ކޮވިޑް-19 އާ ގުޅިގެން މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

އެޗްޕީއޭ އިން ދެންމެ ނެރުނު އެންގުމެއްގައި ވިދާޅުވެފައި ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި މެއި ހަތަރު ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް، މާލެ ސަރަޙައްދު (މާލެއާއި،ވިލިނގިއްޔާއި، ހުޅުމާލެއާއި، ގުޅިފަޅާއި، ތިލަފުށި) ފިޔަވައި އެހެން ރަށްރަށަށް ދަތުރުކުރުން މަނާވާނެކަމަށެވެ.

އެގޮތުން ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ ހޯދުމަށް ޓަކައި މެނުވީ، މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން އެ ދުވަހުން ފެށިގެން މަނާ ވާނެ ކަމަަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެހެން ނަމަވެސް ފިޔަވަޅު އަޅައިފައިވާ ހާއްސަ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް ކައުންސިލްތަކުން މަގުފަހިކޮށްދޭން ވާނެ ކަމަށް އެ އެންގުމުގައި ވެއެވެ.

އެޗްޕީއޭއިން މި ފިޔަވަޅުތައް އަޅާފައި ވަނީ މިހާރު ރާއްޖެ ތެރޭގެ ރަށްތަކުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ އެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 25 ރަށަކަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. މީގެ ތެރެެއިން ގިނަ ރަށްތަކުގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. މަބޫ

  އެއީ ސަރުކާރު ބޮޑެތި މީހުން ދާން ބޭނުން ވާ ތަންތަނަށް ދެވުނީ ދޯ

  33
  • ދީދީ

   ވޯޓް ނިމުނީމަވީ ގޮތް މީ... ދެން ކޮން އިރަކުން ވޯޓެއް ނެގުން އޮތޯ ކޮވިޑް ފްރީ

   17
 2. މޭން

  ރާއްޖެތެރޭގައޭ ބުނާއިރު މާލެގާ މިހާރު ކޮވި ނެތީތަ. މާލޭގަ ދުވާލަކު ސަތޭކައިން މަތިން ޕޮޒިޓިވް ކޭސްތަށް ފެނޭ! އަޅެ މައިމޫނާ މިހުންނަނީ ރެވިތެޔޮ ބޮވިފަތަ

  70
  5
 3. ޢަހަންމާ

  ވަރުގަދަ މާމޫނެއްނު މީ. މީނާއަށް ނޭގެ ހެދޭ ނެހެދޭއެއް. މިނާ މި މަޤާމަށް ލާނީވެސް މީނާ ކަހަލަ މަރުމޯލެއް.

  56
  4
  • މުހައްމަދު ޝާހް، ރ.ވާދޫ

   މާދަމާ ކެނެރީގޭ ބުއްޅަބޭ މިކަމަށް ޓްވީޓެއް ކުރާނެ. އެއާއެނކު މި އަންހެނާގެ ވިސްނުން ބަދަލުވާނެ.

   30
   1
 4. ގުނބޯ ރާއްޖެ

  އިންތިހާބު ނިމުނީ ދޯ...؟!.ބާރަށް އަތްޖަހާ ރައްޔަތުންނޭ..

  57
 5. ޑިމޮކްރަޓިސްޓް

  މާލެއިން ރިސޯޓުތަކަށް، ރިސޯޓުތަކުން މާލެއަށް ދަތުރުކުރެވޭބާ؟

  41
  2
  • ކާފަ

   ދަރިޔާ
   ތީމާކުރިން ވެސް ހަރާމް ކަމެއް

   18
 6. ޑ

  މާލޭގެ ކެފޭތަކާ ރެސްޓޯރެންޓާ ހިތުހުރި އިރަކު ބޭރުގަ އުޅެވޭއިރު، ޕޮޒިޓިވުވާ އަދަދު އެއްދުވަހުން އަނެއްދުވަހަށް މައްޗަށްދާއިރު މިތަން ކޮންޓްރޯލް ކުރުމެއް ނެތްދޯ މިއަންހެނާ؟

  47
  2
  • ސީ

   ބަލަ ޑ ހުރީމެއްނު ކެފޭތަކާ ރެސްޓޯރެންޓުތައް ނުހުޅުވައިގެން މުޒާހަރާޔަށް ނިކުމެ ހަނާވަނީއޭ ގޮވަން

   14
   3
 7. އިނާ

  ތިހެން ހަދަން ވި ތާ މިހާރު މާ ލަސްވެއްޖެ. ކުރިން ތި ފިޔަވަޅު އެޅި ނަމަ މިހާލަތަށް ނުދިޔައީސް ކަން ކަށަވަރު. ވ ސަލާމް

  48
  4
  • ޢަހަ

   ޢޭރުން އީދަށް ބަންދެއް ނުކުރެވޭނެ އެންނު. ޢިންޑިޔާ މީހުންނަށް ޕޫޖާ ކުޅެފަ ނިދަން މިތަނަށް އާދެވުނެންނު.

