އއ. ހިމަންދޫން ކަރަންޓިންގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެރަށުން ކޮވިޑަށް ފައްސިވެފައި ވަނީ ބަލީގެ އަލާމާތްތައް ފެނިގެން ސުންކު ނެގި މީހެކެވެ.

އޭނާގެ ސުންކު ނަގާފައި ވަނީ އިއްޔެ އެވެ. އަދި އޭނާގެ ނަތީޖާ މިއަދު ލިބުނުއިރު، މިހާރު އެރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

މިހާރު އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

މިއާއެކު މިއަދު އަރާ ފޭބުން މަނާ ކުރި ރަށްތަކުގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ.

މިހާރު ރާއްޖޭގެ 25 ރަށަކަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެރަށަށް އަރާ ފޭބުން މަނާކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފޮނުވި ލިޔުމުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ.

އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެ ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު