 ކޮމެންޓް

  1. ތިޔައީ ރައީސް ނަޝީދުގެ ދައުރުގައި އަޅަން ނިންމާފައިވާ ކަމެކެވެ. ހަމައެފަދައިން އެމް އެމް ޕީއާރސީގެ ޚިޔާނާތަކީވެސް ރައީސް ނަޝީދުގެ ދައުރުގައި ރާވާފައިވާ ކަމެކެވެ.

  2. ތިޔައީ، ކުރީގެ މިނިސްޓަރަކު ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް. މިކަންތައް ވަރަށް ރަނގަޅަށް ބަލަންޖެހޭ.

  3. އެޗް ޑީ ސީއާ ޙަވާލުކުރެވޭ މަސައްކަތްތަށް ކުރިއަށްދާވަރަށް އެހެންކުންފުނިތަކުންނާ މިނސްޓަރީތަކުންވެސް މަސައްކަތް ކުރިއަށްގެނދާނަމަ!!! މިހެން ބުންޏަސް ބައެއްކުންފުނިތަކުން ވަރށް ރަގަޅަށް މަސައްކަތްކުރޭ. ލައިކް އެމް އޭ ސީއެލް.

  4. މިއީ އުފާވެރިކަމަކީ، ގައުމަކަށް ތަރައްގީ ގެނެވޭނީ މިހާކަންހަވަރަށް. އަޅުގަނޑުގެ ދުޢާއަކީ ރައީސް ޔާމިނުގެ ސަރުކަރަށް އަދި މަދުވެގެން އިތުރު 1 ޓާމް ވެރިކަމުގަ ލިބިގެންދިއުން. އަދި ސަރުކާރު އެކުލަވާލެމުގައާއި ހިންގުމުގައި މިސްޓޭކެއް ހެދިފައިވާނަމަ އެކަން އެމަނިކުފާނަށް އެނގި ، އިސްލަހުކުރައްވާ އޮމާން ދުވަސްތަކެއް ވެރިކަމުގައި ހޭދަކުރަށްވާ ގައުމަށް މިގެންނަވަ ތަރައްގީ އިތުރުވެ ރައްޔިތުންނަށް މަންފާލިބި ފުދުންތެރިކަން އިތުރުވެގެން ދިއުން.

  5. ފިނާންސް މިނިސްޓްރީ ހުސްކޮށް އޭޓީއެމް ތައް ނަގާ ބުރުވާލިފަހުން އިނގުނީ މާލެ ތޮއްޖެހިފަކަން!

  6. ތީޔާ ބީލްޑީން އައް ކީޔަނެ ރަނގަޅުނަމެއް ބުނަންތަ.. ތީ ތަނައް ކީޔަން ވީ "ޖަރީމާ ބީލްޑީން"