   21
 8. މާމިގިލީ މީހާ

  މިހާރު އިންޑިޔާގަ ފެތުރޭ ކޮރޯނާ، ރާއްޖޭގަ އެބަ ފެތުރޭ. އަދިވެސް އެޗްޕީއޭ އިން ސިއްރު ކުރަނީ. ރާއްޖެ ބަންޑައް މިފަހަރު ޖެހޭނެ. އޭ ބުއްދީގެ އަހުލުވެރިންނޭ.. ތިޔަބައިމީހުން، ހަނޑުލާ ހަކުރާ ފުށާ ގަނެ އަވަހަށް ފޮރުވާ. އިންޑިޔާ އާއި ލަންކާ މިފަހަރު ހުއްޓުމަކަށް އަންނާނެ.

  23
  2
 9. ކަޅުމަންޖެ

  މިހާރު ދެންކޮން އަމުރެއް ނެރޭކަށް؟ ހަމަ ގަސްދުގަ ކެމްޕޭން އަށް ރަށްރަށައް ދިއުމުގެ ހުއްދަދީ މުޅި ހުރިހާތަނަކަށް ބަލި ފަތުރާފަ ކޮން ވާހަކައެއް ތިޔަދައްކަނީ ؟ . އެޗްޕީ އޭ ތިޔައީ ސިޔާސީ ތަނެއްނޫން. ކަލޭމެން ކަންކުރަންޖެހޭނީ ރައްޔަތުންނަށް ރައްކާތެރިކަން ލިބިދޭނެ މާހައުލެއް ގާ އިމު ކުރެވޭނެ ގޮތަކށް.!

  24
 10. ސާބަހޭ

  ތިއީ އިންތިޚާބު ބޭއްވުމުގެ ނަތީޖާ. އިންޑިޔާ މީހުންނަށް ދިވެހިރާއްޖެ ހުޅުވާލައިގެން ތިބުމުގެ ނަތީޖާ. އަދިވެސް އިންތިޚާބެއް ބާއްވަން ވެއްޖެނަމަ، އިންޑިޔާއިން ނުރުހުމުގެ ބަހެއް ބުނެފިނަމަ ހުޅުވައިލާނެކަން ޔަގީން.

  18
 11. ޑ

  މާލެއިން ފުރަފުރައިގެން އެހެން ރަށްރަށަށް، ރިސޯޓުތަކަށް، ދިރާގު، އުރީދޫ، ސްޓެލްކޯ މީހުނަށް ދެވޭ. އެހެން ރަށްރަށުން މާލެ އާދެވޭ. މީ ކޮންހަކަލަ ގަމާރު އަންހެނެއްތަ؟

  18
 12. ބައްޔެއް

  ސާބަހޭ ދިވެހިންނަށް
  ބަޔަކު މީހުންގެ ފުރާނަ ނުދަނީސް އެއްތާ މަތަނުވާތިި
  އަދިވެސް ދުވެނަގާ

  13
  2
 13. ސަންފާ

  މޑޕ ހޮވަން ވޯޓުލާން އެ ކަނި ދެވޭނީ.

  16
 14. ބަދަލުކުރޭ

  ޒަރޫރީ ބޭނުމަށް ނޫނީ އެއްރަށުން އަނެއް ރަށަށް ދިއުން އަންގާރަ ދުވަހުން ފެށިގެން މަނާ ކަމަށް ވާނަމަ އެއީ މަމެން ހިތާމަ ކުރާ ކަމެކޭ މަމެން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރާނަމޭ ރާއްޖޭގައި ކޮވިޑް އޮތް ކަމަށް ވެސް އަދި ކޮވިޑް ފެތުރެއޭ ކިޔާ ރާއްޖޭގެ މެޑިކަލް ކޮމިއުނިޓީން ހަދަނީ ރޯ ބުހުތާނު ދޮގޭ ހަމަ މިހާރުން މިހާރަށް ހުރިހާ ބާރެއް ރައްޔިތުންގެ މަޖްލީހަށް ނަގާ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަންވީއޭ...

