މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މަސައްކަތުގެ މާހައުލުމުގައި ލިބެމުންދާ ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް ޒުވާނުންތަކެއް ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލި ފުލުހުން މަސްއޫލިއްތު ތަކުން ދުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

"ރައިޒް އަޕް އެމްވީ" ގެ ނަމުގައި ޒުވާނުންތަކެއް އިސްވެ އުފައްދާފައިވާ ހަރަކާތުން ރޭ ރަސްފަންނު ސަރަހައްދުގައި ޝުއޫރު ފާޅު ކުރުމަށް ފަހު މަޖީދީ މަގަށް ހިނގައިގަތުމާއެކު، އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕަ ސްޕްރޭ ޖަހައިފައެވެ. އަދި އަނިޔާވެރި ގޮތަކަށް ދަމާފައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

އެކަމާއި ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ފުލުހުން ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުންކޮށްފައިވާގޮތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި ގޮތެއް ނިމެންދެން، ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތު ތަކުން އެ ފުލުހުން މިހާރު ދުރުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން މިހާރު ކުރަމުންދާ ތަހުގީގު ތަކުން ނުކުންނަ ނަތީޖާއަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

ފުލުހުންގެ ފަރާތުން ފެންނަ މިފަދަ ބައެއް އަމަލުތައް ހުއްޓުވައި، ޕްރޮފެޝަނަލް ފުލުހުންގެ ޚިދުމަތެއް ގާއިމު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. މި ކަމަށް ޓަކައި ފުލުހުންގެ ޚިދުމަތުގެ އާ ގާނޫނެއް އެކުލަވާލައި ތަންފީޒު ކުރަން ވެސް ވަނީ ފަށައިފައެވެ. އެކަމަކު މި ސަރުކާރު އައި ކަމުގައި ވިޔަސް މުޒާހަރާއަށް ނުކުންނަ އާންމު ރައްޔިތުންނާއި ސިޔާސީ އިސް ބޭފުޅުންގެ އިތުރުން މުޒާހަރާ ކަވަރު ކުރުމުގައި އުޅޭ ނޫސްވެރިންނަށް ވެސް އަނިޔާ ކުރާ ފަހަރު ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އާދަމުގެދަރި

    ތިޔައީ ހުރިހާ ފުލުހުން ވަރަށް އުފާކުރަންވީ ކަމެއް. ބަރަކާތްތެރި މި މައްސަރުގެ ފަހުދިހައިގެ ރޭތަކުގައި މަގުމައްޗަށް ނުނުކުމެ އަޅުކަމުގައި ހޭދަކުރުމަށް އެ ފުލުހުންނަށް ލިބުނު ރަނުގެ ފުރުޞަތެއް. ހުރިހާ ފުލުހުންވެސް ވަގުތު ނަގާނުލައި ރޭ އަޅުކަމުގައި ހޭދަކުރުމަށް ނަސޭހަތްތެރިވަން. މި މައްސަރުގެ އުފާވެރިކަން ނަގާލުމަށް މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެއް. ބަލަންވީ މި ނުބައި ޖަރީމާ ހިންގާ މީހުންގެ މައްސަލަ.

    15
    7
  2. ކަޅުބެ

    މަސައްކަތުން ދުރުކޮށްގެންވާކައްނެތް ތިޔަފުލުހުންނަށް އަދަބުދީ ބައިނަލްއަގުވާމީ ކޯޓަކަށް މަށްސަލަހުށަހަޅަންޖެހޭ ނޫންނަމަ ފިތުނަފަސާދަ ގައުމުގައިފެތުރިދާނެ.

    5
    2
  3. އައްޑޫ މީހާ

    މިގައުމުގެ ފުލުހުންނަކީ މިހާރު ހަތަރެސްފައި ބިނދިފައިވާ ބައެއް ރައްޔިތުންނަށްވެސް އަމާން މާހައުލެއް ގާއިމްކޮށް ދިނުމަށް މިއުޅޭ ގުރޫޕްތަކާވެސް ކުރިމަތި ލައިފިއްޔާ ވަޒީފާ ގެއްލުމުގެ ބިރުއޮތްބައެއް ފުލުހުން މުސާރަ ނަގައިގެން މަޑުމަޑުން ދެކޮޅަށް ދުއްވަން ތިބުން އެންމެ ރަނގަޅީ ފާޑުފާޑުގެ ތާކުންތާކު ނުޖެހޭ ގާނޫނު ތަކާއި ގަވައިދުތައް ހަދަނީ ސިޔާސީ ބޭނުމަށް ރައްޔިތުންނަށް ފައިދާއެއް ހޯދުމަކަށްނުން މިގައުމު ދުވަހަކުވެސް ހަމަ މަގަށް ނޭޅޭނެ މަތަން ސަދޫމަށް ބަދަލުވެ ނިމިއްޖެ

  4. ހުސޭނުބޭ

    އެމީހުންލައްވާ އެކަން ކުރުވާފައި އެދިނީ ލަނޑެއް!

    • ކޮވިޑް

      ހުސޭނުބެ ހަންދާން އެބަހުރިތަ ޣާރޫން އޭނާގެ އަވަށު މީހުނަށް ހަޒާނާ ބަހަން ދިޔަ ހަދާން؟ އަޅެ މިސަރުކާރާ ، އެ ރޭގަ ޕޮލިހުން އެކުރި ކަންތަކާ ކިހާ އެއްގޮތް، އެތާންގަ އޯޑަރ ދޭން ކުލަހެދުން ލައިގެން މޭންމް މެން އުޅޭތަން ފެނުން، ފިޔަވަޅު މި އެޅީ ކަންކުރި ކުދިންނަށް އޯޑަރ ދިންމީހުން އިއްޒަތާ ލައްޒަތުގަ ފިނިކޮޓަރި ކޮޅުގަ، ހަމަ ސީދާ ސަދޫމް ޤާނޫން،

  5. ތަހާނީ

    މައްސޫލުވެރިކަމުން ދުރުކުރަންވީ ފުލުހުންނެއްނޫން އެމީހުންނަށް އަމުކުރާމީހުން ބޮސް

  6. ވައިސޫރި

    އެމީހުން ބައިތިއްބާ ގުރާ ޖޯޑް ޖޯޑަށް ސައިކަލް ބުރުޖައްސާ ބިޓު ކުޅިކުޅެން

  7. ސޮއެފުލް އިސްލާމް

    ޕޮލިސް ބާއީ އަބަދު ސައިކަލް ބުރު ޖަހަނީ ޕޮލިސް ދައްތަ ފަހަތު ހުންނަނީ އަބަދު ހިފަހައްޓާ ވައްތަރު..ކޮއްކޮ ބަލަން ނުކެރެނީ އަބަދު ފިލްމު ވައްތަރު ކުޅެނީ ރޭގަނޑު ޑިއުޓީ ހުންނަ ޓައިމް.