ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ ހަނދާނުގައި ޤުރުއާން މުބާރާތެއް ފަށައިފިއެވެ.

ވިލިމާލޭ ކުދިންނަށް ހާއްސަކޮށްގެން ވިލިމާލޭ މަސްޖިދުލް ބިއްރީގެ ހޯލުގައި ކުރިއަށްދާ މި މުބާރާތަކީ ޗައިލްޑް އެބިއުޒް ޕްރިވެންޝަން ސޮސައިޓީއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

އެ ސޮސައިޓީން ބުނީ މި މުބާރާތުގައި ތިން އުމުރު ފުރާއަކުން ކުދިން ބައިވެރިވާނެ ކަމަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް އެ ފުރުސަރު މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

އިބްތިހާލަށް އެކި ފަހަރު މަތިން ތަކުރާރުކޮށް އަނިޔާ ދެމުން ދެމުން މަރާލާފައިވަނީ 2015 ގައެވެ. އެ މައްސަލާގައި އޭނާގެ މަންމައަށް ގަސްދުގައި ކުއްޖަކު މަރާލި ކަމުގެ ދައުވާ އުފުލައި ވަނީ 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.