  7
  14
 15. ޢިބުރަ

  މިދައިތަ މިއީ ދުނިޔެއިންމޮޔަވެފައިހުރި އަންހެނެއް އެހެންޏާފަހެ މިދާއިތަވިއްޔާ އަހަރެމެންއަނބިދަރިންނަށްކާންދީ ހަދަނީ އަހަރެމެންނަކީ ދަތުރުފަތުރުކޮށްގެން ކައިބޮއިގެންއުޅޭބައެއް މިދާއިތަ ހުއްދަދީގެން ދަތުރުކޮށްފިއްޔާމު ކޮވިޑެއްނުޖިހޭ ހާދަ ބަސްއަހާކޮވިޑެކޭމިގެންގުޅެނީ

  11
  1
 16. މައިމޫނާ

  ކޮންމެ މީހަކު މަށާ ދިމާލަށް މިބަވަނީ މިގޮނޑީގަ އިށީނީމަ އެނގޭނީ ރަނގަޅަށް ކަންކަން ކުރީމަ ހުންނަ ސިޔާސީ ޕްރެޝަރު

  10
  1
 17. އަޖޭ

  ބަލަ މައިމޫނާއެއް ނޫން މައްސަލައަކީ އެފަކީރު ކުރިން ވެސް ނުދާށޭ ނުދާށޭ ގޮވަ ގޮވަ ހުއްޓާ އޭނާއަށް ބިރު ދައްކައިގެން އިންތިހާބު ބާއްވާ އަތޮޅުތެރެއަށް ފަތުރާފާ އެހުރީނު އެއްފަރާތުގާ މިހާރު އެއްޗެކޭ ނުކިޔައެއްނު އޭނަ ބޭނުން ކަންތަށްވީމާ ރައްޔިތުން މި ތިބެނީ ލޮލަށް މިރުސްދުން އެޅިފާތަ މިގައުމުގާ ހިނގާ ހުރިހާ ކަމަކަށް ބެހެމުން ބޯލަމުން ދުވާ މީހަކު އުޅޭކަން ނޭންގެނީތަ ތިމާހިތުން ތިމާމީ ބޮޑުވަޒީރު ރައްޔިތުން ހަލާކުކޮށްފި

  18
  2
 18. ޖާބެ

  މިހިރީ ވެރިޔެއްހޮވިފަ މިހާ ހަރާންކޯރު މަކަރުވެރި ޖައްބާރު ހީލަތްތެރި ވެރިކަމެއް ނުދެކެން، މިނަގެ ކިބައިން ސަލާމަތްވާން މިހާރު ޖާނާ މާލުން ޤްރުބާންވާންޖެގޭ އެބަ، ޤަޢުމު ދަވައލައިފި ރައްޔިތުން ނިކަމެތިކޮށް އިހާނެތިކޮށް ހިތާ އަޅުވެތިކޮށްފި. ނާގާބިލް މީހަކު ވެރިކަމައްލީމަ ވާނެ ހައެތި ިހިރީވެފަ

  19
  1
 19. ާދަލޭކް

  ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދިއުން މަނާ .އިންޑިއާ މީހުން ރާއްޖެއަށް އައުން ހުއްދަ. ކިހާ ރީތި. ޢިންޑިޢާ މީހުން ގަލްފުގެ ގައުމު ތަކަށް ދިއުމުގެ ކުރިން ކަރަންޓީނު ފެސިލިޓީ އަކަށް ރާއްޖެ އައުން ހުއްދަ. ދެ ބޭފުޅުން ނަށް ވަރަށް ވެދުން.

  19
 20. ކޮރަލް

  މާލެއާއި،ވިލިނގިއްޔާއި، ހުޅުމާލެއާއި، ގުޅިފަޅާއި، ތިލަފުށި ތިޔަބުނާ އެއްޗެއް މިރަށްތަކުގަ ވެސް އެބައުޅެ އެވެ.

