ކުރީގެ ރައީސް މުހައްމަދު ނަޝީދު – ފޮޓޯ : އޭޕީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު – ފޮޓޯ : އޭޕީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ޖަލުގައި ނުރައްކަލެއް ކުރިމަތިވެދާނެތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ADS BY OOREDOO

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުގައި އަދީބަށް އޮތް ރައްކާތެރިކަމާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އަދީބު ހާމަކުރައްވާފައިވާ މައުލޫމާތުތަކުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން އަދީބަށް ގެއްލުމެއް ދީފާނެ ހުރިހާ ސަބަބެއްވާ ކަމަަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލާން ކްރިމިނަކް ކޯޓުން އިއްވި ޙުކުމް ލިޔުނީ ފަނޑިޔާރު ނޫން ކަމަށާއި އެޙުކުމް ލިޔުނު މީހާ އެނގޭ ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރަށް ސިޓީއެއް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.

އެސިޓީގައި އަދީބު ވިދާޅުވީ ނަޝީދުގެ މައްޗަށް ޙުކުމް ކުރެވުނީ ސަރުކާރުގެ ރޭވުމާއި ނުފޫޒުގެ ތެރެއިންކަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ނަޝީދުގެ މައްސަލައިގައި "ފުރަތަމަ ޑްރާފްޓް ކުރެވުނު" ހުކުމުގައި އޮތީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްކޮށް، ހުކުމް ތަންފީޒް ކުރުން 3 އަހަރު ދުވަހުގެ މުއްދަތަކަށް ފަސްކުރާ ގޮތަށް ކަމަށް އަދީބު ވިދާޅުވިއެވެ. ނަމަވެސް، އެ ހުކުމުގެ ލިޔުމަށް ބަދަލު ގެނައީ ކޮންފަރާތެއްގެ އަމުރަށް ކޮން ފަރާތަކުން ކަންވެސް އެނގިވަޑައިގަންނަވާ ކަމަށް އަދީބުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އަަދީބު ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށާއި، މުޅި އަދުލުއިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއްކަން ސާބިތުވާނޭ މައުލޫމާތު އެމަނިކުފާނުގެ އަތްޕުޅުގައި އެބަހުރި ކަމަށެވެ.

ADS BY SHEESHA

އަދީބު އުއްތަމަ ފަނޑިޔާރަށް މިފަދަ ސިޓީއެއް ފޮނުވާފައި ވާއިރު ކާނަލް ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު މައްސަލައިގައި ވެސް އަދީބު ވަނީ އުއްތަމަ ފަނޑިޔާރަށް ސިޓީއެއް ފޮނުވާފައެވެ.

10 ކޮމެންޓް

  1. ހެހެ ހައިރާންވޭ މީނަ އެދޭނެތަ މީހަކަށް ހެވަކަށް އަންތަރީސް ވެއްޖައިން. އަދީބަކީ މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ހުކުމް ކޮށްފައިވާ ގައިދީ އެއް. ކަލޭތީ ޓެރަރިޒަމްގެ ދައުވާ އުފުލާ ޖަލަށް ލެވިފައިވާ ގައިދީއެއް.

  2. ބޭސް ފަރުވާ ކަންތައް ކިހިނަކުން ތޯ ދަނީ.....އެންމެ ފުރަތަމަ އަމިއްލަ މިހާގެ އުޅުން ރަނގަޅު ކުރެވޭތޯ ބަލަން ވީނުން......

  3. ޤައުމަށް ޣައްދާރުވާ ކޮންމެމީހަކަށް އަދަބެއްލިބެންޏާ ނަޝީދު ކަންބޮޑުވާނެ ފެށުނީއްސުރެ އަބަދުވެސް އުޅޭނީ އެއިރެއްގަ އޮންނަވެރިކަމަކާ ތޮޅެން އަބަދުވެސް ބޭނުންވަނީ ވެރިކަން އަމިއްލަޕަޓީގަވެސް އެހެންއެއްވެސް މީހަކަށް ފުރުސަތެއްނުދޭނެ އޭގެކުރިން ބޭރުކޮށްލާނެ އަމިއްލައެދުމުން ފިޔަވާ އެހެންކަމެއްނެތް

  4. މި ދެން ކާކު؟؟؟؟؟
    އެއްވެސް ހައިސިއްޔަތެއްނެތް ދަލުބޭރުންޖެހޭ ގައިދީއެއް. ހެހޭ

  5. މިކަލޭގެ ކަންތައް ހާދަ ބޮޑެވެ. ނަމަ ނަމަ މީގެން މީހަކު ބޭރަށް ދިޔަ ނުދޭތި. މި ނަޝީދު ހެން ހަމަ ބޭރުގައި ހުރެގެން ގައުމު ހިންގަން މަސައްކަތް ކުރާނީ. އަދި ކޮބާ އަދީބު ސުވިސް ބޭންކަށް ލާފައި ހުރި ފައިސާ ގޯނިތައް...!

  6. ކަލޭދެން ކޮން ކަންބޮޑެށްވާކަށް އޭނަވިއްޔަ ހުކުމް ލިހުނީ ފަނޑިޔާރުންނެށް ނޫންވިއްޔަޅިޔުނު ވާހަކަ އެބުނަނީ ދެން ކަލޭ ކޮން ކަންބޮޑެށްވާކަށް ތިޔަ ކަންބޮޑުވަނީ މީހުނަށްދެއްކެން ވެގެން ކަލޭ ނުދަންނަ މީހަކު މެދުއިރު މަތީގަވެސް ނޫލޭ ލޮލް

  7. އަވަހައް އެސޮރު ލަންޑަނައް ގެންދެ

  8. އަދީބުއަށް ހުރި ނުރައްކަލަކީ ނަޝީދު. ނަޝީދުގެ އައުވާގަ ޖެހިގެން ލިބޭ ގެއްލުން މާބޮޑޫވާނެ.

  9. އަދީބު އަމިއްލަޔަށް ލިޔެފައޮތް ސިޓީއެއްނަމަތާ ބިރުގަންނަން ޖެހޭނީ. އެންމެންނަށްވެސް އިނގޭ މިއީ އެއްކަލަ ކުފޫ ހަމަނުވާ ލޯޔަރު ބައިގަނޑު ކުޅޭ ޑްރާމާއެއްކަން. އެހެން ނޫނަސް މައިބަދައޭ ކިޔައިގެން ފިލީނު، ދެން އަދީބުއޭ ސަލާމަތޭ ކިޔައިގެން އޭނާ ފިލުވަންވީ؟؟؟

  10. ދެންޖެހޭނީ އެހެންގޮތެއް ފެންނަންދެން ބޭރުގަ ހުންނަން. ހުކުމަކީ ކުރި ހުކުމެއްނޫން. ލިޔުނު ހުކުމެއް. ކުރި ހުކުމުގައި މުއްދަތު ނުގުނޭގޮތަށް މިހާރު ތިހިރީ.