  16
 21. ޞުލް

  ވެކއސިންގެ ޒަރީެާއިން ޖަރާސީމް ހަށިގަނޑަށް ފޮނިވާލީމާ ބަލިޖެހިފަ ތިބޭ މީހުން އަދި އަލާމާތް ނުފެނި ބަލި ފެތުރޭލެއް ގިނަވާނެ،،،،.. އިންޑިޔާއަށް ވީ ހަމަ މިގޮތަށް

 22. ސަމައިދާ ( އަމާލިކުންގެ ވެރިޔާ)

  މީދެން ބޮޑުދުއްޕާނަކަށް ވެއްޖެ.
  މި ބަޔަކާހުރެ ބޭސްކޮށްލަންވެސް މާލެ ނާދެވިފަ މި ހުންނަނީ.
  ކުންފުނިން ޗުއްޓީވެސް ދެވޭނީ ކެތްވާ ވަރަށް.ކޮންމެފަހަރަކު
  ކުޅަދާނަ ވަރުކަމެއްނޫން މިއީކީ މާލެ ގޮސް އަނބުރާ ރަށަށް އައިސް 14 ދުވަހު މަޑުކުރާކަށް.
  ލާންޗު ކުލިވެސް އެހާބޮޑު.ދައުލަތުންދޭ އެންމެ ލޯލާރި އެއްވެސް ނެތް މިކަން ކަމުގަ.
  މިސިޔާސީ ގޭމުގެ ހުރިހާ ދުއްޕާނެއް އެންމެ އާދައިގެ މީހުންނަށް.

  11
 23. ލލ

  ރޯދަ މަހުގައި ރައްޔިތުންނަށް އުދަގޫ ޖައްސާ ދުއްތުރާ ކުރަނީ !

  10
 24. ބަކުރުބެ

  މާލެއާ މާލޭސަރަޙައްދުގަ އުޅޭމީހުން ބައިބަލާ ކުޅޭ ގުޅަމަތި ހިފިޔަސް ކޮއިޑެއް ނުޖެހެޔޯ ކޮއިޑްޖެހެނީ ރާއްޖޭގެ އެހެންރަށްތަކުގެ މީހުން އެއްރަށުން އަނެއްރަށަށް ދިޔާމަޔޯ މައިމޫނާ ކަބޮލޯގެފާނަށް ހަމަސާބަސް

  11
 25. ވަރަށްވާ ހަކަ

  އިބޫ އާއިއަންނިއޭކިޔައިގެން އަނގައެރުވޭކަށްނެތޭގިނައީކަޑަލަބަރިންވީޔާ މިހާލަތުގައިވެސް ހުރިހާ ކަމެއްކުރަމުން އެގެންދަނީނު

  3
  6
 26. މާލީހް

  މައިމޫނާ އަކީ އިންސާނަކަށް ވީތީވެ ހުތުރުކަން ލިބިފައިވާ ނަފްސެއް

  7
  4
 27. މަހެބޫބާ

  މައިމޫނާވެސް ގޯސް...ރައްޔަތުންނަށް މިވަރުގެ ބޮޑު އަނިޔާ ލިބޭނެ ކަން އެގިހުރެ މީހަ ކު ބުނާހާ އެއްޗަ ކަށް ބިރުންނޭ ކިޔާފަ އާނ ބަސް ބުނާ ކަށް ނުޖެހޭނެ...އެހެންވީމަ މައިމޫނާވެސް އެހެރީ އެގުއިތައް ގައިގަ ހާ ކައިގެން.. ކީއްވެ އިހުލާސްތެރިއެއް ނަމަ ރައްޔަތުންގެ ކުރިމައްޗަށް ނި ކުމެ ތިމެންނަޔަށް ބިރުދައް ކަނީއޭ ނުބުނެވުނީ؟... ކީއްވެ އިސްތިއުފާ ނުދިނީ؟..ފާފަޑު ފާޑުގެ ވާހަ ކަ ނުދައް ކާ ތިބޭ..

 28. ބެއްޔާ

  ވާނެ ހައެއްޗެއްވެ މުޅިރާއްޖެއަށް ކޮވިޑް ފެތުރުނީމާ ދެން ކީއްކުރަން ކުރާބަންދެއްބާ؟ މިއަށް އިހުމީހުން އެކިޔަނީ ފޫނެތް ފަޔަށް ފެންފުރުމޭ.

 29. ދިވެހިލޭ

  އެއްރަށުން އަނެއް ރަށުމީހުން ކަިރިޔަށް ދާންވީމަ އެންމެ ކަިރީގަ އޮތް ފަޅު ރަށަށް ދާނީދެން ދަތުރު ކުރުން މަނަލީ މީހުން ދިރި އުޅޭ އެއްރަށުން އަނެއްރަށަށް މީދިވެހީން ހާހެއްނުވާނެ!